ސިޔާސީ މުއައްޒަފުން ނަގާފައިވާ އަދަދު ލީކް ވުމުން، މުއިއްޒު ރުޅިއައިސް ރައީސް އޮފީސްތެރެ ހޫނު ވެއްޖެ ކަމަށް ދިޔަވަރު ނޫހުން މައުލޫމާތު ލިބިއްޖެއެވެ.
ސިޔާސީ މުއައްޒަފުންގެ ލިސްޓް ރައީސް އޮފީހުގައި ގެންގުޅެނީ، އަލީ އާރިފް ކަމަށް މައުލޫމާތް ދިން ފަރާތުން ވަނީ ހާމަ ކޮށްފައެވެ. އަދި މީގެ އިތުރުން މި ލިސްޓް ދެން ލިބެނީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު ސާއިދު މުސްތަފާއަށް ކަމަށް އޭނާ ހާމަ ކުރެއެވެ.
ރައީސް އޮފީހުން ދިޔަވަރު ނޫހާއި ވާހަކަ ދެއްކި ފަރާތަކުން ހާމަ ކުރީ، ލިސްޓްގެ އަދަދު ލީކް ވުމުގައި އެންމެ ބޮޑަށް ޝައްކު ކުރެވެނީ އަލީ އާރިފުގެ ފަރާތުން އިތުބާރު ކުރެވޭ މީހެއް ކައިރީ ބުނެވިގެން ކަމަށާއި ނޫނީ، މުލިއާގޭގައި އުޅޭ މުއިއްޒުގެ ތިމާގެ ބޭފުޅެއް ކަމަށްވާ، އިޤްބާލު ފަރާތުން ކަމަށެވެ. އިޤްބާލަށް އަންދާޒާ އަދަދެއް ގާތްކޮށްފައި ބުނަން އެނގިދާނެ ކަމަށާއި، އަދި އިޤްބާލު ގެންގުޅޭ އަންހެން ކުދިންތަކުގެ ތެރެއިން ކުއްޖެއް ގާތުގައި އެފަދަ ވާހަކަ އެއް ބުނެވި، މި މައުލޫމާތު ލީކް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާގެ ފަރާތުން މައުލޫމާތު ލިބެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އަލީ އާރިފް ދަނީ ސިޔާސީ މުއައްޒަފުންގެ އަދަދު ލީކް ވެފައިވަނީ ފިނޭންސް މިނިސްޓްރީއިން ކަމަށް ބުނެ ސާއިދު އަށް އިނގިލި ދިގު ކުރަމުންނެވެ.
މުއިއްޒު އެންމެ އިތުބާރު ކުރައްވާ އަލީ އާރިފަކީ ރައްޔިތުން ގަރުދިޔާ ބަތާ ކާން ޕީއެންސީ ޖަގަހާގައި ބުނި ފަރާތެވެ.