ޚަބަރު

އިއްޔެގެ ހުކުރު ނަމާދަށްފަހު, ހަމާސްގެ ލީޑަރު ޔަހުޔާ ސިމްވާރުގެ މައްޗަށް އައިބަށް ކަށު ނަމާދު ކުރުމަށް އެތައް އިމާމުންނެއް އެދުމުންވެސް ކަށުނަމާދު ކުރުމުގެ ހުއްދަ މުއިއްޒު ނުދެއްވި!

ދިޔަވަރު
އިއްޔެގެ ހުކުރު ނަމާދަށްފަހު, ހަމާސްގެ ލީޑަރު ޔަހުޔާ ސިމްވާރުގެ މައްޗަށް އައިބަށް ކަށު ނަމާދު ކުރުމަށް އެތައް އިމާމުންނެއް އެދުމުންވެސް ކަށުނަމާދު ކުރުމުގެ ހުއްދަ މުއިއްޒު ނުދެއްވި!

ހަމާސްގެ ލީޑަރު ޔަހުޔާ ސިމްވާރުގެ މައްޗަށް އައިބަށް, މިއަދުގެ ހުކުރު ނަމާދަށްފަހު ކަށު ނަމާދު ކުރުމަށް އެތައް އިމާމުންނެއް އެދުމުންވެސް ކަށުނަމާދު ކުރުމުގެ ހުއްދަ މުއިއްޒު ނުދެއްވިކަން "ދިޔަވަރު އޮންލައިން"އަށް ކަށަވަރ ކުރެވިއްޖެއެވެ.

"ދިޔަވަރު އޮންލައިން"އަށް ކަށަވަރު ވެފައިވާ ގޮތުގައި, ޔަހުޔާ ސިމްވާރުގެ މައްޗަށް އައިބަށް, ރާއްޖޭގެ މިސްކިތްތަކުގައި ކަށު ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް ގިނަ އަދަދެއްގެ އިމާމުން ވަނީ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްގެ ކިބައިން އެދިފައެވެ. އެ އިމާމުން އެދިފައިވަނީ, ކަށުނަމާދު ކުރުމަށް ގިނަ ބަޔަކު ބޭނުންވާކަމުގެ މެސެޖް ޑރ. މުއިއްޒުއަށް ރައްދުކޮށް ދިނުމަށެވެ.

އެހެންނަމަވެސް, އެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދޫކޮށްފައެއް ނުވެއެވެ. އަދި އެއީ ހަމާސްގެ ލީޑަރުގެ މައްޗަށް ރާއްޖޭގައި ކަށުނަމާދު ކުރުން, ސީދާ ރައީސް މުއިއްޒު މަނާކުރުމުން ކަމުގައިވެސް އެނގިފައި ވެއެވެ.

“ދިޔަވަރު އޮންލައިން”އަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި, ސަރުކާރުން ނިންމީ, އިސްރާއީލުން ޝަހީދު ކޮށްލި ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ލީޑަރު އިސްމާއިލް ހަނިއްޔެގެ މައްޗަށްވެސް ރާއްޖޭގައި ޢައިބަށް ކަށު ނަމާދު ނުކުރަން ނިންމާ, ސަރުކާރުން އޭރުވެސް އަމަލު ކުރިގޮތަށް މިފަހަރުވެސް އަމަލު ކުރުމަށެވެ.

އިސްރާއީލުން ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔެ ޝަހީދު ކޮށްލުމުންވެސް, ރާއްޖޭގެ އެއްވެސް މިސްކިތެއްގައި އައިބުގައި ކަށުނަމާދު ކުރުމަށް އެންގުމަށް ސަރުކާރުން ދެކޮޅު ހަދާފައި ވެއެވެ. އަދި ހަމަ އެފަދައިން އިސްރާއީލުން ޝަހީދުކޮށްލި, ފަލަސްތީނުގެ މިނިވަކަމަށް ޖިހާދު ކުރަމުންދާ ހިޒްބުއްالله ޖަމާއަތުގެ އެންމެ އިސް ލީޑަރު ހަސަން ނަސްރުاللهގެ މައްޗަށްވެސް ރާއްޖޭގައި ޢައުބުކޮށް ކަށުނަމާދު ކޮށްފައެއް ނުވެއެވެ.

އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާއިން ޢައްޒާގައި ހިންގަމުންދާ ގަތުލުއާންުތަކުގައި ޢައްޒާގެ އާންމު ރައްޔިތުންގެ 42,000 އަށްވުރެ ގިނަ މީނުން ޝަހީދު ކޮށްލާ, އަދި ފަލަސްތީނުގެ މިނިވަކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުގެ އެންމެ އިސް ލީޑަރު ޔަހުޔާ ސިންވާރު އަނިޔާވެރި ގޮތަކަށް ޝަހީދު ކޮށްލުމާއި ގުޅިގެން މުޅި އިސްލާމީ އުއްމަތް ހިތާމަ ފާޅު ކުރަމުންދާއިރުވެސް, ދިވެހި ސަރުކާރުން އިސްރާއީލުގެ މި އަނިޔާވެރި ހަމަލާތަށް މިހާތަނަށްވެސް ކުށްވެރި ކޮށްފައެއްވެސް ނުވެއެވެ.

އިސްރާއީލުން ހަމާސް ޖަމާއަތުގެ އެންމެ އިސް ލީޑަރު ޔަހުޔާ ސިންވާރު ޝަހީދު ކޮށްލާފައިވަނީ ޢައްޒާގައި އޭނާއަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާއެއްގައެވެ. އަދި ޔަހުޔާ ސިންވާރު ޝަހީދު ކޮށްލުމާއި ގުޅިގެން އިސްލާމީ އުންމަތްދަނީ އެކަމުގެ ހިތާމަ ފާޅު ކުރަމުންނެވެ.

އެހެންނަމަވެސް, ޔަހުޔާ ސިންވާރު ޝަހީދު ކޮށްލުމާއި ގުޅިގެން ރައީސް މުއިއްޒުވެސް އަދި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްވެސް އެއްވެސް ޝުއޫރެއް ފާޅު ކުރައްވާފައެއް ނުވެއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ, ފަލަސްތީނުގެ މިނިވަންކަމަށް ތާއީދު ކުރާކަން ދެއްކުމުގެ ގޮތުން ބައިނަލްއަގުވާމީ ފޯރަމްތަކުގައި ފަލަސްތީނުގެ މިނިވަންކަމުގެ ވާހަކަ ދައްކަމުން, އެހެންނަމަވެސް އިސްރާއީލާދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމަށް ދެކޮޅު ހަދަމުންނެވެ. އެގޮތުން, ރައީސް މުއިއްޒު ވަނީ ޔޫއެން ސެކިއުރިޓީ ކައުންސިލްގައި ވާހަކަ ދައްކަވަމުން, ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖަމައަތުގެ ވެރިން ހައްޔަރު ކުރުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށްވެސް ގޮވާލާފައެވެ.

އެނގިފައިވާ ގޮތުގައި, ޔޫއެންގެ ސެކިއިރިޓީ ކައުންސިލްގައި, ހަމާސްގެ ލީޑަރުން ހައްޔަރު ކުރުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށް މުއިއްޒު ގޮވާލެއްވީ ހުޅަނގުގެ ގައުމުތައް ރުއްސުމުގެ ބޭނުމުގައެވެ. އަދި ހަމާސްގެ އެއްވެސް ލީޑަރެއްގެ މައްޗަށް ރާއްޖޭގައި ކަށު ނަމާދު ކުރުންވެސް މަނާކޮށްފައިވަނީވެސް ހުޅަނގުގެ ގައުމުތައް ރުއްސުމުގެ ބޭނުމުގައެވެ.

ރައީސް މުއިއްޒު ފާހަގަ ވެފައިވަނީ ހުޅަނގުގެ ގައުމުތަކުގެ އުގަށް ވެއްޓި, ދިވެހިރާއްޖެއިން ގަބޫލުކުރާ ދީނީ އަދި ތާރީޚީ އެތައް އަސާސްތަކެއް މުގުރާލަމުން ގެންދަވާ ރައީސެއްގެ ގޮތުގައެވެ.

އިސްރާއީލުން ޣައްޒާގައާއި އަދި ލުބުނާނުގައިވެސް ބޮޑެތި ގަތުލުއާންމުތައް ހިންގަމުންދާއިރުވެސް, މުއިއްޒުވަނީ އިސްރާއީލުގެ ގާތިލުންނަށް ރާއްޖޭގެ ބޯޑަރުތައްވެސް ތައްމިނަށް ހުޅުވާލާފައެވެ. އަދި އިސްރާއީލުގެ ޕާސްޕޯޓު މަނާކުުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބިލްވެސްވެސް މުއިއްޒުގެ އަމުރަށް ވަނީ ކޮމިޓީގައި ޕާކު ކޮށްފައެވެ.

އަދި އިޒްރާއީލުގެ އުފެއްދުންރައް ރާއްޖޭގައި ބޭނުންކުރުން މަނާކުރުމަށްވެސް މުއިއްޒުވަނީ ދެކޮޅު ހައްދަވާފައެވެ.