ޚަބަރު

އިޒްރޭލު ޕާސްޕޯޓު މަނާކުރަން ޕީއެންސީން މަޖިލީހަށް ގޮވާލުން: ހުރިހާ ކަމެއްގަވެސް މުއިއްޒު ދައްކަމުންދަނީ މުނާފިގު ކަމުގެ ސިފަ, ސާބިތު ކޮށްދެމުން ދަނީ ތިމާއަކީ ދެ މޫނުގެ އަހުލުވެރިއެއްކަން!

ދިޔަވަރު
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ޕީއެންސީން މަޖިލީހަށް ގޮވާލުން: ހުރިހާ ކަމެއްގަވެސް މުއިއްޒު ދައްކަމުންދަނީ މުނާފިގު ކަމުގެ ސިފަ, ސާބިތު ކޮށްދެމުން ދަނީ ތިމާއަކީ ދެ މޫނުގެ އަހުލުވެރިއެއްކަން!

ފަލަސްތީނުގެ ޢައްޒާގައި ޔަހޫދީން ހިންގަމުންދާ ގަތުލުއާންމުތަކާއި ގުޅިގެން, އިސްރޭލުގެ ގާތިލުން ރާއްޖެއައުން މަނާކުރުމަށް, ރައްޔިތުންގެ މަޖިލީހަށް, އިދިކޮޅު އެމްޑީޕީން ބިލެއް ހުށަހެޅިތާ 3 ވެގެން ގޮސްފައިވަނިކޮށް, އެ ބިލުގެ މަސައްކަތް އަވަސްކުރުމަށް ވެރިކަންކުރާ ޕީއެންސީން ރައްޔިތުންގެ މަޖިލީހަށް ގޮވާލައިފިއެވެ.

ވެރިކަންކުރާ ޕީއެންސީން ބުނެފައިވަނީ, މި އަހަރުގެ ޖޫން މަހުގައި އިމިގްރޭޝަން ޤާނޫނަށް ބަދަލު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަށް ތާއީދުކުރާކަމަށާ، އަދި އިސްރާއީލު ޕާސްޕޯޓު ބޭންކުރުުން އަވަސްކުރުމަށްގޮވާލާ ކަމަށެވެ.

އަދި މިހާރު ރައްޔިތުންގެ މަޖިލީހުގައި އޮތް އިމިގްރޭޝަންގެ ޤާނޫނު އިޞްލާޙުކުރުމުގެ ބިލު އަވަހަށް ދިރާސާކޮށް ނިންމުމަށާއި، ރައްޔިތުންގެ ރޫޙާއި ވިންދާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުން ޙަޤީޤަތަކަށް ހެދުމަށް މަޖިލީހުން އަވަސްވެގަތުމަށް އިލްތިމާސްކޮށްފައިވެއެވެ.

މުއިއްޒު ރައީސްކަން ކުރައްވަމުން ގެންދަވާ ޕީއެންސީން އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް މަޖިލީހަށް ގޮވާލާފައިވާއިރު, އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ބިލު، ރައީސް މުއިއްޒުގެ އަމުރަށް މަޖިލިހުގެ ކޮމިޓީގައި ޕާކް ކޮށްފައި އޮންނަތާ މިހާރުވަނީ 100 ދުވަސް ފާއިތުވެގެން ގޮސްފައެވެ. އިސްރާއީލުގެ ގާތިލުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމުއެވެ. މީކާއިލް އިސްލާހު ހުށަހަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމަށެވެ.

މީކާއިލް ހުށަހެޅުއްވި ބިލު 241 ކޮމިޓީގައި އެޖެންޑާ ނުކޮށް ބާއްވާފައި އޮންނަތާ 90 ދުވަސް ވެގެންދިޔައިރުވެސް އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް، އެންމެ ކުޑަމިނުން އެޖެންޑާވެސް ނުކުރާ ސަބަބު ސާފުކޮށްދެއްވުމަށް މީކާއީލް ނަސީމް ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއްވެސް ފޮނުއްވާފައެވެ.

އެ ސިޓީގައި އޭނާ އެދިވަޑައިގެންފައިވަނީ މި ބިލުގެ މަސައްކަތް ކޮމިޓީގައި އެޖެންޑާ ނުކޮށް ބާއްވާ ސަބަބު ސާފުކޮށްދެއްވުމަށެވެ. މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި މީކާއީލް ފާހަގަކުރައްވާފައިވަނީ، މި ބިލް 29 މެއި 2024 ގައި މަޖިލީހަށް ހުށަހެޅި، އަދި 10 ޖޫން 2024 ވަނަ ދުވަހު މި ބިލް ބަލައިގަތުމަށް ފާސްވެސްކޮށް, ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުވާފައިވާ ކަމުގައެވެ.

