ޕީޕީއެމް އަށް އާ ސެކްރެޓަރީ ޖެނެރަލަކު އައްޔަން ކުރުމުގެ މަޝްވަރާތަކެއް ޔާމީން ވަނީ ތޮލާލާއި ކުރައްވައިފަ އެވެ. ތޮލާލްއާއި އެކު ޕާޓީގެ މަސައްކަތް ޔާމީނަށް ކުރިއަށް ގެންދެވެން ދަތިވާނެ ކަމަށް ޔާމީން ގަބޫލުފުޅު ކުރައްވަނީ ތޮލާލު މުއިއްޒާއި އެކު ހުންނެވުމުންކަމަށް ޕީޕީއެމް އިން ވާހަކަ ދެއްކި ބޭފުޅަކު މިނޫހަށް ކިޔައިދިނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މުއިއްޒުގެ ފަރާތުން ތޮލާލަށް މާލީ މަންފާތަކެއް ވެފައި ހުރިހުރުމަކީ އޭގެ އެއްސަބަބު ކަމުގައި ވެއެވެ. ސެކްރެޓަރީ ޖެނެރަލްގެ މަޤާމަކީ ބާރުވެރި މަގާމެއްކަމުން، ޕާޓީގެ ކޮންޓްރޯލް ލިބޭނޭ ހަމައެކަނި ގޮތަކީ ޔާމީނުގެ ސަޕޯޓަރެއް އެމަގާމުގައި ހުރެގެންނެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މަގާމުން ވަކިކުރެވޭނީ ސެނެޓުން ފާސްކޮށްގެންނެވެ.
ތޮލާލަކީ މުއިއްޒުގެ ކެމްޕެއިން ސްޕޯކްސް ޕާރސަންވެސް މެއެވެ.
ޖަލު ހުކުމެއްގައި ހުންނެވުމުން ޕާޓީގެ އެއްވެސް މަގާމެއްގައި ހުރެވެން ނެތުމުން ޔާމީނަކީ މިހާރު ޕާޓީގެ އާއްމު މެމްބަރެކެވެ! އަދި ޔާމީނަށް ޕާޓީއިން މީހުން ވަކި ކުރެވެން ބުނެވެން ނޯންނާނެ ކަމަށް ޕީޕީއެމް އިން ވާހަކަ ދެއްކި ބޭފުޅަކު މިނޫހަށް ކިޔައިދިނެވެ.
ސިޔާސީ އެއްވުންތަކާއި ޖަލްސާތަކާއި ހަރަކާތްތަކުގައި ބައިވެރިވުމުގެ ހުއްދައެއް ޔާމީނަކަށް ނުދެ އެވެ. އަދި ދާދި ފަހުން މުއިއްޒުގެ ނުފޫޒުން ޔާމީނަށް ވަނީ ކަރަކްޝަނުން މިކަމާއި ގުޅިގެން އިންޒާރުވެސް ދީފައެވެ،