ޚަބަރު

މަޖިލިސް މެމްބަރުންގެ މެދުގައި މަގުބޫލުކަން ގެއްލޭތީ، މެންބަރުންނާއި ކުންފުނިތަކުގެ އިސްވެރިން މުލިއާގެއަށް ދައުވަތު ދީފި

ދިޔަވަރު
މަޖިލިސް މެމްބަރުންގެ މެދުގައި މަގުބޫލުކަން ގެއްލޭތީ، މެންބަރުންނާއި ކުންފުނިތަކުގެ އިސްވެރިން މުލިއާގެއަށް ދައުވަތު ދީފި

މަޖިލީސް މެމްބަރުންގެ މެދުގައި މަގުބޫލުކަން ގެއްލޭތީ، މެންބަރުންނާއި ކުންފުނިތަކުގެ އިސްވެރިން މުލިއާގެއަށް ކެއުމަކަށް މުއިއްޒު ދައުވަތު ދީފިއެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު ޕީއެންސީގެ މެންބަރުންނާ ރައީސް މުއިއްޒު މިގޮތަށް ބައްދަލު ކުރައްވާ ދެވަނަ ފަހަރެވެ. ޕީއެންސީގެ ޓިކެޓުގައި މަޖިލިސް އިންތިހާބު ކާމިޔާބު ކުރެއްވި މެންބަރުންނާ އެކު މިފަދަ ބައްދަލުވުމެއް އެންމެ ފުރަތަމަ ރައީސް ބޭއްވެވީ މެއި 22، ގަ އެވެ.

އެ ބައްދަލުވުމުގައި ވެސް ސަރުކާރު އިސްވެރިންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. ރައީސްގެ ފަރާތުން ކޮންމެ މަޖިލިސް މެންބަރަކަށް ކޮންމެ މަހަކު ނަގުދު ބައިލައްކަ ރުފިޔާ ދެއްވާނެކަން ރައީސް މުއިއްޒު އިއުލާނު ކުރެއްވީ އެ ބައްދަލުވުމަ އެވެ.

އެއަށްފަހު ފާއިތުވި ފަސް މަސްދުވަހު ވެސް މަޖިލީހުގެ ޕީއެންސީ މެންބަރުންނަށް ރައީސްގެ ފަރާތުން ދެއްވާ ފައިސާ ބަހާވައިވެ އެވެ.

މަޖިލީސް މެމްބަރުންގެ މެދުގައި މިހާރު އުފެދިފައިވާ ހިޔާލުތަފާތު ވުމަކީ، ރައީސް މުއިއްޒުގެ ލޯޔަލް މެމްބަރުންނަށް ކުންފުނިތަކުން ނުހައްޤުން ލިބޭ ޕްރޮޖެކްޓްތަކާއި އެކި ފައިދާތައް ނުލިބޭ ކަމާއި، އެކަން ލިބެނޭ ވަކި ބަޔަކަށް ކަމެވެ.

ބައެއް މެމްބަރުން ދިޔަވަރު ނޫހަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ މުއިއްޒަށް ކުރާ މެސެޖަށްވެސް އޭނާ އަށް ޖަވާބު ނުދެވޭ ވަރަށް އޭނާގެ ހާލަތު ގޮސްފި ކަމަށާއި، ތިމަންނާމެން މިހެން މުލިއާގެއަށް ދައުވަތު ދިނަކަސް ނުތިބޭނެ ކަމަށެވެ.

މުއިއްޒު މުލިއާގެއަށް ދައުވަތު ދެއްވިއިރު، މަޖިލީސް ރައީސް ދަނީ އެމަނިކުފާނުގެ ގެކޮޅަށް މަޖިލީސް މެމްބަރުންނަށް ދައުވަތު ދެމުންނެވެ. އަދި މުއިއްޒު ދެއްވާހެން އެއަށްވުރެ ރަނގަޅަށް މަޖިލީސް މެމެބަރުންނަށް އަބްދުއްރަހީމް ރިޝްވަތުގެ ފައިސާ ދޭކަމުގެ ވާހަކަތައް ދަނީ ދެކެވެމުންނެވެ.