އެހެންނަމަވެސް މީކާއިލްގެ ސިޓީއަށް މަޖިލިސް ރައީސްވެސް މިހާތަނަށް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

އޭގެ އިތުރަށް އިޒްރޭލުގެ ވިޔަފާރިތަކަށް ރާއްޖޭގައި މަގުފަހިކޮށްދީ، އެފަދަ ވިޔަފާރިތައް ހިންގުމުގެ މުއިއްޒުގެ ސަރުކާރުން ވަނީ ހުއްދަ ދީފައެވެ. އަދި ފަލަސްތީނަށް ތާއީދުކޮށް, އިސްރާއީލުގެ ގަތުލު އާންމާ ދެކޮޅަށް އަޑު އުފުލި އަންހެން ކަނބަލުންތަކެއް މުއިއްޒުވަނީ ހިފާ ހައްޔަރުކޮށް ޖަލަށްވެސް ލާފައެވެ. ފަލަސްތީނާއި އެއްކޮޅަށް އަޑު އުފުލައިގެން ރާއްޖޭގެ އެއްވެސް ވެރިކަމެއްގައި މިނޫނީ މިހާތަނަށް ދިވެހިން ހިފާ ހައްޔަރު ކޮށްފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.

އިސްރޭލުގެ ޕާސްޕޯޓު މަނާކުރުން އަވަސްކުރުމަށް ޕީއެންސީން މަޖިލީހަށް ގޮވާލާފައިވާއިރު, މަޖިލިހުގައި ސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮތްކަން ފާހަގަ ކޮށްލެވެއެވެ. އަދި ސަރުކާރުން ބޭނުންވާ ހުރިހާ ބިލެއްވެސް, މުއިއްޒު އަންގާހާ ގޮތަކަށް މަޖިލީހުން ދަނީ ފާސްކުރަމުންނެވެ. އެހެންނަމަވެސް 4 މަސްވެގެން ދާއިރު, އިސްރޭލުގެ ޕާސްޕޯޓު މަނާކުރާ ބިލް އަދިވެސް ވަނީ މަޖިލިހުގެ ކޮމިޓީގައި ޕާކް ކޮށްފައެވެ.

މި ސަރުކާރުން ދަނީ ބޭރުގެ ބާރުތަކުގެ އުނގަށް ވެއްޓި, ރާއްޖޭގެ ދީނާއި މިނިވަންކަން ގުރުބާން ކުރަމުންނެވެ. އެގޮތުން ރައްޖޭގެ ކަނޑުގައި ޖާސޫސް ކުރުމުގެ ބާރު ޗައިނާއަށް ދޫކޮށް, އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ނުފޫޒަށް ދީލާލައި, އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ދިވެހި ރައްޔިތުން އުފުލަމުންދާ އަޑުތަކަށް މުއިއްޒު ދަނީ ބީރުކަންފަތެއް ދެމުންނެވެ.

ހަގީގަތުގައިވެސް, ޣައްޒާގެ ރައްޔިތުންގެ އިހުސާސްތަކާއި, އެ ސިޓީގައި ހިންގަމުންދާ ގަތުލުއާންމުތަކަށް ދެލޯ މަރާލުމަށްފަހު, އިސްރާއީލުގެ ގާތިލުން ރާއްޖެއަށް ދޭ މަދު ފައިސާކޮޅެއްގެ ދަހިވެތިކަމުގައި, އެމީހުންނަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައިގެން މުއިއްޒުއަށް ކަހާތަން ހިރުވާވެސް ނުލާ ހުރެވެނީ އަގަލެއް ކުލުނެއް ނެތުމުންނެވެ.

ރާއްޖޭގައި ހިންގަމުންދާ އިޒްރާއީލުގެ ފުޑް ޗެއިންތަކުން ލިބޭ މަދު ފައިސާކޮޅެއްގެ ދަތިވެތިކަމުގައި އެތަންތަނަށް ފިޔަވަޅު ނާޅާ މުއިއްޒުއަށް ހުރެވެނީ ތިމާއަކީ އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތް މީހަކަށް ވާތީއެވެ. މިއީ މުއިއްޒު ދީނާއި ގައުމަށްވަމުންދާ ބޮޑު ޚިޔާނާތެކެވެ.