ޚަބަރު

ރައީސް ނަޝީދު، އާމީންއާންމު ނިއުޝާ އެމަޤާމަށް ހަމަޖެއްސީ ޤަވާއިދާއި ޚިލާފަށް!

ދިޔަވަރު
ރައީސް ނަޝީދު، އާމީންއާންމު ނިއުޝާ އެމަޤާމަށް ހަމަޖެއްސީ ޤަވާއިދާއި ޚިލާފަށް!

މަޖިލީހުގެ މަސައްކަތް ރަނގަޅަށް ނުހިގާތާ 7 މަސްދުވަސް ވަނީއެވެ. މަޖިލިސް ހުއްޓުވުމަކީ ރައީސް ނަޝީދާއި އޭނާގެ ކޮއްކޯފުޅަށް އެކަނި ކުރެވޭނޭ ކަމެއް ނޫނެވެ. އަދި ޑިމޮކްރެޓްސްގެ މަދު މެމްބަރުން ކޮޅާއި އެކީވެސް ރައީސް ނަޝީދަށް އެ ޚުދުމުހުތާރުކަމެއް މަޖިލީހުގައި ނުދެއްކޭނެއެވެ. އެކަން ނަޝީދަށް ފަހިކޮށްދީ، އަދި ނަޝީދު އަންގާހާ ގޮތަކަށް މަޖިލިސް ކުރިއަށް ގެންގޮސްދެނީ، މަޖިލީހުގެ އަމީންއާންމު ނިއުޝާއެވެ.

ނިއުޝާއާއި، ނަޝީދާއި ދެމެދު އޮތް ގުޅުމަކީ، މަޖިލިސް ރައީސް އާއި، އަމީންއާންމުއާއި ދެމެދު އޮންނަ ވަރުގެ އާދައިިގެ ގުޅުމެއް ނޫނެވެ. މަޖިލީހުގެ މިދައުރު ފެށުނުއިރު މަޖިލީހުގައި ގިނައީ، އާ މެމްބަރުންނެވެ. މަޖިލީހުގެ އަސާސްތަކާއި އުސޫލުތަކަށް އެހާ ފަރިތަ ބޭފުޅުންތަކެއް ނޫނެވެ. މިކަމުގެ ނާޖާއިޒު ފައިދާ ނަގައި ނިއުޝާ އެމަގާމުގެ މުއްދަތު ހަމަވުމުން ގަވާއިދާއި ޚިލާފަށް ނިއުޝާގެ މަގާމުގެ މުއްދަތު އިތުރުކޮށްދެއްވީ ރައީސް ނަޝީދެވެ.

ގަވާއިދު ބުނާގޮތުން އަމީންއާންމުގެ މަގާމުގެ މުއްދަތު ހަމަވުމުން، އެ މަގާމު ހުސްވާނެއެވެ. އަދި އެމަގާމަށް ކުރިމަތިލުމަށް އާންމުކޮށް އަންގާ އިއުލާން ކުރަންޖެހެއެވެ. ގެޒެޓް ކުރަން ޖެހޭނެއެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ނުކޮށް، މަޖިލީހަށް ނިއުޝާގެ ނަން ފޮނުވައިގެން، ނަޝީދުގެ އަރިސް މެމްބަރުން ބައިވެރިވެގެން އަވަސް އަރުވާލާފައި މަޖިލިސް ތެރެއިން މަގާމުގެ މުއްދަތު އިތުރުކޮށް އެމަގާމުގައި އަލުން ނިއުޝާ ބެހެއްޓީ އެއްކަލަ ސާފު ހުދު ފޮތިކޮޅެއް ފަދަ މުހައްމަދު ނަޝީދެވެ.

މަޖިލީހުގެ އަމީންއާންމުގެ މަގާމަކީ މަޖިލީހުންނާއި މަޖިލީހުން ބޭރުން އެތައްބަޔަކު މި މަޤާމަށް ޝައުގުވެރިކަން ހުންނަ މަގާމެކެވެ. ނަމަވެސް ދިވެހިރައްޔިތުންނަށް، އޮތް މިފުރުޞަތު ގެއްލުވާލައި، ނިއުޝާއަށް ދިނީ، އެ ދެބޭފުޅުންގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ސަބަބުން ކަމަށް މަޖިލީހުގައި މަސައްކަތްކުރާ ބޭފުޅަކު މިނޫހަށް ކިޔާދިނެވެ.

ނިއުޝާއަކީ މަޖިލީހުގެ އަމީންއާންމު ކަމުގައި ބަހައްޓަށް ހެޔޮވާވަރު މީހެއް ނޫނެވެ! އެފަދަ މަގާމެއްގައި ހުންނަންވާނީ ރައްޔިތުންގެ ހައްޤު ތިމާގެ އަމިއްލަ މަސްލަހަތަށްވުރެ އިސްކުރަން ދަންނަ ތެދުވެރި ބޭފުޅެކެވެ. އެހެންކަމުން ރައީސް ނަޝީދުގެ ނޯކޮންފިޑެންސް ވޯޓަށް ފަހު، ނިއުޝާ އެ މަގާމުން ވަކިކުރުމަށް މަޖިލީހުގައި ތިއްބެވި ގިނަބަޔަކު މިހާރު ބޭނުންވެއެވެ.