ރައީސް މުއިއްޒު ވެރިކަމަށް ގެނައުމުން ލިބުނު ލިބުނު ލުޔެއްވެސް އަދި ލިބުނު ރަގަޅެއް ނެތް ކަމުގައި ގައްދޫ ކައުންސިލް ރައީސް މުހައްމަދު އަހުމަދު ވިދާޅުވެއްޖެއެވެ.
2024 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ, ގައްދޫއަށް ޚާއްސަ އެއްވެސް ޕްރޮޖެކްޓެއް ކުރިޔަށް ގޮސްފައި ނުވާކަމަށް ބުނެ, މީހަކު ކުރި ޕޯސްޓަކަށް ރައްދު ދީ ފޭސްބުކުގައި ގައްދޫ ކައުންސިލް ރައީސް ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ 2024 ވަނަ އަހަރުގެ ބަޖެޓްގައި ހިމެނި ޕްރޮޖެކްޓްތައް ކުރިޔަށް ގޮސްފައި ނުވާއިރު, ކައުންސިލް އިދާރާއިން ސަރުކާރުގެ ރަސްމީ އިދާރާތަކަށް ފޮނުވާ ސިޓީބިޓީތަކަށް ޖަވާބުވެސް ނުދޭ ކަމުގައެވެ.
މަތިފަޑި އޮތީ މަރުވެފައި, ރައީސުލްޖުމުހޫރިއްޔާ ވަޑައިގެން, ހިންދުތުވާގެ މަހާތުމާ ގާނދީ މަގުބަރާއަށް, ރައްޔިތުން އިޚްތިޔާރުކުރި ވެރިކަން ރަގަޅުމަގުން ނުދޭ. ލިބުނު ލުޔެއް, ލިބުނު ރަގަޅެއް ނެތް. ފުޅައްބުޑުން ދާއިރު ކިޔާ އަޑު އިވޭ އެޗޯރު އިބުރޭ މާރަގަޅޭ.
ސަރުކާރަށް ފާޑު ވިދާޅުވަމުން ގައްދޫ ކައުންސިލްގެ ރައީސް ވިދާޅުވެފައި ވެއެވެ.
ސަރުކާރުން ތަރައްގީގެ އެއްވެސް މަޝްރޫއެއް ކުރިޔަށް ނުގެންދާތާގަ, ކައުންސިލުން ފޮނުވާ ސިޓީތަކަށް ޖަވާބުވެސް ނުދޭތީ ކައުންސިލް ރައީސް މި ސަރުކާރަށް ފާޑު ވިދާޅުވެފައިވާއިރު, މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމާއެކު, އެމްޑީޕީގެ ސަރުކާރުން ހިންގަމުން އައި ތަރައްގީގެ ހުރިހާ މަޝްރޫއެއްވެސް ވަނީ ހުއްޓާލާފައެވެ. އަދި އާ އެއްވެސް މަޝްރޫއެއް ފަށާފައެއްވެސް ނުވެއެވެ.
އެހެންނަމަވެސް މި ސަރުކާރުންގެ އިސްވެރިން ދަނީ, ފަސްޓުކުލާހުގެ ދުނިޔޭގެ އެކިގައުމުތަކަށް ދަތުރުކޮށް, ދައުލަތުގެ މާލިއްޔަތުން ބޭކާރު ބޮޑެތި ޚަރަދުތަކެއް ކުރަމުންކަން ފާހަގަ ކޮށްލެވެއެވެ. ރާއްޖޭގެ ތާރީޚުގައިވެސް, ފުރަތަމަ އަހަރު ތަރައްގީގެ އެއްވެސް މަޝްރޫއެއް ފަށާފައިނުވާ އެއްވެސް ސަރުކާރެއް މި ނޫނީ ވެރިކަމަށް އައިސްފައެއް ނުވެއެވެ.