ޚަބަރު

ހަމާސްގެ ލީޑަރ ސިންވާރު ޝަހީދުކޮށްލުމުން، އެކަން މުސްލިމް ޤައުމުތަކުން ކުށްވެރި ކުރުމުންވެސް، ދިވެހި ސަރުކާރުން ކުށްވެރި ނުކުރި! ސައުދީގެ ބައެއް ސިޔާސީ ފަރާތްތައް ވަނީ އުފާ ފާޅުކޮށްފައި!

ދިޔަވަރު
ހަމާސްގެ ލީޑަރ ސިންވާރު ޝަހީދުކޮށްލުމުން، އެކަން މުސްލިމް ޤައުމުތަކުން ކުށްވެރި ކުރުމުންވެސް، ދިވެހި ސަރުކާރުން ކުށްވެރި ނުކުރި! ސައުދީގެ ބައެއް ސިޔާސީ ފަރާތްތައް ވަނީ އުފާ ފާޅުކޮށްފައި!

ހަމާސްގެ ލީޑަރ ސިންވާރު ޝަހީދުކޮށްލުމުން، އެކަން މުސްލިމް ޤައުމުތަކުން ކުށްވެރި ކުރުމުންވެސް، ދިވެހި ސަރުކާރުން ކުށްވެރި ނުކުރިއެވެ.

މި ގޮތުން އިސްލާމީ ގިނަ ޤައުމުތަކުގެ ލީޑަރުން ވަނީ ހަމާސްގެ ލީޑަރު ޝަހީދު ކޮށްލުން ކުށްވެރިކޮށް ޓްވީޓް ކުރައްވާފައެވެ.

https://twitter.com/anwaribrahim/status/1847481341795049796?
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ޓްވީޓް.

ސައުދީގެ ބައެއް ފަރާތްތަކުން ވަނީ ސިންވާރު މަރާލުމުން އެކަމާއި އުފާ ފާޅުކޮށްފައެވެ.

https://twitter.com/MintPressNews/status/1846962325972000838
ސައުދީގެ ސިޔާސީ ފަރާތެއް އުފާ ފާޅުކޮށް ނެރުނު ބަޔާން.

މިކަމުގައި އުފާ ފާޅު ކުރި ޤައުމުތަކުގެ ތެރޭގައި އެމެރިކާއާއި، ހުޅަނގުގެ މަދު ޤައުމުތައް ހިމެނޭ އިރު، ރާއްޖޭގެ މި ސަރުކާރުގެ ވެރިންނެއް މިކަން ކުށްވެރި ނުކުރާތާގައި މިކަމުގައި ހިތާމަ ފާޅު ކޮށްފައެއް ވެސް ނުވެއެވެ.

އަރަބިންގެ ތެރޭގައި ހުރި އެންމެ ހިތްވަރު ގަދަ ލީޑަރަކީ، ހަމާސްގެ ލީޑަރެވެ. ދެން ގިނައިން ތިބީ އިނގިރޭސިން އުފެއްދި އަދި އެމެރިކާ އަތުން ކައިގެން ބޮއެގެން އުޅޭ ހުޅަނގުގެ އަޅުންތަކެކެވެ.

ރާއްޖޭގެ ގިނަ ފަރާތްތަކަކުން ޤާބޫލު ކުރާ ގޮތުގައު މުއިއްޒު އަކީ ޒައެނިސްޓް އެޖެންޓެކެވެ. މުއިއްޒު ވަނި ފަލަސްތީނަށް ކަމަށް ބުނެ، ދިވެހި ރައްޔިތުން އަތުން އެއްކުރި 19 މިލިއަން ރުފިޔާވެސް ފަލަސްތީނުގެ ރައްޔިތުންނަށް ނުދީ ބޭނުންކޮށްފައެވެ.