ރާއްޖޭގައި ނެށުމަށް މަޝްހޫރު ވެފައިވާ ކަމަދޫ ޒާރާ ސަން ޝިޔާމް އާއި ކައިވެނި ކުރުމަށް ނިންމައިފި ކަމަށް ދިޔަވަރު ނޫހަށް 18 އޮގަސްޓް 2024 ގައި ރިޕޯޓް ކޮށްފައި ވާނެއެވެ. ތިރީގައި މިވަނީ އެލިޔުމެވެ.
.ދިޔަވަރު ނޫހުން ވަނީ އޭރު ޒާރާ، ސިޔާމް އާއި އޮކްޓޯމްބަރ މަހު ފުރަތަމަ ހަފްތާ ތެރޭ ކައިވެނި ކުރާނެ ކަމަށް ހާމަ ކޮށްފައެވެ. އަދި ސަން ސިޔާމް އާއި، ކަމަދޫ ޒާރާގެ ޚަބަރު އެންމެ ފުރަތަމަ ގެނެސްދިން ބަޔަކީ ދިޔަވަރު ނޫހެވެ.
ނަމަވެސް އޭރު ގިނަ ބަޔަކު އެކަން ދޮގު ކުރިއެވެ. ޤަބޫލު ކުރަން ދަތި ޚަބަރުތައް ރައްޔިތުންނާއި ހަމައަށް ގެނެސް ދޭން ޖެހިފައިވުމުން ގިނަފަހަރު އެ ޚަބަރުގެ ތެދު ދޮގާއި މެދު ސަރުކާރާއި ބައެއް ފަރާތްތަކުން ސުވާލު އުފައްދައި އާންމުންނަށް އޮޅޭ ގޮތަށް ކަންކަން ކުރެއެވެ. ނަމަވެސް ތެދު ޚަބަރު ގެނެސް ދިނުމުގައި ދިޔަވަރު ނޫހުން ކުރަމުންދާ މަސައްކަތުގައި ދެގޮތެއް ނުވެ، ދިޔަވަރު ޓީމް އޮންނާނެއެވެ.
ސަން ސިޔާމް އާއި، ކަމަދޫ ޒާރާގެ ކައިވެނީގައި ބަރަކާތް ލައްވައި، ހަސަދަވެރިންގެ ހަސަދައިން ސަލާމަތްކޮށް، ބާއްޖަވެރި ކައިވެންޏަކަށް ﷲ يستحب قول ކިބަފުޅުން އެދެމެވެ. އާމީން