އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓަށް ދައުވަތުދީގެން ދިވެހިންނަށް ޓެރަރިޒަމް ކިޔަވައިދިނުމަށް އެމީހުން ގެނެސްފައި ވަނީ މުއިއްޒުގެ ސަރުކާރުގެ ފޮރިން މިނިސްޓްރީއިން އެވެ. މިކަމާއި ގުޅިގެން މުއިއްޒުގެ ލާދީނީ ސަރުކާރަށް ދަނީ ފާޑު ކިޔުން އަމާޒު ވަމުންނެވެ.
އެމްއެންޔޫއިން ރޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، މިއީ އެ ޔުނިވާސިޓީގެ ސޮސައިޓީ އޮފް ޝަރީއާ އެންޑް ލޯ އަދި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓު ގުޅިގެން ހިންގި ހަރަކާތެއް ކަމަށެވެ. އެމެރިކާގެ އޮފިޝަލުން ވާހަކަދެއްކީ ޓެރަރިޒަމާ ގުޅޭ ދައުވާތަކުގައި އެމެރިކާގެ ނަޒަރިއްޔާތާ ގުޅޭގޮތުންނެވެ.
މިފަދަ ޕްރޮގްރާމެއް ހިންގޭނީ ޔުނިވާރސިޓީއިން ފޮރިންގ މިނިސްޓްރީއާއި ގުޅިގެން، އެމެރިކާ އެމްބަސީގައި އެދިގެން ކަމަށް މިކަމުގެ މައުލޫމާތު އެނގޭ މީހަކު ދިޔަވަރު ނޫހަށް ކިޔައި ދިނެވެ.
ސްޓޭޓް ޑިޕަރޓްމެންޓަށް ޑައިރެކްޓްލީ ޔުނިވަރސިޓީއަކަށް ނުވެސް ގުޅޭނެ. އެމީހުންނާއި ހަމައަށް ދެވެން އޮންނާނެ ހަމަ އެކަނި މަގަކީ ރާއްޖޭގެ ފޮރިންގ މިނިސްޓްރީ. ފޮރިންގ މިނިސްޓްރީ އިން އެކަމަށް އެދި ރަސްމީ ލިޔުމެއް ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ފޮނުވުމުން އެކަން ހިނގާނީ. އެހެންވީމަ މިއީ މުއިއްޒުގެ ސަރުކާރުން ކޮށްފައިވާ ކަމެއް.
އޭނާ ދިޔަވަރު ނޫހަށް ކިޔައި ދިނެވެ.
އެމެރިކާއަކީ އިޒްރޭލުގެ ޓެރަރިސްޓުން ހިނގާ ގަތުލުއާންމަށް ފައިސާއާއި، ހަތިޔާރު ފޯރުކޮށްދޭ ޤައުމެވެ. އެމެރިކާގެ ސިޔާސީ ވެރިން އެކަން ކުރަނީ ދީނީ ސަބަބަކަށެވެ. އޭންޖެލިކް ކްރިސްޓިއަނުންގެ ގޮތުގައި ތިބި އެމެރިކާގެ ސިޔާސީ އިސް ފަރާތްތައް ޤަބޫލު ކުރާ ގޮތުގައި، އީސާގެފާނު އެނބުރި ވަޑައިގަންނަވާނީ، ޔަހޫދީ ދައުލަތެއް މަސްޖިދުލް އަޤްސާގެ މާތް ބިމުގައި ޤާއިމު ކުރެވިގެންނެވެ. ޔަހޫދީީން ޤަބޫލު ކުރާގޮތުގައި، އެމީހުންގެ ތެރެއިން ދައްޖާލު ރަސްކަލެއް ގޮތުގައި ފާޅުވާނީ އިޒްރޭލް ޤާއިމް ކޮށްގެންނެވެ. އެހެންކަމުން މިކަން އަވަސް ކުރުމަށް އެންޖެލިކް ކްރިސްޓިއަނުންނާއި، ޒައެނިސްޓް ޔަހޫދީން ދަނީ ފަލަސްތީނު ދުނިޔޭގެ ބިމުން ފުހެލުމަށް ޤަތުލުއާންމެއް ހިންގަމުންނެވެ.
ފަލަސްތީނުގެ ބިމުގައި އިޒްރޭލް އުފެއްދުމަށް ފެށުނީއްސުރެ މިއަދާއި ހަމައަށް އެމެރިކާ ހިމެނޭހެން ޒައެނިސްޓުން ކުރަމުން އަންނަ މަސައްކަތަކީ ޓެރަރިޒަމްގެ މަސައްކަތެވެ.