ޚަބަރު

ޒައެނެސްޓް ސެންޓާވިއު އަށް ފިނޭންސް މިނިސްޓްރީ ހިންގުމަށް ލަފާ ހޯދުމަށް ހަވާލު ކުރުމަށް ފަހު، ހެދި އެއްބަސްވުން ކުއްލިއަކަށް އުވާލައިފި! ބަދަލުގެ ގޮތުގައި ދިވެހި ސަރުކާރުން ޒައެނިސްޓުންނަށް ދޭން ޖެހޭ މިންވަރެއް ސާފެއް ނުވޭ!

ދިޔަވަރު
ޒައެނެސްޓް ސެންޓާވިއު އަށް ފިނޭންސް މިނިސްޓްރީ ހިންގުމަށް ލަފާ ހޯދުމަށް ހަވާލު ކުރުމަށް ފަހު، ހެދި އެއްބަސްވުން ކުއްލިއަކަށް އުވާލައިފި! ބަދަލުގެ ގޮތުގައި ދިވެހި ސަރުކާރުން ޒައެނިސްޓުންނަށް ދޭން ޖެހޭ މިންވަރެއް ސާފެއް ނުވޭ!

ދިވެހި ސަރުކާރާއި އެމެރިކާގެ ސެންޓާވިއު ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުން އުވާލައިފި

    • މި އެއްބަސްވުމުގެ ދަށުން މަހަކު 55,000 އެމެރިކާ ޑޮލަރު (8,448,100 ދިވެހި ރުފިޔާ) ދައްކަންޖެހޭ
    • މި އެއްބަސްވުން ހެދިފައިވަނީ ސަރުކާރަށް މާލީ ލަފާ ހޯދުމަށް
    • އެއްބަސްވުން އުވާލި ސަބަބެއް އަދި ލަފާ ހޯދާނެ އިތުރު ފަރާތެއް ހޯދާނެކަމެއް ނޭނގޭ
    • މި ޚަބަރު ވަނީ ބައިނަލްއަޤްވާމީ ނޫސްތަކުން ގެނެސްފައި.
    • މިއެއްބަސްވުން އުވާލުމުން، ބަދަލުގެ ގޮތުގައި ސެންޓަރވިއު އަށް ގިނަ އަދެދެއްގެ ފައިސާ ދޭން ޖެހުމަކީ އެކަށީގެންވާ ކަމެއް. ނަމަވެސް މިގޮތުން ފައިސާ ދޭން ޖެހޭ ތޯ ނުވަތަ ނޫންތޯ ސަރުކާރުން ހާމަ އެއް ނުކުރޭ.
    • ރާއްޖޭގެ ހުރިހާ މާލީ ކަމެއްވެސް ސަރުކާރުން ކުރަނީ ސިއްރުން އަޑިނޭގޭ ކަންކަން އޭގައި ހިމަނައިގެން.
    • މާލީ ކަންކަމަކީ އެއްވެސް ސަރުކާރަކުން ފޮރުވައިގެން ކުރާ ކަންކަމެއް ނޫން މިކަމުގެ ސަބަބުން ރާއްޖޭގެ މައްޗަށް ބައިނަލްއަޤްވާމީ ދުނިޔޭގައި އޮތް އިތުބާރު ގެއްލިގެން ދޭ.
    • ވޯލްޑް ބޭންކުންވަނީ މާލީ ހިސާބުތައް ފޮރުވާ މައްސަލާގައި މުއިއްޒުގެ ސަރުކާރާއި މެދު ކަންބޮޑުވުން ފާޅު ކޮށްފައި.

    ސެންޓާވިއުގެ ފައުންޑަރު ބްލެއާ ވޭން އެފްރޮންގެ މަޢުލޫމާތު:

      • އިޒްރޭލުގެ އަމަލުތަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ އައިޕެކް ޖަމްޢިއްޔާއަށް ގިނަ ފައިސާ ހަދިޔާކުރޭ
      • އިޒްރޭލަށް ތާއީދުކުރާ ކައުންސިލް އޮން ފޮރިން ރިލޭޝަންސްގެ މެންބަރެއް
      • 2021-2022 ގައި މި ޖަމްޢިއްޔާއަށް 100,000 ޑޮލަރަށްވުރެ ގިނަ ފައިސާ ހަދިޔާކޮށްފައިވޭ
      • އޭނާ އަކީ މުސްލިމުންނާއި ދެކޮޅު، މުސްލިމުން ފަލަސްތީނުގެ ބިމުން ފުހެލުމަށް، ފައިސާ އާއި އަދި ފިކުރީ ގޮތުން ޒައެނިސްޓް މޫވްމުންޓުގެ އިސް މެމްބަރެއް

      ސަރުކާރުން ސީދާ ޒައެނިސްޓް ކުންފުންޏަކަށް ރާއްޖޭގެ މާލީ އިދާރާ އައުޓްސޯސް ކުރުން ފަދަ ކަމެއް ކުރި ކުރުމަކީ އެއްވެސް ވަރަކަށް އެކަން ދިވެހިން ބަލައިގަންނަ ކަމެއް ނޫނެ.