މަޖިލީސް މެމްބަރުންނާއި، ކުންފުނިތަކުގެ އެމްޑީއިންނަށް އެއް ސުފުރާއަކަށް މުލިއާގެއަށް މުއިއްޒު ދެއްވި ދަޢުވަތަކީ ކޮރަޕްޝަނާއި، ނާޖާއިޒު މަންފާ އާއި، ވައްކަމުގެ ސައްލާއަށް ދިން ދައުވަތެކެވެ.
މަޖިލީސް މެމްބަރުންނަކީ ރައްޔިތުން ވޯޓުން ހޮވާފައި ތިބި ބަޔެކެވެ. އެމީހުންގެ މަސްއޫލިއްޔަތުގައި ވަނީ ޤާނޫނު ހެދުމުގެ މަސްއޫލިއްޔަތެވެ. ޤައުމުގެ އެންމެ ގިނަ ފައިސާ ގެންގުޅޭ ކުންފުނިތައް އެތަނަށް ގެންގޮސް މުއިއްޒު ކުރައްވާ ކަމަކީ ކޮރަޝަޕްޝަން މެޗްމޭކިންގ އެވެ. މިފަދަ އިންތިޒާމުތައް މުއިއްޒު މި ރާވަނީ، ނަހަމަ މާލީ މުއާމަލާތްތަކަށް މަގުފަހި ކޮށް ދިނުމަށެވެ.
ރާއްޖޭގެ ތާރީޚުގައި ވެރިއަކު މިހާ ފާޅުކޮށް ބޮޑުކޮށް ކޮރަޕްޝަން ހިންގާ މިއީ ފުރަތަމަ ފަހަރެވެ. އެއްވެސް ވަންހަނާ ކަމެއް ސިއްރު ކުރުމެއްވެސް ނެތެވެ.
މިފަދަ ބައްދަލުވުމެއް އެންމެ ފުރަތަމަ ރައީސް ބޭއްވެވީ މެއި 22، ގަ އެވެ. އެހެންކަމުން ޕީއެންސީގެ މަޖިލީސް މެންބަރުންނާއި، ކުންފުނިތަކުގެ އިސްވެރިންނާއި އެކު ރައީސް މުއިއްޒު މިގޮތަށް ބައްދަލު ކުރައްވާ މިއީ ދެވަނަ ފަހަރެވެ. ފުރަތަމަ ބައްދަލުވުމުގައި ނިންމީ ރައީސްގެ ފަރާތުން ކޮންމެ މަޖިލިސް މެންބަރަކަށް ކޮންމެ މަހަކު ނަގުދު ބައިލައްކަ ރުފިޔާ ދެއްވުމަށެވެ. އެ ފައިސާ ހަމަ ޖައްސަނީ ސަރުކާރު ކުންފުނިތަކުން ނަގާ ކޮރަޕްޓް ފައިސާއިންނެވެ. ވައްކަން ކޮށްގެން ނަގާ ފައިސާއިންނެވެ. ބިލްތަކަށް ފައިސާ ދޭނީ %20 ފައިސާ ކުންފުނީގެ އެމްޑީއަށް ލިބުމުން ކަމަށް ބުނެ ބިލަށް ދޫކުރާ ފައިސާއިންނެވެ. 1 މިލިއަނަށް ލިބޭ އިންޖީނު 3 މިލިއަނަށް ބޭނުންވާ ކުންފުންޏަކަށް އުސޫލުން ބޭރުން ބިޑް ކޮށްގެންނެވެ.
އެއަށްފަހު ފާއިތުވި ފަސް މަސްދުވަހު ވެސް މަޖިލީހުގެ ޕީއެންސީ މެންބަރުންނަށް ރައީސްގެ ފަރާތުން ދެއްވާ ފައިސާ ބަހާވައިވެ އެވެ. ބައެއް ފަރާތްތަކަށް 50 ހާސް ރުފިޔާއެވެ. 75 ރުފިޔާ އާއި އެއްލައްކަ ރުފިޔާ ދޭ މަޖިލީސް މެމްބަރުންވެސް އެބަ ތިއްބެވެ.
މަޖިލީސް މެމްބަރުންގެ މެދުގައި މިހާރު އުފެދިފައިވާ ހިޔާލުތަފާތު ވުމަކީ، ރައީސް މުއިއްޒުގެ ލޯޔަލް މެމްބަރުންނަށް ކުންފުނިތަކުން ނުހައްޤުން ލިބޭ ޕްރޮޖެކްޓްތަކާއި އެކި ނަހަމަ ފައިދާތައް ނުލިބޭ މައްސަލައެވެ. އެ ލިބެނީ މަޖިލީސް މެމްބަރުގެ ތެރެއިން ވަކި ބަޔަކަށް ކަމަށް ބުނެ ކުރާ ޝަކުވާއެވެ.
އެހެން ކަމުން ކުރިއަށް އޮތްތާގައި ރާއްޖޭގެ ވިޔަފާރިތަކަށް އެއްވެސް ޕްރޮޖެކްޓެއް ލިބުމަކީ ދަތިކަމަކަށް ވާނެއެވެ. ހަމައެކަނި ވަކި ބަޔަކަށް ޕްރޮޖެކްޓްތައް ލިބޭގޮތް ވުމުން، ވިޔަފާރިތަކަށް ލިބޭ ފުރުސަތުތައް ހަނިވެގެން ދާނެއެވެ. ވިޔަފާރީގެ މާހައުލުގައި ހަމަހަމަކަން ގެއްލި، އިޤްތިސާދަށް ނޭދެވޭ އަސަރުކުރުކޮށް ހުރިހާ ގެއްލުމެއް އާންމު ރައްޔިތުންނަށެވެ.