އިޒްރޭލް ޕްރޮޑަކްޓްތައް މަނާކުރުމަށް، ރަށްރަށަށް ދަތުރުކޮށް ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތް ޑރ. ޝަޒްރާ އާއި ޓީމުން ކުރަމުންދާތީ، އެކަން ހުއްޓުވުމުގެ މަޤްޞަދުގައި މުއިއްޒު އާއި ޝަހީމް ވަނީ އެމްއެންޔޫއިން އޭނާ އާއި މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައެވެ.
މުއިއްޒު އަންގައިގެން އިޒްރޭލާއި ދެކޮޅުވެރިވެގެން އުޅޭތީ ޑރ. ޝަޒްރާ ވަނީ މީގެ ކުރިން ޖަލަށް ލާފައެވެ. ޑރ. ޝަޒްރާ ޖަލަށް ލާފައި ވަނީ ގޯސް ކޮށް ކަމަށް ހައިކޯޓުންވެސް ވަނީ ނިންމާފައެވެ.
ޝަހީމު ވަނީ، އިލްމުވެރިންގެ-ގުޅުން ގްރޫޕެއްގައި، ޝަޒްރާ ނެތް ތަނެއްގައި އޭނާއާއި ބެހޭ ގޮތުން ދޮގު ވާހަކަތައް ހަދައިގެން ދައްކައި ނުބައި އީބަ ބުނުމަށް ފަހު، ޝަޒްރާއާއި ދެކޮޅަށް ރަސްމީކޮށް މާދަމާ މައްސަލަ ހުށައަޅާނެ ކަމަށް ބުނެފައެވެ.
އިލްމުވެރިންގެ-ގުޅުން ވައިބާރ ގްރޫޕުގައި ޑރ. ޝަޒްރާގެ އިއްޒަތާއި، ކަރާމާތަށް ހުތުރުވާހެން ޝަހީމު އެއްޗެހި ކިޔުމުން އެކަން ހުއްޓާލުމަށް އެއްވެސް އިލްމުވެރިއަކު އެދިފައި ނުވެއެވެ. މި އިލްމުވެރިންގ-ގުޅުމުގެ ގްރޫޕްގައި 156 މީހުން ތިބެއެވެ. މިއިން ގްރޫޕެއްގައި ފިރިހެނެއްގެ ފެންވަރު ހުރި މީހެއްވެސް ނެތެވެ. ތިބީ ނެތި މޮށުމާއި، ދޮގު ހެދުމާއި، އީބަ ބުނުން ފަދަ ނުބައި ފާފައަކަށް އަރައިގަތް އިރު، ހުއްޓުވާލަން ބަހެއް ބުނަން ނުކެރުނު ފިނޑިންތަކެކެވެ.
މުއިއްޒުގެ އެދުމުގެ މަތިން ޔޫއެސް ސްޓޭޓް ޑިޕާރޓްމެންޓުން ޒައެނިސްޓަކު ގެނެސް، ޤައުމީ ޔުނިވާރސިޓީގައި މުސްލިމުންނަކީ ޓެރަރިސްޓުން ކަމަށް ބުނެ މިދިޔަ ހަފްތާގައި ވަނީ ތަޤްރީރުވެސް ދީފައެވެ. ޔޫއެސްއަކީ މިއަދު ދުނިޔޭގައި އޮތް އެންމެ ބޮޑު ޓެރަރިސްޓް ސްޓޭޓް ކަމަށް، އެ ޤައުމުގެ ހޭޖެހޭ ރައްޔިތުންނާއި، މުޅި ދުނިޔޭގެ އެހެން ބާރުތަކުން އިއްތިފާގުވާ ޤައުމެކެވެ. ޔޫއެސްގެ ސަރުކާރުގެ މައްޗަށް އޮތީ އެންޖެލިކް-ކްރިސްޓިއަނުންގެ ބާރާއި، ޔަހޫދީ ޒައެނިސްޓް ބާރެވެ.

މާދަމާއަށް ވަނީ އެމްއެންޔޫގައި ޝަޒްރާ ކުށްވެރިކޮށް، ޝަޒްރާއާއި މެދު ފިޔަވަޅު އެޅުމަށްޓަކައި އެއްޗެހި ކިޔުމަށް ހާއްސަ "ހެޑްސް މީޓިންގ" އެއް ބާއްވަން ނިންމާފައި ކަމަށް ދިޔަވަރު ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ. އެމްއެންޔޫގައި މި ލާދީނީ ޒައެނިސްޓް ފިކުރު ފެތުރުމަށް އަދި މުއިއްޒު އާއި ގުޅިގެން ފަލަސްތީނާއި ދެކޮޅަށް މަސަައްކަތް ކުރަމުން ދަނީ، ޝެހެނާޒް އާދަމް އާއި، ރަހީމާ ކަމަށް މި ނޫހަށް މައުލޫމާތު ދެއްވި ޤައުމީ ޔުނިވާސިޓީގެ އިސްފަރާތެއް ހާމަ ކުރިއެވެ.