މި ވެރިކަމަށް 9 މަސް ވީއިރުވެސް, ގެއްލުނުކަމަށް ބުނި ކަނޑު ހޯދަން ކުރެވުނުހާވެސް ކަމަކީ ޗާގޮސްގެ މައްސަލައަށް ބޭރުގެ މާހިރުންގެ ލަފާ ހޯދަމުން ދިއުން ކަމުގައި ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ޗާގޯސްގެ މިލްކުވެރިކަމާމެދު ރާއްޖެއިން ދައުވާކުރަމުން ދަނިކޮށް އެ ރަށްތައް މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސިވިލާތުން ނިންމި ނިންމުމާ ގުޅިގެން ބައިނަލްއަގުވާމީ މާހިރުންގެ ލަފާ ހޯދުމުގެ މަސައްކަތް ކަމަށް އުޝާމް ވިދާޅުވީ, މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުޝާމް ވިދާޅުވީ، މި މައްސަލައަކީ ބައިނަލްއަގުވާމީ މާހިރުންގެ ލަފާ ހޯދައިގެން ކުރިއަށް ގެންދަންޖެހޭ ކަމެއް ކަމަށާއި، ކޮންމެ ކުރިއެރުމަކާ ގުޅިގެންވެސް ސްޓްރެޓަޖީތަކާއި ކުރިއަށްދާނެ ގޮތްތައް ބަދަލުކުރަންޖެހޭ ކަމަށެވެ.
އެހެންނަމަވެސް, ރާއްޖޭގެ ކަނޑުން ބައެއް ގެއްލިގެން އުޅޭ ސީރިއަސް މައްސަލައެއްގައި, 9 މަސް ވީއިރު ބޭރުގެ މާހިރުންގެ ލަފާ ހޯދުން ނިމުމަކަށް އައިސްނުވާ ސަބަބު އުޝާމް ސާފުކޮށްދީފައެއް ނުވެއެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ ކަނޑި ވިއްކާލާފައިވާކަމަށް ވިދާޅުވެސް, ވެރިކަމަށް ވަޑައިގެންނެވުމާއެކު ގެއްލު ހޯދާދޭނެކަމަށް ރައްޔިތުންނަށް ދޮގު ވައުދުވެގެންނެވެ. އެހެންނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމަށް, ގެއްލުނުކަމަށް ބުނި ކަނޑުގެ ވާހަކައެއް މުއިއްޒު ނުދައްކަވައެވެ. އަދި ބަންޑާރަ ނައިބު ބާއްވާ ކޮންމެ ޕްރެސް ކޮންފަރެންސެއަގައިވެސް ވިދާޅުވަމުން ގެންދަވަނީ ކަނޑު ހޯދުމާ ގުޅޭގޮތުން ބޭރުގެ މާހިރުންގެ ލަފާ ހޯދަމުންދާ ކަމުގައެވެ.
ގެއްލުނު ކަނޑުގެ ވާހަކައެއް މިއަދު މިސަރުކާރުން ނުދައްކާއިރު, ހަށިފޮޅާލުމަށްފަހު އޭރު އެވާހަކަ ދައްކަވަމުން ގެންދެވި އާޒިމާއާއި ޑރ. މުނައްވަރު މިއަދު ގެއްލިއްޖެއެވެ. އެމީހުން ދޫތައް ބަންދު ވެއްޖެއެވެ. ލޯތައް ކަނު ވެއްޖެއެވެ.
ސާފުވާން އޮތީ އެންމެ ހަގީގަތެކެވެ. ވެރިކަމަށް ވަޑައިގެންނެވުމަށް ރައީސް މުއިއްޒު ހައްދަވާފައިވަނީ ރޯ ބުހުތާނު ދޮގުތައް ކަމެވެ. ވެރިކަމަށް ވަޑައިގެންނެވީ މަކަރާއި ހީލަތުންނެވެ. ހެއްދެވީ ހުސް “ރޯ ބުހުތާނު” ދޮގެވެ.