ޑޮލަރު ނުލިބިގެން، މޯލްޑިވްސް ގޭސް އަށް ކައްކާ ގޭސް ނުގެނެވި، ވިލާއިން ދަނީ ގަންނަމުންނެވެ. ނަމަވެސް، ވިލާއިން ރާއްޖެއަށް ގޭސް އެތެރެ ކުރަނީ މުޅި ރާއްޖެއަށް ވާވަރަށް ކަމަށް ނުވާތީ، މާލެއަށް ބޭނުންވާ ވަރަަށް ކައްކާ ގޭސް އެއް ރާއްޖޭގައި ނެތެވެ.
މޯލްޑިވްގޭސްގެ ކޮންމެ ޝިޕްމެންޓަކުން އެ ކުންފުނީގެ އެމްޑީ ބޯފަން އަބްދުﷲ ދިޔައީ ކަޓު ނަގަމުންނެވެ. މިގޮތަށް ޑޮލަރަށް މިހާ ތާށިވެފައިި ވާއިރުވެސް، އެންމެ ފަހުން ބޭރުން ގެންނަން ނިންމާފައިވާ ގޭހުގެ ޝިޕްމެންޓުންވެސް ކަޓުގެ ގޮތުގައި ފައިސާ ނެގުމަށް ރާވާފައިވެއެވެ.
ސަރުކާރުން ޑޮލަރު ހުސްވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް އިތުރުވުމާއި، އެމްބަސީތަކަށް ޑޮލަރުން ފައިސާ ދޭ ގިނަ އަދަދެއްގެ ސިޔާސީ މުއައްޒަފުން ނެގުމާއި، ބަޖެޓް ކުރެވިފައިވާ ނުވާ ބޭކާރު ޚަރަދުތައް ކުރުމާއި، ޚާރިޖީ ސިޔާސަތު ގޯސްވުމުގެ ސަބަބުން ރާއްޖެއަށް ބަޖެޓް ސަޕޯޓް ނުލިބުމެވެ. މިކަމުގެ ޒިންމާ ނަގަން ޖެހެނީ ހަމަ އެންމެ މީހެކެވެ. އެއީ ރައީސް މުއިއްޒުއެވެ.
މާލެއިން ކައްކާ ގޭސް ހުސްވާއިރު، މީގެ އަސަރު ރިސޯޓްތަކަށް ކުރުން އެކަށީގެން ވެއެވެ. ޓުއަރިޒަމް ސެކްޓަރ ގައި ތިބި ފަރާތްތައް މިހާރު ސަރުކާރަށް ބަރޯސާވުން ހުއްޓާލައި އަމިއްލަ އަށް ކައްކާގޭސް ބޭރުން ގެންނަން ފަށަން ޖެހެއެވެ.
ކައްކާގޭސް ހުސްވިއަސް މިއަދު މާލޭގެ ހުރި ގެތައް ދަރު އުނދުނަކަށް ބަދަލެއް ނުކުރެވޭނެއެވެ. އެހެން ކަމުން ވަގުތު އޮއްވައި އަދި މާކެޓުގައި ކަރަންޓު އުނދުނު ލިބެން ހުއްޓާ ކަރަންޓް އުނދުން ގަނެ ރައްކާތެރިވެ ތިބުމަކީ އާއިލާ ބަނޑަށް ނުޖެހި ސަލާމަތް ވެވިދާނެ ގޮތެކެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގައި ފެންނަ މަންޒަރަކީ ރާއްޖެ ބަނގުރޫޓުވާން ދާ މަންޒަރެވެ.