ސިހުރުގެ މައްސަލާގައި ވަކިކުރި ރަމީޒަށް ސިންގަޕޫރު އެމްބަސީއިން ވަޒީފާ ހަމަޖައްސައިފި. ޚަރަދު ކުޑަ ކުރުމަށް ފިޔަވަޅު އެޅިކަމަށް މިއަދު މުއިއްޒު ޓްވީޓް ކުރެއްވި އިރު ރަމީޒަށް، މަހަކު 11,000 ޑޮލަރު މުސާރައާއި، އެލަވަންސް ގޮތުގައި ދިނުމަށް ވަނީ ނިންމާފައި ކަމަށް ރައީސް އޮފީހުން ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވި ފަރާތުން ހާމަ ކުރެއެވެ.
މަގާމުން ވަކި ކުރި އިރު، ރަމީޒް ހުންނެވީ، ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައެވެ. ރަމީޒު އާއި ޖެހުނު މައްސަލާގައި އޭނާ ވަނީ މުއިއްޒުގެ އެދުމަށް އޭނާގެ އޭރުގެ އަނބި މީހާ ވަރި ކޮށްފައެވެ. އަދި އޭނާގެ އަނބި މީހާ ވަނީ ސިހުރު ހެދި ކަމުގެ ތުހުމަތުގައި ޖަލަށް ލާފައެވެ.
ރަމީޒު ވަނީ މުއިއްޒު އާއި ދެމެދު ޖެހުނު މައްސަލަ ހައްލުކޮށް، އޭނާ އަތުގައި ހުރި މުއިއްޒުގެ ބައެއް ފައިސާތައްވެސް ހަވާލުކޮށްފައި ކަމުގައި މައުލޫމާތު ލިބެއެވެ.
7000 ސިޔާސީ ވަޒީފާ މުއިއްޒުގެ ސަރުކާރުގައި ދީފައި ވާއިރު، ކުރީ ސަރުކާރުން ވަޒީފާ ދީފައި ވަނީ އެންމެ ހަތް-ސަތޭކަ މީހުންނަށެވެ. މިއަދަދު މުއިއްޒު މިވަނީ 10 ގުނަ ކޮށްފައެވެ. ވަޒީފާއިން ވަކި ކުރާ ގިނަ ފަރާތްތަކަށް ސަރުކާރު ކުންފުނިތަކުން ވަޒީފާ ހަމަޖައްސުމަށް މުއިއްޒު ވަނީ އިރުޝާދު ދީފައެވެ.
ޚަރަދު ކުޑަ ކުރުމަށް ބުނެ މުއިއްޒު ކުޅެމުން ދަނީ ސިޔާސީ ކުޅިވަރެކެވެ.