ޚަބަރު

ޗައިނާ އެމްބަސަޑަރ އަތަށް މައިކް ދީ ނޫސްވެރިއަކަށް ހެދުމުން، އާންމުންގެ މަލާމާތާއި ނުރުހުން

ދިޔަވަރު
ޗައިނާ އެމްބަސަޑަރ އަތަށް މައިކް ދީ ނޫސްވެރިއަކަށް ހެދުމުން، އާންމުންގެ މަލާމާތާއި ނުރުހުން

ޗައިނާ ތަމްސީލް ކުރަން ރާއްޖެ ވަޑައިގެން ހުންނެވި ޗައިނާ އެމްބަސަޑަރ އަތަށް މައިކް ދީ ނޫސްވެރިއަކަށް ހެދުމުން، އާންމުންގެ މަލާމާތާއި ނުރުހުން ސަރުކާރުން ފަންޑުކޮށްގެން އަދި ފެނަކައިން ނަގާ ކޮރަޕްޓް ފައިސާ އިން ހިންގާ މެންދުރު އޮންލައިނަށް އަމާޒު ވެއްޖެއެވެ.

މެންދުރު ޓީވީ އަކީ ފެނަކައިން ރިޝްވަރުގެ ފައިސާ ނަގައިގެން މުއާޒު އޭނާގެ ސިޔާސީ ބާރުވެރިކަން އިތުރު ކުރުމަށް ހިންގާ ނޫހެކެވެ.

މިފަދަ ނޫހަކަށް އިންޓަވިއު ދިނުމަށް ޗައިނާ އެމްބަސަޑަރު މައިކު ހިއްޕަވައިގެން ހުންނެވި ހުންނެވުމަކީ ޗައިނާ ސަރުކާރުން މިފަދަ ވައްކަމުގެ ނިވަލުގައި ތިބެގެން ހިންގާ މީޑިޔާތަކަށް ދޭ ހިތްވަރެކެވެ.

ސޯޝަލް މީޑިޔާގެ މަޝްހޫރު ހަސަން ކުރުސީގެ އިތުރުން ސިއްކަ މޮހޮރީވެސް ވަނީ މިކަމަށް ފާޑުކިޔައި ޓްވީޓް ކޮށްފައެވެ. މީގެ އިތުރުންވެސް އެތައް ބަޔަކު ވަނީ ކަޅު ފައިސާއިން ހިންގާ މި ޗެނަލުން ކަން ކުރި ގޮތާއި މެދު ފާޑު ކިޔާފައެވެ.

އަދި ޤައުމެއްގެ އެއްވެސް އެމްބަސަޑަރެއް އެ ޤައުމެއްގެ ނޫހަކުން މައިކް ހިފާ ވަރަށް ދަށް ކޮށްލުމުން އިންޓަވިއު ކުރިއަށް ނުގެންދާނެއެވެ. ނަމަވެސް ޗައިނާ އެމްބަސަޑަރ ނިންމެވީ އިންޓަވިއު ކުރިއަށް ގެންދިއުމަށެވެ.

މެންދުރު ޓިވީ އަކީ އާންމުކޮށް މީހުން ބަލާ އުޅޭ ޗެނަލް އަކަށް ނުވާތީ މި އިންޓަވިއުގައި ޗައިނާ އެމްބަސަޑަރ ދައްކާފައިވާ ވާހަކައެއް ސާފުވާ ގޮތް ވަނީ ނުވެފައެވެ. ނަމަވެސް ޕީއެސްއެމް އަށް ޗައިނާ އެމްބަސަޑަރ ދީފައިވާ އިންޓަވިއުގައި ޚަބަރަށް ވާފަދަ ވާހަކައެއް ދައްކާފައި ނުވެއެވެ.