ޚަބަރު

"ސަލަފަކީ މީ ކޮންކަހަލަ ބައެއް! ފަލަސްތީނާއި އެއްކޮޅަށް އެއްވެލާކަށް ނުކުރޭ، ހަމާސްގެ ވެރިއަކު ޝަހީދުކޮށްލުމުން ހިތާމަ ފާޅު ކުރާކަށް ނުކެރޭ:" ދިވެހި ރައްޔިތެއް

ދިޔަވަރު
"ސަލަފަކީ މީ ކޮންކަހަލަ ބައެއް! ފަލަސްތީނާއި އެއްކޮޅަށް އެއްވެލާކަށް ނުކުރޭ، ހަމާސްގެ ވެރިއަކު ޝަހީދުކޮށްލުމުން ހިތާމަ ފާޅު ކުރާކަށް ނުކެރޭ:" ދިވެހި ރައްޔިތެއް

މިއީ ދިވެހި ރައްޔިތަކު އޭނާގެ ހިތަށް ކުރި އަސަރު ފާޅު ކުރަމުން މިއަދު ދިޔަވަރަށް ފޮނުވި މެސެޖެއްގައި އޮތީ މިހެންނެވެ.

ސަލަފަކީ މީ ކޮންކަހަލަ ބައެއް، ފަލަސްތީނާއި އެއްކޮޅަށް އެއްވެލާކަށް ނުކުރޭ، ހަމާސްގެ ވެރިއަކު މަރުވުމުން ހިތާމަ ފާޅު ކުރާކަށް ނުކެރޭ

ސްކޫލް ކޮލެޖް ޔުނިވަރސިޓީގެ ދަރިވަރުންނަށް ޒައެނިސްޓުންނާއި ޔުނިވަރސީޓީތަކުން އިންޒާރު ދެމުން ދާއިރު ދަނީ ފަލަސްތީނުގެ ދިފާޢުގައި އަޑު އުފުލަމުންނެވެ. ޔުނިވަރސިޓީއިން ކަނޑާލައި، ވިސާ ކެންސަލް ކުރާނެ ކަމުގެ އިންޒާރު ދެމުންދާ އެތައް ދަރިވަރުންނެއް ނުކުމެ ދަނީ މުޒާހަރާ ކުރަމުންނެވެ. ނަމަވެސް ދީނީ ތާކިހަލުގެ ފަހަތުގައި ތިބި ސަލަފުގެ ސިޔާސީ ވެރިންގެ ހިތަށް ހަމަ ކުޑަވެސް އަސަރެއް ނުކުރެއެވެ. ޣައްޒާގައި ހިނގާ ގަތުލުއާންމު ކުށްވެރިކޮށް، ރައްޔިތުން ގޮވައިގެން މަގުތައް ފުރާލަން ޖެހޭ ދުވަހު، އެކަމަށް ހުރަސް އަޅާ ބަޔަކަށް ނޫނީ އެމީހުން ވެފައި ނުވެއެވެ.

ފަލަސްތީނުގެ ދިފާޢުގައި، އަދާލަތުން ބަޔަކު ނިކުންނަން މަސައްކަތް ކުރުމުން، އެއީ ސިޔާސީ ކަމެއް ކަމަށް ބުނެ، ބަޔަކު އެކަމަށް ހުރަސްއެޅިތަން ސޯޝަލް މީޑިޔާއިން ފެނިގެން ދިޔައެވެ. އެކަމުގައި ވެސް ސަލަފުގެ ބައިވެރިވުން އޮތް ކަމަށް ބުނެވުނެވެ. މީހެއްގެ ނިޔަތް އޮންނާނީ އޭނާގެ ހިތްމަތީގައެވެ. އެކަން ދެނަވޮޑިގެންވާ ފަރާތެއްވެއެވެ. އެކަމުގެ މައްޗަށް ބުނެ، ޤައުމުގައި ހެޔޮކަމަކަށް ބަޔަކު މަސައްކަތް ކުރުމުން ހުއްޓުވުމަކީ ކިހާ ނުބައި އަމަލެއްތޯއެވެ.

އިޒްރޭލުން ހަމާސްގެ ލީޑަރުން އެ ދަނީ ޝަހީދު ކުރަމުންނެވެ. މިއީ ދެވަނަ ލީޑަރެވެ. ނަމަވެސް، ސަލަފުން އެކަން ކުށްވެރި ނުކުރިތާގައި، ކުޑަމިނުން ހިތާމަ ފާޅުކޮށް ނުލިއެވެ. މިއީ ވެސް އިންސާނުންތޯއެވެ؟ ފަލަސްތީނުގެ އަހުލުވެރިންނަކީ ސުންނި މުސްލިމުންނެވެ.