އެޗްޑީސީން ބިން ވިއްކި ގޮތުގެ މައިގަނޑު މައްސަލަ:
2017 ގައި ހުޅުމާލެ ދެވަނަ ފިޔަވަހިން 42 ބިން ވިއްކަން ހުޅުވާލި އެވެ.
އެޗްޑީސީގެ މިހާރުގެ އެމްޑީ ފަޒުލް ރަޝީދުގެ އަނބިކަނބަލުން ޒުލްފީނާ ރަޝީދު ބިމަކަށް އެދި ހުށަހެޅުއްވިއެވެ.
ލިސްޓުގައި އޭނާ އޮތީ 40 ވަނައިގައި ކަމުން، އެފަހަރު ބިން ވިއްކީ 36 ފަރާތަކަށް ވާތީ ބިމެއް ނުލިބުނެވެ.
މިކަމާ ގުޅިގެން 2021 ގައި އޭނާ ސިވިލް ކޯޓަށް މައްސަލަ ހުށައެޅިއެވެ.
މިހާރު ކުރިމަތިވެފައިވާ މައްސަލަ:
ޒުލްފީނާއަށް ބިން ލިބިފައިވަނީ އެޗްޑީސީ އާންމުކޮށް އަމަލުކުރާ އުސޫލުތަކާ ހިލާފަށެވެ.
ބީޗް ފްރޮންޓުން 2،140 އަކަފޫޓުގެ ބިމެއް ވިއްކީ ޖީއެސްޓީއާއެކު 11.7 މިލިއަން ރުފިޔާއަށްށެވެ. އަދި ފައިސާ ދައްކަން 5 އަހަރުގެ މުއްދަތެއް ދީފައިވެއެވެ. އެއީ (މަހަކު 185،366.18 ރުފިޔާ) އެވެ.
މިއީ އެޗްޑީސީގެ އާންމު އުސޫލާ ހިލާފު ކަމެކެވެ.
އިތުރު ފާހަގަކުރެވޭ ކަންތައްތައް:
އެޗްޑީސީން ބުނަނީ ކޯޓު ހުކުމަކާ އެއްގޮތަށް ބިން ވިއްކި ކަމަށް، ނަމަވެސް އެކަން ސާބިތުކޮށްދޭ އެއްވެސް ހުކުމެއް ނެތެވެ.
އިތުރު 5 ފަރާތަކަށް ވެސް މި އުސޫލުން ބިން ވިއްކާފައިވާއިރު، މިކަމަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކޮށްފައިވާ ކަމެއް ކަމަށް ބެލެވެއެވެ. މި ގޮތަށް ބިން ވިއްކާފައިވަނީ، ރައީސް މުއިއްޒުގެ ހާއްސަ އެންގެވުމަކަށް ރައީސް މުއިއްޒަށް ލޯޔަލް ބައެއް މަޖިލީސް މެމްބަރުންނާއި، ނުފޫޒުގަދަ ފަރާތްތަކަކަށް ކަމަށް މައުލޫމާތު ލިބެއެވެ. އޭގެ ތެރޭގައި ބާރަށު ދާއިރާގެ މެމްބަރު ޝުޖާޢުވެސް ހިމެނެއެވެ.
ގާނޫނީ މައްސަލަތައް:
މިއީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ ދަށުން ކުށެކެވެ.
މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ކުށުގެ އަދަބަކީ 3 އަހަރާ ހަމައަށް ޖަލަށްލުމެވެ.
ދައުލަތަށް ލިބެން އޮތް ފައިދާއެއް ނުލިބޭގޮތަށް ކުރާ ކަމެއްގެ އަދަބަކީ 5 އަހަރާ ހަމައަށް ޖަލަށްލުން ކަމުގައި ޤާނޫނުގައި ވެއެވެ.
މާލީ ގެއްލުން:
އާންމު އުސޫލުން ވިއްކި ނަމަ އެޗްޑީސީއަށް 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބޭނެއެވެ.
ނަމަވެސް، ރައީސް މުއިއްޒުގެ ބާރުވެރިކަން އޭސީސީގެ މައްޗަށް އޮތުމުން، މިހާރު މި މައްސަލަ އެއްވެސް އިދާރާއަކުން ބަލަމުން ނުދެއެވެ. އަދި ސަރުކާރުން ދަނީ މިވާހަކަ ގެނެސްދޭ ނޫސްތަކުން މުއިއްޒުގެ އަގު ވައްޓާލަނީ ކަމަށް ބުނެ ޝަކުވާ ކުރަމުންނެވެ.