ޚަބަރު

ދަރުމަވަންތަ ކުލާހެއް ގުދަނެއްގެ ތެރެއަށް މުއިއްޒުގެ ސަރުކާރުން ލައިފި! ކިޔަވަމުން ދަނިކޮށް ވެއްޓުނު ފަންކާ ކުއްޖެއް ގައިގައި ނުޖެހުނީ ހަމަ ކިރިޔާ!

ދިޔަވަރު
ދަރުމަވަންތަ ކުލާހެއް ގުދަނެއްގެ ތެރެއަށް މުއިއްޒުގެ ސަރުކާރުން ލައިފި! ކިޔަވަމުން ދަނިކޮށް ވެއްޓުނު ފަންކާ ކުއްޖެއް ގައިގައި ނުޖެހުނީ ހަމަ ކިރިޔާ!

ދަރުމަވަންތަ ކުލާހެއް ގުދަނެއް ތެރެއަށް މުއިއްޒުގެ ސަރުކާރުން ލައިފިއެވެ. މިކަން ކޮށްފައިވަނީ، މުއިއްޒު އަންގައިގެން އިއްޒައްދީން ސްކޫލު އޮތް ބިން ބަޔަކަށް ދިނުމަށްޓަކައި އެ ސްކޫލް ހުސްކޮށް، އިއްޒުއްދީނުގެ ކްލާސްތައް އެކި ސްކޫލްތަކަށް ބަދަލުކޮށް، އިއްޒުއްދީނުން އައި ކުދިންނަށް ޖާގަ ދިނުމަށް، ދަރުމަވަންތަ ސްކޫލުގެ ކުލާހެއް ހުސްކޮށް، އެ ކުލާހުގައި ތިބި ކުދިން ގުދަނެއްގައި ކިޔަވަން ހަމަޖައްސައިގެންނެވެ.

އެ ސްކޫލުގެ ގްރޭޑް 4B ގައި ކިޔަވަމުން ދަނިކޮށް ވެއްޓުނު ފަންކާ ކުއްޖެއް ގައިގައި ނުޖެހުނީ ހަމަ ސަލާމަތް ވީ ހަމަ ކިރިޔާއެވެ. އެ ފަންކާ ވެއްޓި ޖެހުނު ނަމަ، އެ ކުއްޖަކު މަރުވުމަކީ އެކަށީގެންވާ ކަމެކެވެ.

މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ތައުލީމީ ނިޒާމަށް އެއްވެސް ހެޔޮ ބަދަލެއް ގެންނަން މަސައްކަތް ކޮށްފައި ނުވާތާގައި، އަލަން އަޅަމުން ދިޔަ ސްކޫލްތައް ވެސް ވަނީ ހުއްޓާލާފައެވެ. މީގެ އިތުރުން ހުރިހާ ސްކޫލެއް އޭސީ ކުރަނީ ކަމަށް ބުނެ، ޕޭރެންޓުން އަތުން ދަނީ އެކަމަށް ފައިސާ އަތުލަމުންނެވެ. އިއްޒުއްދީން ސްކޫލުން ދަރިވަރުން ބޭރު ކޮށްފައިވަނީ މައިންބަފައިންނާއި ޓީޗަރުންގެ ނުރުހުމުގައެވެ. އެކަން ކޮށްފައިވަނީ މުއިއްޒުގެ އަމުރަށެވެ.

ރާއްޖޭގެ ތައުލީމަށް މުއިއްޒުގެ ފަރާތުން އެއްވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައި ނުވާއިރު، ދަރިވަރުންނަށް މުއިއްޒު ދަނީ ހައްދުފަހަނައެޅި ޤައުމިއްޔަތުގެ ނަމުގައި މާއްދާއެއް ކިޔަވައި ދެމުންނެވެ. އަދި ކޮޅަށް ތިބެ ޤައުމީ ސަލާން ކިޔުމަށް މުއިއްޒު ވަނީ މަޖުބޫރުކޮށްފައެވެ. ތައުލީމީ ދާއިރާގެ އެއްވެސް ކަމަކަށް ޚަރަދު ނުކުރާތާގައި، މުއިއްޒު ވަނީ ޤައުމިއްޔަތު ކޮލަޖެއް ހަދައި، އެތައް ބަޔަކަށް ބޭކާރު ވަޒީފާތައް ދީ، ތައުލީމަށް ހޭދަކުރެވެން ހުރި ފައިސާތަކެއް އިސްރާފު ކޮށްފައެވެ. ސްކޫލް ބަންދުވާ ދުވަސްތަކަށް ބަދަލުގެނެސް، މުދައްރިސުންނާއި ދަރިވަރުންނަށް ވަނީ ބޮޑު ބުރައެއް ޖައްސާފައެވެ. ރާއްޖޭގެ ބަލާލި ކޮންމެ ދިމާލަކުންވެސް މިއަދު ފެންނަން އޮތީ ސަރުކާރުގެ އިހްމާލެވެ. ނާގާބިލު ކަމެވެ.