މަޖިލީސް ރައީސް އަބްދުއްރަހީމް، ދެއްވި ތަޤްރީރު މުއިއްޒުގެ ޔޫއެންގައި ދިން ތަޤްރީރަށްވުރެ ރަނގަޅުވުމުން، މަޖިލީސް ގްރޫޕްގައި ޕީއެންސީ މެމްބަރުން މަޖިލީސް ރައީސް އަށް މަރުހަބާ ނުދެންނެވި ކަން ހާމަވެއްޖެއެވެ. މިއާއި ޚިލާފަށް މަޖިލީސް ރައީސް ޗައިނާއަށް ވަޑައިގެން ދެއްވި ތަޤްރީރް ގްރޫޕަށް އޭރު ލުމަށް ފަހު، ޕީއެންސީ ހުރިހާ މެމްބަރުން ވަނީ އެމަނިކުފާނަށް މަރުހާބާ ކިޔާފައެވެ.
އަބްދުއްރަހީމް އާއި ދޭތެރޭ ތަފާތު ގޮތަކަށް މިރޭ ކަންކަން ކުރަމުންދާކަން އެމަނިކުފާނަށް ވެސް ވަނީ ފާހަގަ ވެފައެވެ. އެ ޤްރޫޕަށް ފަލާހް އެ ވީޑިޔޯ ލުމަށް ފަހު، މަރުހަބާ ދެންނެވުމުން ވެސް އިތުރު އެހެން ފަރާތަކުން މަރުހަބާ ދަންނަވަން ބޭނުން ނުވި ކަމަށް އެ ޤްރޫޕުގައި އިންނެވި ޕާލިމެންޓް މެމްބަރަކު ދިޔަވަރު އަށް މައުލޫމާތު ދެއެވެ.
އަބްދުއްރަހީމް އޭނާގެ އިނގިރޭސި ފެންވަރަށް ގެނެސްފައިވާ ހެޔޮ ބަދަލާއި، އަދި އިނގިރޭސިން ލިޔެފައިވާ ސްޕީޗް ހަމަ އެކަނި ޓެބްޕެޓް ބަލައިލައިގެން ދެއްްވުމުން އެކަން ވަރަށް ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފައެވެ.
މަސްވެރިންގެ ދުވަހާއި ގުޅިގެން ދެފަރާތުގެ ދެ ސްކްރީން ބަހައްޓައިގެން ދެމުންދިޔަ ސްޕީޗް ޓެކްނިކަލް މައްސަލައެއް ޖެހިގެން ހުއްޓުމުން އިތުރަށް ވާހަކަ ނުދެއްކި މުއިއްޒު ވަޑައިގެންނެވި ހަނދާން އަދި އެންމެންގެ ސިކުޑީގައިވެސް ހުންނާނެއެވެ. އަބްދުއްރަހީމް އަކީ އެއަށް ވުރެ ޤާބިލު ބޭފުޅެއްކަން މިރޭ ފަހުމް ވެގެން އެދިޔައީ ޕީއެންސީގެ އެތައް ހާސް މެމްބަރުންނަށެވެ.