ޚަބަރު

ރާއްޖެ-ޗައިނާ ރަހުމަތްތެރިކަން ދެއްކުމަށް މަހާނަ ގަލެއްހެން ހުރި މަގުބަރާއެއް ތައްޔާރު ކުރީ ކީއްވެ؟

ދިޔަވަރު
ރާއްޖެ-ޗައިނާ ރަހުމަތްތެރިކަން ދެއްކުމަށް މަހާނަ ގަލެއްހެން ހުރި މަގުބަރާއެއް ތައްޔާރު ކުރީ ކީއްވެ؟

ޗައިނާ އާއި ރާއްޖޭގެ ނިމުމެއް ނުވާ ރަހުމަތްތެރިކަން ދެއްކުމަށް ތައްޔާރު ކުރީ މަހާނަ ގަލެއްހެން ހުރި މަގުބަރާއެއް ދިވެހި ސަރުކާރާއި ޗައިނާ އެމްބަސީއިން ހުޅުވާފިއެވެ.

މަގުބަރާއެއްގެ ޑިޒައިނަށް ދެ ޤައުމުގެ ރަޚުމަތްތެރިކަން ދައްކުވައިދޭ ނިޝާނެއް ނުވަތަ ސިމްބަލް އެއް ތައްޔާރު ކުރުމުން އެއިން ދޭހަ ކޮށްދެނީ މަރުވެފައިވާ ނުވަތަ ފަނާވެފައިވާ ގުޅުމެއް ނޫންތޯއެވެ.

ސިމްބަލިޒަމްގެ ތެރެއިން ހަދާ ނިޝާނުން ރަހުމަތްތެރި ކަމުގެ މާނަ އެއިން ދޭހަވާން ޖެހެއެވެ. ރަހުމަތްތެރިކަން ދެއްކުމަށް މަނާހާނަ ގަލެއް ބެހެއްޓެމުން އެއިން ރަމްޒުކޮށްދެނީ ވަކިވެފައިވާ ގުޅުމެވެ.

އެއީ މިއަދުގެ ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދު އޮތް ރަމްޒީ ގުޅުން ވެސް މެއެވެ. ރާއްޖެއަށް ޗައިނާއިން މިއަދަކު އެހީ ނުވެއެވެ. މުއިއްޒުގެ ސަރުކާރުން އާދޭސް ކުރުމުންވެސް، ޗައިނާގެ ލޯނުތައް ރީސްޓްރެކްޗަރ ކުރުމަށް އެހީ ނުވާނެ ކަމަށް ބުނެފައެވެ.

ދެ ޤައުމުގެ ގުޅުން ހީނަރުވެފައިވަނީ، ދެ ޤައުމުގެ ގުޅުމުގެ މައިގަނޑު އަސާސަކީ ފައިސާ ކަމަށް މުއިއްޒުގެ ސަރުކާރުން ނިންމައި، ޗައިނާއަތުގައި މުއްސަނދިކަމާއި ފައިސާ ހުރިކަމުގައި ދެކި، ޚާރިޖީ ގުޅުންތައް އެއްވެސް ހަމައެއް ނެތި ގޯހުން ގޯހަށް ގެންދަން ފެށުމުންނެވެ.

މި ގޮތުން ޗައިނާ އެކުލެވޭހެން ބައިނަލްއަޤްވާމީ ދުނިޔޭގައި މުއިއްޒުގެ އަގު ވަނީ މިއަދު ވެއްޓިފައެވެ. އިއްޔެ ޗައިނާގެ އެމްބަސަޑަރާއި އެކު ރައްދަކަ އަވީގައި ހުޅުވި މަގުބަރާއިން ރަހުމަތްތެރި ކަމެއް ނުފެނެއެވެ. ފެނުނީ ވަޅުލެވި ގެއްލިފައިވާ ގުޅުމެއްކެ އެންމެ ފަހު ނިޝާނެވެ.