ޚަބަރު

ވޭޕް މަނާކޮށް، ސިނގިރެޓްގެ ޑިމާންޑް ބޮޑުކޮށް، ހުރިހާ ފައިދާ އެއް ޓެކްސްގެ ގޮތުގައި މުއިއްޒުގެ ސަރުކާރަށް

ދިޔަވަރު
ވޭޕް މަނާކޮށް، ސިނގިރެޓްގެ ޑިމާންޑް ބޮޑުކޮށް، ހުރިހާ ފައިދާ އެއް ޓެކްސްގެ ގޮތުގައި މުއިއްޒުގެ ސަރުކާރަށް

ވޭޕް މަނާކޮށް، ސިނގިރެޓްގެ ޑިމާންޑް ބޮޑުވުމުން، ހުރިހާ ފައިދާ އެއް ޓެކްސްގެ ގޮތުގައި ލިބެނީ މުއިއްޒުގެ ސަރުކާރަށެވެ. ނިސްބަތުން ވޭޕަށް ނަގާ ޓެކްސް އާއި، އޭގެ ބޭނުން ހިފާ މިންވަރުން ނެގެން ހުރި ޓެކްސް މަދެވެ. މިސާލަކަށް ވޭޕްގެ ކާޓްރިޖެއް ހުސްނުވެ، 3 މަސްވެސް ހުރެދާނެއެވެ. އެހެން ކަމުން މިއީ ހަރަދު ކުޑަކޮށް ދުންފަތުގެ އިސްތިއުމާލު ކުރެވޭ ގޮތެކެވެ. މި ގޮތަށް މިކަން ކުރުމުން ދައުލަތަށް ޓެކްސްގެ ގޮތުގައި ވަންނަ އާމްދަނީ މަދުވެއެވެ.

އެހެން ކަމުން، ސިނގެރެޓް އެތެރެ ކުރާ މީހުންނާއި ގުޅިގެން، އެމީހުން ރުއްސުމަށާއި، އަދި އެމީހުން އަތުން ލިބޭ ރިޝްވަތުގެ ބޭނުން ހިފައި އަދި މުއިއްޒުގެ ސަރުކާރަށް ވަންނަ ޓްކެސް ބޮޑު ކުރުމަށް ނިންމި ނިންމުމަމީ ރައްޔިތުންގެ ގޮހަރަށް އަތްބާނައިގެން މާލީ ނިޒާމް ފަރުޖެއްސުމުގެ ސިޔާސަތުގެ ތެރެއިން މުއިއްޒު ކުރެއްވި ކަމެކެވެ.

މިއަދު މުއިއްޒު އިތުރު ކުރި ޓްކްސް އާއި އެއްވަރަށް، ސިނގިރެޓުން މުއިއްޒު އެބުނާ "ޓްކެސް ބޭސް" ބޮޑު ކޮށްލީއެވެ. ސިނގިރެޓް ބޯ މީހުން ގިނަކޮށްގެންނެވެ.

މިއީ ދިވެހި ރައްޔިތުންނަށް ހެޔޮ އެދިގެން ކުރި ކަމެއް ނޫނެވެ. އެފަދަ ކަމެއް ކުރާވަރަށް ރައްޔިތުންގެ ކަންކަމުގައި މުއިއްޒު ނޫޅުއްވައެވެ. އުޅުއްވަނީ ހަފްތާއަކު 3 ރޭ އާރަށުގައި ކުޅިވަރުކޮށް، މާޖާ ނެގުމުގައެވެ. މި ދެކެވެނީ، ރައްޔިތުންނަށް ޖަވާބު ދާރީ ވެލަން ނޫސްވެރިންނާއި ވެސް ބައްދަލުކޮށްލަން ބޭނުންވާ މީހެއްގެ ވާހަކައެވެ.