ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ ސަލާމަތަށް ނުރައްކާ ވާހެން، މަޖިލީހުގެ 241 ކޮމިޓީއިން ރައީސް މުއިއްޒު އަންގައިގެން މުރައިދޫގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު ހާމަ ކުރަން މިއަދު ނިންމުމާއި ގުޅިގެން، އަބްދުއްރަހީމް ޖެނީވަރ އަށް ކުރެއްވި ދަތުރު ކުރުކޮށްލުމަށްފަހު، އެމަނިކުފާނު މާލެ ވަޑައިގަތުމަށް އުޅުއްވާ ކަމުގެ މައުލޫމާތު ދިޔަވަރު ނޫހަށް ލިބިއްޖެއެވެ.
އަބްދުއްރަހީމް ނެތްތަނުގައި، ސަރުކާރަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ރައީސް މުއިއްޒު ދަނީ މަސައްކަތް ކުރަމުންނެވެ. މި ގޮތުން ބައެއް ވަޒީރުންނާއި، އެމްބަސަޑަރުން ބަދަލު ކުރުމުގެ ވިސްނުން މުއިއްޒު ގެންގުޅައްވަމުން ގެންދަވަނީ އަބްދުއްރަހީމަށް ސިއްރިޔާތުގައެވެ.
އަބްދުއްރަހީމް އަށް މިއަދު މަޖިލީސް މެދުވެރިކޮށް، މުއިއްޒު ބާރު ދެއްކުމުގެ ބޭނުމުގައި އެދިން ހަމަލާއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތަށާއި ގަދަރުފުޅަށް ދެއްވި ހަމަލާއެކެވެ.
މިދަތުރުފުޅަކީ ބަޖެޓުގެ ދަތިތަކާއި އެކު، ބަޖެޓަރަށް ބައްލަވައިގެން، ވީހާވެސް މަދު ބަޔަކާއި އެކު، އަބްދުއްރަހީމް ކުރެއްވި ދަތުރުފުޅެކެވެ. އަދި އެމަނިކުފާނުވަނީ ރާއްޖެއިން ބޭރުގައި، އިންޓަރ ޕާލިމެންޓް ޔޫނިއަންގައި، މިހާތަނަށް ރާއްޖެ ތަމްސީލު ނުކުރާހާ ފުރިހަމައަށް ތަމްސީލް ކުރައްވާފައި ކަމުގައި އެމަނިކުފާނާއި އެކު ވަޑައިގެން ހުންނެވި މަޖިލީސް މެމްބަރަކު ދިޔަވަރު ނޫހަށް ކިޔައި ދެއްވިއެވެ.
އަބްދުއްރަހީމް އާއި މެދު މުއިއްޒު ކަންބޮޑު ވަޑައިގެން އުޅުއްވަނީ، މުއިއްޒުގެ ކިބާގައި ވެރިކަން ކުރުމުގެ ޤާބިލުކަން ނެތުމުން، އެންމެންނާއި މެދު ބިރުހީވާ އުސޫލުންނެވެ. ސަރުކާރުގެ ހާލަތު އޮތްގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް އަބްދުއްރަހީމަށްވެސް މިއަދު މުއިއްޒު އަދާ ކުރާ ފެންވަރަށްވުރެ ރަނގަޅަށް ތެދުބަހުން ވާހަކަ ދައްކައިގެން އަދާ ކުރެވޭނެ ކަމަށް ޕީއެންސީ އާންމު މެމްބަރުން ދެކެއެވެ.
މިއީ ފާޅުގައި އަބްދުއްރަހީމް ނިކަމެތި ކޮށްލުމަށް މުއިއްޒު ދިން ތިންވަނަ ހަމަލާއެވެ.