ޖީއެންސްޓީއާއި, ޓީޖީއެސްޓީ ބޮޑު ނުކުރާނެކަމަށް މުއިއްޒު ރައްޔިތުންނަށް ވީ ވައުދު އުވާލާ, އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ޖީއެސްޓީ ބޮޑުކޮށް, އަދި ޖޫން މަހުން ފެށިގެން ޓީޖީއެސްޓީ ބޮޑުކުރަން ނިންމައިފިއެވެ.
އަންނަ އަހަރުގެ ޖެނުއަރީމަހުން ފެށިގެން ޖީއެސްޓީ ބޮޑުކުރުމަށް މިސަރުކާރުން ނިންމާފައިވާއިރު, އޭގެ އިތުރުންވެސް, ސަރުކާރުން ނިންމާފައިވަނީ, ޓީޖީއެސްޓީ %17 އަށް ބޮޑުކޮށް, ގެސްޓް ހައުސްތަކުން ދައްކަންޖެހޭ ތިން ޑޮލަރުގެ ބަދަލުގައި ހަ ޑޮލަރު ނަގަން ނިންމާފައެވެ. އަދި އޭގެ އިތުރުން ރިސޯޓުތަކުން ޓޫރިސްޓެއްގެ ބޮލަކަށް މިހާރު ނަގާ 6 ޑޮލަރުގެ ބަދަލުގައި 12 ޑޮލަރު ނެގުމަށްވެސް ވަނީ ނިންމާފައެވެ.
މި ސަރުކާރުން މީގެ ކުރިން ބުނެފައި ވަނީ ޖީއެސްޓީގެ ޓެކްސް ބޭސް ފުޅާ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި އެހެން ނަމަވެސް ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ނުކުރާނެ ކަމަށެވެ. އެހެންނަމަވެސް ފާހަގަކޮށްލާންޖެހޭ ކަމަކީ ޖީއެސްޓީގެ ޓެކްސް ބޭސް ފުޅާ ކުރެވިގެންދާއިރު, މީގެ ކުރިން %0 ގައި ޖީއެސްޓީގައި ހުރި, އާންމު ރައްޔިތުން އާންމުކޮށް ބޭނުންކުރާ އެތަކެއް އައިޓަމްތަކެއް ޓެކްސް ބްރެކެޓް ތެރެއަށް ވަދެގެން ދާނެއެވެ.
އޭގެ މާނައަކީ, ކުރިން ޓެކްސް ދައްކާ ނުޖެހިދިޔަ އެތައް އައިޓަމަކަށް މިހާރު ޓެކްސް ދައްކާން ޖެހި, އާންމު ބޭނުންތަކަށް ބޭނުންކުރާ އެތައް އައިޓަމެއްގެ އަގު ބޮޑުތަނުން އުުފުލިގެންދާނެއެވެ.
ޖީއެސްޓީ (މުދަލާއި ޚިދުމަތުގެ ޓެކްސް) ގެ ޓެކްސް ބޭސް ފުޅާކުރެވޭއިރު، އާންމު ގޮތެއްގައި އޭގެ މާނައަކީ އިތުރު މުދަލާއި، ޚިދުމަތްތަކާއި، އިޤްތިޞާދީ ޙަރަކާތްތައް ޖީއެސްޓީގެ ދަށަށް ގެނެވޭކަމެވެ. ޖީއެސްޓީގެ ޓެކްސް ބޭސް ފުޅާކުރުމުގެ މައިގަނޑު ނަތީޖާތަކުގެ ތެރޭގައި:
- އާމްދަނީ އިތުރުވުން: އިތުރު މުޢާމަލާތްތަކަށް ޓެކްސް ނެގޭތީ، ސަރުކާރަށް ލިބޭ ޓެކްސްގެ އާމްދަނީ އާންމުކޮށް އިތުރުވެއެވެ.
- ޖީއެސްޓީން އިސްތިސްނާވާ މުދާ މަދުވެގެން ދިއުން: އިތުރު މުދަލާއި ޚިދުމަތްތަކަށް ޖީއެސްޓީ ނެގުމުން، އިސްތިސްނާތަކާއި ޚާއްޞަ އުސޫލުތައް މަދުވެގެންދެއެވެ.
- ޓެކްސް ނުދެއްކުން މަދުވުން: އިތުރު ދާއިރާތައް ހިމެނުމުން، ވިޔަފާރިތަކަށް ޓެކްސް ނުދައްކާ ތިބުމުގެ ފުރުޞަތު މަދުވެއެވެ.
- ޤަވާޢިދުތަކާ އެއްގޮތަށް ޢަމަލުކުރުމުގެ ޚަރަދު އިތުރުވުން: ފުރަތަމަ ފަހަރަށް ޖީއެސްޓީގެ ދަށަށް ގެނެވޭ ވިޔަފާރިތަކަށް ޤަވާޢިދުތަކާ އެއްގޮތަށް ޢަމަލުކުރުމުގެ ޚަރަދު ބޮޑުވެދާނެއެވެ.
- އަގަށް އަންނަ ބަދަލުތައް: ބޭސް ފުޅާކުރެވޭ ގޮތަކުން، ކުރިން ޓެކްސް ނުނަގާ ބައެއް މުދަލާއި ޚިދުމަތްތައް ކަސްޓަމަރުންނަށް އަގުބޮޑުވެދާނެއެވެ.
މި ކަންކަމުގެ ވަކި އަސަރުތައް ބިނާވެގެންވަނީ ބޭސް ފުޅާކުރެވޭ ގޮތާއި މިހާރުގެ އިޤްތިޞާދީ ޙާލަތުގެ މައްޗަށެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދީ ހާލަތު ނާޒުކު ފައްތަރެއްގައި އިއްވާ, ޓެކްސްގެ ޒަރީއާއި ރައްޔިތުންގެ ޖީބުގައި ހުރި ފައިސާކޮޅު ދައުލަތަކަށް ނެގުމަށް މިސަރުކާރުން ގެންނަ މި ބަދަލުތަކަކީ ނުރައްކާތެރި ބަދަލުތަކެއްގެ ގޮތުގައި އިގްތިސާދީ މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި ޓެކްސް ބެރެކެޓަށް އަކަށް ވައްދާ ދާއިރާތަކަށާއި ކަސްޓަމަރުންނަށް މިކަމުން ގޮންޖެހުންތަކާ ކުރިމަތިވެގެން ދާނެއެވެ.