ފަލަސްތީނުގެ ދިފާޢުގައި މަސައްކަތް ކުރައްވާ ޑރ. ޝަޒްރާގެ ބޮލަށް އެހެން ޤައުމެއްގައި ނަމަ ބަޑި ޖަހާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޝަހީމް ވައިބާރ ގްރޫޕެއްގައި ބުނެފިއެވެ. މިހެން ބުނެފައިވަނީ އެމްބަސީތަކަށް ކުނި އެޅުމަކީ ބޮލަށް ބަޑި ޖަހާވަރު ކަމެއް ކަމަށް ސިފަކޮށްފައެވެ.
ނަމަވެސް އެމްބަސީއަކަށް ކުނި އެޅުމަކީ އަދި އެމްބަސީއެއް ކުރިމަތީ މުޒާހަރާ ކުރުމަކީ ބޮލަށް ބަޑި ޖަހާ ވަރުގެ ކަމެއް ނޫނެވެ. އަދި އެފަދަ ކަމެއް ދުނިޔޭގެ ތާރީޚުގައި އެއްވެސް ޤައުމެއްގައި ހިނގާފައިވެސް ނުވެއެވެ.
އެކި ޤައުމުތަކުގެ އެމްބަސީތައް ކުރިމަތީ ފަލަސްތީނުގެ މައްސަލާގައި މުސްލިމުން މުޒާހަރާ ކޮށް، ޚިޔާލު ފާޅު ކުރުމަކީ މިއަދުގެ ދުނިޔޭގައި ވަރަށް އާންމުކަމެކެވެ. އަދި އެއްވެސް ފަދައަކުން އެފަދަ ސުލްހަވެރި މިފަދަ އެއްވުމަކުން ބަޑި ޖަހައި އެއްވެސް އެފަދަ ކަމެއް ކޮށްފައި ނުވެއެވެ.
ދުނިޔޭގެ އެހެން ޤައުމެއްގައި ނަމަ މީނާގެ ބޮލަށް ބަޑި ޖަހާނެ
މިފަދައިން ޝަހީމް އެ ގްރޫޕްގައި ލިޔެފައިވެއެވެ.
ދިޔަވަރަށް ލިބިފައިވާ އެ ގުރޫޕްގެ ޗެޓްލޮގް ތައް މި ލިޔުމުގައި ހިމަނާލާނަމެވެ. އަދި ޝަހީމު އާއި ދެކޮޅަށް އަބުރުގެ ދައުވާ ކުރުމަށް ދިޔަވަރު ނޫހުން ޑރ. ޝަޒުރާ އަރިހުން އެދެމެވެ.

މި ނޫނަސް މިނިސްޓަރަކު އަދި އިސްލާމަކު އެނެއް މުސްލިމާއި މެދު ދައްކަން ނުވާ ވަރުގެ ނުބައި ވާހަކަ ތައް އިސްލާމިކް މިނިސްޓަރަކަށް ހުރި ޝަހީމް ދަނީ ފަލަސްތީނަށް ތާޢީދު ކުރާ މައްސަލާގައި ޑރ. ޝަޒްރާއާއި ދިމާލަށް ކިޔަމުންނެވެ.

ކޯޓުން މި މައްސަލަ ޑރ. ޝަޒްރާއާއި އެއްކޮޅަށް ނިމިފައިވާއިރުވެސް، ޝަހީމް އަދިވެސް އުޅެނީ މިކަމުގެ ވާހަކަ ދެއްކުމުގައެވެ. ޝަހީމު އުޅުއްވަނީ 1990 ގެ ކުރީކޮޅުގައި ރަށްރަށުގެ ހިޔާ ބޮޑު ގަސްތައް ދަށުގައި ހަނޑޫގޮވަން ތިބޭ އަންހެންވެރިން މީހުންގެ ނެތިމޮށުން މޮށޭހެން މޮށުމުގައެވެ.

ޝަހީމަކީ އިސްލާމިކް މިނިސްޓަރުކަމަށް ނާގާބިލު މީހެކެވެ. ފާހިޝު އެތައް އަމަލެއް އޭނާގެ ކިބައިން އެތައް ބަޔަކަށް ފެނިފައިވާ ފަރާތެކެވެ. އަދި ޝަހީމް ގެންގުޅެނީވެސް، ފޭކް ޕީއެޗްޑީއެކެވެ.

މުއިއްޒު އާއި ޝަހީމް ހިމެނޭހެން ކުރީ ސަރުކާރުގައި ވަނީ، އިންޑިޔާ އެމްބަސީ ކައިރިއަށް އެތައް ބަޔަކު މުޒާހަރާ ކުރަން ފޮނުވާފައެވެ. އޭރު އެއީ ކުރަން ޖެހޭ ކަމެއް ކަމަށް ޝަހީމު އާއި މުއިއްޒުވެސް އަދި ޕީއެންސީގެ އެހެން ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. އަދި އޭރު އެމްބަސަޑަރ ގޭގެ ދޮރުމަކީ ކުރި މުޒާހަރާތައް ސަރުކާރުން ހުއްޓުވައި ބަޔަކު ހިފައި ޖަލަށް ލާފައި ނުވެއެވެ.