ޚަބަރު

ރާއްޖެއިން ޑޮލަރު ހުސްވެގެން މޯލްޑިވް ގޭސްއިން ގޭސް އިމްޕޯޓް ކުރުން ހުއްޓާލައިފި

ދިޔަވަރު
ރާއްޖެއިން ޑޮލަރު ހުސްވެގެން މޯލްޑިވް ގޭސްއިން ގޭސް އިމްޕޯޓް ކުރުން ހުއްޓާލައިފި

‏ބޭރު ފައިސާ (ޑޮލަރު) ނެތިގެން މޯލްޑިވް ގޭސްއިން ގޭސް އިމްޕޯޓު ކުރުން ހުއްޓާލައިފިއެވެ. ބޭރު ކުންފުންޏަށް އޯޑަރު ދިނުމުގެ ބަދަލުގައި މިހާރު މޯލްޑިވް ގޭސްއިން ގޭސް ގަންނަނީ ވިލާ ގޭސްއިން އިން ކަމަށް މޯލްޑިވްސް ގޭސްގައި މަސައްކަތް ކުރާ އިސް ފަރާތެއް ދިޔަވަރު ނޫހަށް ކިޔައި ދިނެވެ.

މޯލްޑިވްސް ގޭސް އަކީ ކޮރަޕްޝަން އިންތިހާއަށް ބޮޑު، އަދި މުއިއްޒު ސަރުކާރު ކުންފުނިތަކަށް ލާފައިވާ ސިޔާސީ މީހުން ގިނައިން ތިބި އެއް ކުންފުންޏެވެ.

ރާއްޖޭގެ ތާރީޚުގައި މީގެ ކުރިން، ގޭސް ހުސްވެ، މިހާލަތަކަށް ޤައުމު ގޮސްފައި ނުވެއެވެ. ވިލާއިން ގޭސް ގަންނަމުން ދަނީ އަގު ބޮޑުކޮށް ކަމަށާއި، ވިލާއިން ރާއްޖެއަށް މިވަގުތު ގޭސް ގެނައުން ހުއްޓާލާފި ނަމަ، ރާއްޖެ ގޭހަށް ޖެހި، ކާ އެތިކޮޅު ރޯފިލުވާލާނެ ގޮތެއް ނޯންނާނެއެވެ.

މުއިއްޒު ގެންގުޅުއްވާ ޚާރިޖީ ސިޔާސަތުގެ ސަބަބުން، ބޭރުގެ ގުޅުންތައް ހީނަރުވެފައިވާތީ، ބޭރުގެ އެއްވެސް ޤައުމަކުން ބަޖެޓް ސަޕޯޓް ނުލިބުމުގެ ސަބަބުން ރާއްޖެ އޮތީ ނުރައްކާތެރި ހާލެއްގައެވެ. މިހާލުގައި ރާއްޖެ އޮއްވާ، ސަރުކާރުގެ ކުންފުނިތަކުން ވައްކަން ކުރުވައި، ހޯދާ ލާރިން، ރިޝްވަތުގެ ގޮތުގައި މުއިއްޒު ދަނީ މަޖިލީސް މެމްބަރުންނަށް ފައިސާ ބަހަމުންނެވެ.

ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވް ދަަށްވެ، ކުރިއަށް އޮތް މަސްދުވަހަށް ދިވެހިންގެ ކެއިން ބުއިމަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި ގެނައުމުގައި ދަތިތައް ހުރި އިރު، މުއިއްޒު އަދިވެސް ދަނީ އެމްބަސީތަކަށް ޑޮލަރުން އެލަވަންސްދޭ ސިޔާސީ މުއައްޒަފުން ނަގަމުންނެވެ. ދައުލަތުގެ ފައިސާ މިވަރަށް އިސްރާފު ކުރަމުން ދަނީ ވެރިކަން ގެއްލިދާނެތީ ބިރުންނެވެ.

މީގެ ކުރީ ޕީޕީއެމް ސަރުކާރުވެސް ވެގެން ދިޔައީ ގޭސް ކުންފުނިން ވައްކަން ކުރި ކުންފުންޏަކަށެވެ. އެގޮތުން އޭރު "ގޭސް މާނު" ވަނީ ބޮޑު ވައްކަމުގެ ނެޓްވޯކެއް ހިންގާފައެވެ. މުއިއްޒުގެ ސަރުކާރުގައި މުއިއްޒު އޭނާއަށް ހިމާޔަތް ދޭނެ ކަމުގެ ޔަގީންކަން ދިނުމުން އޭނާ ވަނީ މާލެ އެނބުރި އައިސްފައެވެ. އަދި އޭނާގެ މައްސަލަތައް އޭނާއަށް ފައިދާ ވާނެ ގޮތަށް ނިންމާނެ ކަމުގެ ޔަގީން ކަން ސަރުކާރުގެ ބައެއް ވެރިން އޭނާއަށް ދީފައި ވެއެވެ.