ސިނގިރެޓު ވިޔަފާރި ފުޅާކުރުމަށް، އެ ވިއްކާ މީހުން އަތުން ރިޝްވަތު ނަގައިގެން ސަރުކާރުން ވޭޕް މަނާ ކޮށްފި އެވެ.
މިކަން އެންގުމަށް މުއިއްޒު ދާދި ދެންމެ އަކު ކުރި ޓްވީޓްގައި ލިޔެފައިވަނީ
ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑު އަންގައިފިން.
މިކަމުގެ ސަބަބުން އެތައް ކުދި ވިޔަފާރިތަކަކަށް ބޮޑެތި ގެއްލުން ތަކެއް ވެގެން ދެއެވެ. ދުންފަތުގެ ސަބަބުން ލިބޭ ގެއްލުމުން ސަލާމަތް ކުރަން ސަރުކާރުން އެދޭ ނަމަ، ދުންފަތުގެ އެންމެ ނުރައްކާތެރި ބާވަތް ކަމުގައިވާ ސިނގެރެޓު ވެއްދުން މަނާ ކުރީހެވެ.
ވޭޕް ބޭނުން ކުރާ ހުރިހާ ފަރާތްތަކެއްހެން، ވޭޕް ނުލިބުން ދެން ބޯނީ، ސިނގިރެޓެވެ. މުއިއްޒު އަށް މިކަމުން ބޮޑު އަދަދެއްގެ ރިޝްވަތެއް ލިބިފައިވާ ކަމަށް މައުލޫމާތު އެނގޭ ފަރާތްތަކުން ވަނީ ހާމަ ކޮށްފައެވެ.