ޚަބަރު

އެމެރިކާއާއި، އޮސްޓްރޭލިޔާ އަދި ޔޫރަޕްގެ ބައެއް ޤައުމުތަކުން ރާއްޖެއަށް ދަތުރު ނުކުރުމަށް "ދަތުރު ސަމާލު" ނެރެފި

ދިޔަވަރު
އެމެރިކާއާއި، އޮސްޓްރޭލިޔާ އަދި ޔޫރަޕްގެ ބައެއް ޤައުމުތަކުން ރާއްޖެއަށް ދަތުރު ނުކުރުމަށް "ދަތުރު ސަމާލު" ނެރެފި

އެމެރިކާއާއި، ޔޫރަޕްގެ ގިނަ ޤައުމުތަކުން ރާއްޖެއަށް ދަތުރު ނުކުރުމަށް "ދަތުރު ސަމާލު" ނެރެފިއެވެ. މި ގޮތުން 11 ޖުލައި 2024 ގައި އެމެރިކާއިން ރާއްޖެއަށް ދަތުރު ނުކުރުމަށް ޓްރަވަލް އެޑްވައިޒަރީ ނެރެފައި އެވެ. އަދި ޕޮލަންޑާއި އެހެނިހެން ބައެއް ޤައުމުތަކުން މި ހިނގާ އޮކްޓޯބަރު މަހު ވަނީ ރާއްޖެއަށް ދަތުރު ނުކުރުމަށް އަންގައި ޓްރަވަލް އެޑްވައިޒަރީ ނެރެފައެވެ.

އެމެރިކާއިން ނެރެފައިވާ ޓްރަވަލް އެޑްވައިޒަރީ ބައްލަވާލައްވާ.

އެމެރިކާއިން ރާއްޖެއަށް މީހުން ދަތުރު ނުކުރުމަށް އަންގާފައިވަނީ ރާއްޖޭގައި ޓެރަރިޒަމުގެ އަމަލެއް ހިނގާފާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެއެވެ. މިފަދަ ބިރުވެރިކަމެއް އޮތްކަމަށް ބޭރުގެ ޤައުމަކުން ބުނެ، ރާއްޖޭގެ އިޤްތިޞާދަށް އޭގެ އަސަރު ކުރާއިރު، ރައީސް މުއިއްޒު (އެމެރިކާގެ ނިވްޔޯކަށް) ވަޑައިގެންނެވި ދަތުރުގައި މިކަން ހައްލު ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

އޮސްޓްރޭލިޔާއިން ނެރެފައިވާ ޓްރަވަލް އެޑްވައިޒަރީގައި ބުނެފައިވަނީ ވެސް ރާއްޖޭގައި ޓެރަރިޒަމް އޮތް ކަމަށެވެ.

ޕޮލެންޑުންވެސް ބުނެފައި ވަނީ ރާއްޖެ އަށް ދަތުރު ނުކުރުމަށެވެ. އަދި ޓްރަވެލް އެޑަވައިޒަރީގައި ބުނެފައިވަނީ، ރާއްޖޭގައި ދާޚިލީ ހަމަ ނުޖެހުން އުފެދުމުގެ ފުރުޞަތު އޮތް ކަމަށާއި، އަދި ޓެރަރިޒަމް އޮތް ކަމަށެވެ.

ރާއްޖެއަށް ޑޮލަރު ލިބޭ ހަމައެކަނި ސިނާއަތަށް މިވަރު ބޮޑު ގެއްލުމެއް ކުރިމަތިވާއިރު، ދިވެހި ސަރުކާރުން މިކަމާއި ގުޅިގެން ބައިނަލްއަޤްވާމީ ފަރާތްތަކާއި މަޝްވަރާކޮށްފައި ނުވެއެވެ. ނަމަވެސް، ރިސޯޓްތަކުން ނަގާ ޓެކްސް ބޮޑުކޮށް ލިބޭ ހުރިހާ ފައިސާއެއް ޑޮލަރުން ރާއްޖޭގެ ބޭންކުތަކަށް މުއިއްޒު ލޯނު ދެއްކުމަށް ދިނުމަށް އެވަނީ އުސޫލު ބަދަލު ކޮށްފައެވެ.

ރާއްޖޭގެ ބައެއް ރިސޯޓްތަކުން މައުލޫމާތު ލިބޭ ގޮތުގައި ޔޫރަޕުން ފަތުރުވެރިން އަންނަން ފަސްޖެހުމުން ދާކަމަށާއި، އަދި އިންޑިޔާއިން ފަތުރުވެރިން އައުން ބޮޑުތަކުން މަދުވެފައިވާ ކަމަށެވެ. މިއީ ދެފަހަރު ދެގޮތަށް އެއްވެސް ކަހަލަ ހަމަޖެހުމެއް ނެތި، މުއިއްޒުގެން ގުޅޭ ޚާރިޖީ ސިޔާސަތުގެ ނަތީޖާއެވެ.

ރާއްޖޭގެ ފަތުރުވެރި ކަމާއި، އާންމުގެ ދިރިއުޅުމުގެ ފެންވަރަށް ކުރިމަތިވެފައިވާ ނިކަމެތިކަން ނިމުމަކަށް އަންނާނީ، ސަރުކާރުން މުއިއްޒު އިސްތިއުފާ ދިނުމުންނެވެ. ނުވަތަ ޤާނޫނީ ހަމަތަކުން މުއިއްޒުގެ ވެރިކަން މަޖިލީސް ތެރެއިން ނިމުމަކަށް ގެނައުމުންނެވެ.