ޚަބަރު

ރައީސް އަށް ދަންނަވާނެ ކަމަށް ބުނެ ކަސްޓަމް އޮފިސަރަކަށް ބިރު ދައްކައިގެން ނަރީޝް އާއި މުބީން 30 އައިފޯނު ޑިއުޓީ އާއި ނުލައި ގަވާއިދާއި ޚިލާފަށް ވައްދައިފި

ދިޔަވަރު
ރައީސް އަށް ދަންނަވާނެ ކަމަށް ބުނެ ކަސްޓަމް އޮފިސަރަކަށް ބިރު ދައްކައިގެން ނަރީޝް އާއި މުބީން 30 އައިފޯނު ޑިއުޓީ އާއި ނުލައި ގަވާއިދާއި ޚިލާފަށް ވައްދައިފި

ރައީސް އަށް ދަންނަވާނެ ކަމަށް ބުނެ ކަސްޓަމް އޮފިސަރަކަށް ބިރު ދައްކައިގެން ނަރީޝް 30 އައިފޯނު ޑިއުޓީ އާއި ނުލައި ގަވާއިދާއި ޚިލާފަށް ވައްދައިފި ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ކަސްޓަމް އޮފިސަރުން ފޯނު ހިފެހެއްޓީމާ މިއީ ރައީސްގެ އެއްޗެހި ކަމަށް ބުނެ، އަދި ރައީސް ހަދިޔާއަށް ބައްސަވަން ގެނައި އެއްޗެހި ކަމަށް ބުނެ، އަދި މި އެއްޗެހި ހިފަހައްޓައި ޑިއުޓީ ނަގައިފި ނަމަ، ރައީސް އަށް އަންގައި ވަޒީފާއިން ވަކި ކުރާނެ ކަމުގެ ބިރު ނަރީޝް އާއި މުބީން ވަނީ ކަސްޓަމް އޮފިސަރަށް ދައްކާފައެވެ.

މިކަން ހިނގާފައިވަނީ އައިފޯނު 16 ބާޒާރަށް ނެރުނު ހަފްތާގައެވެ. ނަރީޝް އާއި މުބީން އައިފޯނުތަކެއް ޤާނޫނާއި ޚިލާފަށް ރާއްޖެ އެތެރެކޮށް، އެކަމަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ކަސްޓަމުން މަސައްކަތް ކުރުމުން ވަޒީފާގެ ބިރު ދައްކާފައިވަނީ ޑުބާއީއަށް ދަތުރުކޮށް ގެނައި އައިފޯނު 16 ގެ 30 ފޯނު ހިފެހެއްޓުމުންނެވެ.

މި ދެމީހުން ދަތުރު ކޮށްފައިވަނީ އެއަރޕޯޓްގެ ވީއައިޕީ ޚިދުމަތް ބޭނުން ކޮށްގެންނެވެ. ވީއައިޕީ ޚިދުމަތް ބޭނުންކޮށްގެން ދަތުރުކުރި އިރު، މައުލޫމާތު ލިބޭގޮތުން ވީއައިޕީ ޚިދުމަތަށް މި ދަތުރަށް މި ދެމީހުންނަށް ފައިސާ ދައްކާފައިވަނީ ވެސް ދިވެހި ސަރުކާރުންނެވެ.

ކޮރަޕްޝަނާއި، ވައްކަން ކުރުމާއި، އަދި އެ ވައްކަމާއި ކޮރަޕްޝަން ފޮރުވުމަށް މުއިއްޒު ދަނީ އެތައް ދޮގެ ހަދަމުންނެވެ. ރައްޔިތުންގެ ފައިސާ އިން އިންތިހާއަށް ވައްކަންކޮށް، މަގާމުގެ ބޭނުން ނަހަމަ ގޮތުގައި މިވަރަށް ހިފަމުންދާ އެއްވެސް ސަރުކާރެއް ފާއިތުވި 60 އަހަރު ތެރޭވެސް ރާއްޖެ ދެކެފައި ނުވެއެވެ. ސަރުކާރުގެ އިސް މަގާމުތަކަށް މުއިއްޒު އައްޔަން ކޮށްފައިވަނީ ވައްކަމާއި، ކުށް ކުރުމުގެ ތުހުމަތު އެމީހުންގެ ބޮލުގައި އެޅިފައިތިބި މުޖުރިމުން ތަކެކެވެ.