ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އާއި އިންޑިއާގެ ސަރުކާރާ ދެމެދު އުފެދިފައިވާ ޑިޕްލޮމެޓިކް ހަމަނުޖެހުމަކީ ބައިނަލްއަޤްވާމީ ސަމާލުކަން ލިބިފައިވާ މައްސަލައެކެވެ. މި ހަމަނުޖެހުން އުފެދުނީ ކެނެޑާގައި ދިރިއުޅެމުން އައި ޚަލިސްތާން ހަރަކާތުގެ އެކްޓިވިސްޓެއް ކަމަށްވާ ހަރުދީޕް ސިންގު ނިޖާރު މަރާލެވުނު މައްސަލައިގައި އިންޑިއާ ސަރުކާރުގެ ހިއްސާ އޮތް ކަމަށް ޓްރޫޑޯ ތުހުމަތު ކުރި ހިސާބުންނެވެ. ނަމަވެސް މި ތުހުމަތު ތަކާއި ގުޅިގެން އަދި މިހާތަނަށް ކުޑަ މިންވަރެއްގެ ހެއްކެއްވެސް ކެނަޑާގެ ސަރުކާރަށް ދެއްކިފައި ނުވެއެވެ.
ޚަލިސްތާން ހަރަކާތަކީ އިންޑިއާގެ ޕަންޖާބު ސްޓޭޓުގައި ވަކި ސިކު ދައުލަތެއް ގާއިމުކުރުމަށް މަސައްކަތްކުރާ ޓެރަރިސްޓް ހަރަކާތެކެވެ. މި ޖަމާއަތުން މާޒީގައި ހިންގާފައިވާ އަނިޔާވެރި ޢަމަލުތަކުގެ ތެރޭގައި އެއަރ އިންޑިއާ ފްލައިޓް 182 ގައި ބޮން ގޮއްވާލައި އެތައް ސަތޭކަ ބަޔަކު މަރާލުމާއި، އިންޑިއާގެ ބޮޑުވަޒީރު އިންދިރާ ގާންދީ އަވަހާރަކޮށްލުން ހިމެނެއެވެ. އެހެންކަމުން، މި ޖަމާޢަތަކީ ގިނަ ޤައުމުތަކުން ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބައެކެވެ.
މި ތުހުމަތުތަކާ ގުޅިގެން އުފެދުނު ދެބަސްވުމުގައި، ކެނެޑާ އާއި އިންޑިއާއިން ވަނީ އެ ޤައުމުތަކުގެ ސަފީރުންނާއި އިސް ޑިޕްލޮމެޓުން އަނބުރާ ޤައުމަށް ގެނެސްފައެވެ.
ކެނަޑާގައި އިންޑިޔާގެ ސިކުންގެ ބޮޑު ނަސްލެއް ދިރިއުޅެއެވެ. އިންޑިޔާއިން ބޭނުންވެގެން ހޯދާ ޓެރަރިސްޓުންނާއި، ކުށްވެރިންނަށް ހިމާޔަތްދޭ އައްސޭރިއަކަށް ކެނަޑާވަނީ ވެފައެވެ. އިންޑިޔާއިން ވަގު ޕާސްޕޯޓެއް ހަދައިގެން ދިޔަޔަސް، ކެނެޑާއިން ދަނީ އެ ޤައުމުގެ ރަށްވެހިކަން އެމީހަކަށް ދެމުންނެވެ. މިއީ ކެނެޑާގެ ސިޔާސީ މަޝްރަހުގައި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯގެ މަޤްބޫލުކަން ކުޑަވުމާއި ގުޅިގެން، ކެނެޑާގައި ދިރިއުޅޭ ސިކު މުޖުތަމަޢުގެ ތާއީދު ހޯދުމަށް އޭނާ ކުރަމުންދާ މަސައްކަތްތަކެވެ.
އެމެރިކާގެ ވާތު ފިޔާގެ ޑިމޮކްރެޓްސް ޕާޓީ އިން ދަނީ އެގައުމަށްވެސް ވޯޓަށް އެތައް މިލިއަން ބަޔަކު ޤާނޫނާއި ޚިލާފަށް ވައްދަމުންނެވެ. ކެނަޑާއިން ކުރަމުންދާ ކަމަކީވެސް މިފަދަ ކަމެކެވެ.
ޚަލިސްތާން ޖަމާއަތަކީ ފައިސާ އޮތް ބައެކެވެ. މި މައްސަލައިގައި ޓްރޫޑޯގެ އަމަލުތަކަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ޚަލިސްތާން ޖަމާއަތުގެ ބައިވެރިންނަށް މިފަދަ ސިޔާސީ ރައްކާތެރިކަމެއް ދިނުމަކީ ނުސީދާ ގޮތެއްގައި ޓެރަރިޒަމަށް ހިތްވަރު ދިނުމެވެ. އަދި އެއީ ކެނެޑާގެ ސަލާމަތީ ސިޔާސަތުގެ އިތުބާރު ގެއްލިގެން ދާނެ ކަމެއްކަމަށް އެފަރާތްތަކުން ދެކެއެވެ.
މިއަދު ވޯޓުގެ ބޭނުމުގައި ޓެރަރިސްޓް ޖަމާއަތަކަށް ވާގިވެރި ވަމުންދާ، ޓްރޫޑޯ ސިފަވެގެންދަނީ އެ ޖަމާއަތުގެ ބައިވެރިއެއް ގޮތުގައި ކަމަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.