ޚަބަރު

މުރައިދޫގެ މުވައްޒަފުންގެ ތަފުސީލު ސިއްރުކުރަން ނިންމި ނިންމުން އަބްދުއްރަހީމް އާއި ދޮކަޅަށް މުއިއްޒުގެ ފެކްޝަނުން ބަދަލުކޮށްފި

ދިޔަވަރު
މުރައިދޫގެ މުވައްޒަފުންގެ ތަފުސީލު ސިއްރުކުރަން ނިންމި ނިންމުން އަބްދުއްރަހީމް އާއި ދޮކަޅަށް މުއިއްޒުގެ ފެކްޝަނުން ބަދަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު، މުރައިދޫގައި މަސައްކަތްކުރާ މުވައްޒަފުންގެ މަޢުލޫމާތު ހާމަކުރަން 241 ކޮމިޓީން ނިންމައިފިއެވެ.

މި ނިންމުން ބަދަލުކުރަން ހުށަހެޅީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެއެވެ. އޭނާއަކީ މުއިއްޒުގެ ފެކްޝަނުގެ މީހެކެވެ.

މިއީ އަބްދުއްރަހީމްގެ ބާރެއް މަޖިލީހުގައި ނެތްކަމަށް ދެއްކުމަށް މުއިއްޒު ކުޅުނު ގޭމެކެވެ. ނަމަވެސް މިހާރު މަޖިލީހުން މިކަން ނިންމުމުން، ރައީސް މުއިއްޒު ދިރިއުޅުއްވާ ގެކޮޅުގެ މި މައުލޫމާތު ސާފު ކުރަން އެދުނަސް، މި ނިންމި ޕްރެސިޑެންސްގެ ތެރެއިން މުއިއްޒުގެ ގެކޮޅުގައި މަސައްކަތް ކުރާ މީހުންގެ މައުލޫމާތުވެސް ހާމަ ކުރަން ޖެހޭނެއެވެ.

މި ނިންމުން ބަދަލުކުރުމާމެދު އިދިކޮޅު ބައެއް މެންބަރުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ.

މަޢުލޫމާތު ހާމަކުރަން ފާސްކުރީ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު ފިޔަވައި ކޮމިޓީގެ އެހެން ހުރިހާ މެންބަރުންގެ ވޯޓުންނެވެ.

ކޮމިޓީގެ ނިންމުން ބަދަލުކުރީ ރައީސް މުޙައްމަދު މުޢިއްޒުގެ އެންގެވުމަށެވެ.

މުރައިދޫގައި މަސައްކަތްކުރާ މުވައްޒަފުންގެ މަޢުލޫމާތު ސިއްރުކުރަން އެންމެ ފުރަތަމަ ހުށަހެޅީ ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހް ކަމަށް ބެލެވޭ.

މަޢުލޫމާތު ހާމަކުރުމުން މަޖިލީހުގެ ރައީސްގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބުނެ މަޢުލޫމާތު ސިއްރުކުރަން ނިންމާފައިވެއެވެ.

މަޖިލީހުގެ ރައީސް ޢަބްދުﷲ ޢަބްދުއްރަޙީމް މުރައިދޫއަށް ބަދަލުވެވަޑައިގަތީ ޖުލައި 26 ގައެވެ.