7000 ސިޔާސީ މުއައްޒަފުން ތިބިކަމަށް ރާއްޖޭގެ އެންމެ މަގުބޫލު އަދަދު ނޫހުން ހާމަ ކުރުމުން، އެއީ ޚިޔާލީ ވާހަކައެއް ކަމަށް ބުނި އިރު، ތިބި އަދަދެއް ހީނާ އަކަށް ނުބުނެދެވުނެވެ. ރައީސް އޮފީހުން ދިޔަވަރު ނޫހަށް މައުލޫމާތު ދިން ފަރާތުން ހާމަކުރީ، ސިޔާސީ މުއައްޒަފުން ތިބި އަދަދެއް ހީނާއަކަށް ނޭނގޭނެ ކަމަށެވެ. އެ މައުލޫމާތު ހީނާއާއި ހިއްސާ ކޮށްފައި ނުވާ ކަމަށާއި، ހީނާ ލައްވައި ދޮގު ހަދުވާއިރު، ކުޑަ މިނުން ތިބި އަދަދެއް ހީނާއަށް ވެސް އަންގާފައި ނުވާކަމަށެވެ.
މި ފަދަ ކަންކަން ސަރުކާރުން، ހީނާ ފަދަ ގަދަރުވެރި ފަރާތްތައް ލައްވާ ކުރުވުމުން، ހަޤީގަތް ހާމަ ވާ ދުވަހަކުން ވެއްޓޭނީ ހީނާގެ އަގެވެ. ރައީސް މުއިއްޒު ހައްދަވާ ދޮގުތަކަށް އޭނާއަށް ކައްޒާބުގެ ނަމުން ލަގަބު ދެވި، ދޮގު މައްޗަށް ދޮގު ހަދަމުން ދާކަން އެންމެންނަށްވެސް އެނގި ހާމަ ވެފައިވެއެވެ.
ސިޔާސީ މުވައްޒަފުންގެ ގޮތުގައި 2،000 އާ ގާތްކުރާ އަދަދަށް މީހުން ނަގާފައި ވާއިރު، މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު ކުންފުނިތަކުން 5,000 ވަޒީފާ ދީފައިވެއެވެ. ސަރުކާރުން ވަޒީފާ ދީފައިވާ މީހުންގެ އަދަދު ހާމަ ކުރަން ނުކެރިގެން އުޅެނީ މިއަދަދު މީހާ ބޮޑުވީމައެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބާ ދިމާކޮށް ޕީއެންސީން ކުރިމަތިލި ކޮންމެ ކެންޑިޑޭޓަކަށް ވެސް އެވްރެޖުކޮށް 40 ވަޒީފާ ދީފައިވާ ކަމަށް މައުލޫމާތު ދިން ފަރާތުން ވިދާޅުވި އެވެ. މެންބަރުން އެދިވަޑައިގަންނަވާ މީހުންނަށް ގިނައިން ވަޒީފާ ދީފައި ވަނީ ކުންފުނިތަކުންނެވެ. އަދި މިކަން ހިނގަމުން ދިޔައީ ރައީސް މުއިއްޒު އަންގައިގެން ސީދާ ރައީސް އޮފީހުންނެވެ.
އެންމެ ގިނަ ވަޒީފާ ދީފައި ވަނީ ފެނަކައިން ކަމަށާއި އެ ކުންފުނިން މަޖިލީހުގެ އިންތިހާބާ ދިމާކޮށް 1800 ވަޒީފާ ދީފައިވާއިރު، އެހެން ކުންފުނިތަކުން 3800 އެއްހާ ވަޒީފާ ދީފައިވާ ކަމަށް، އަދަދު ނޫހުން އެފަރާތަށް ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ރިޕޯޓް ކޮށްފައިވެއެވެ.