ޚަބަރު

އޭއައި ބޭނުންކޮށްގެން މުއިއްޒުގެ ފޮޓޯތަކުން މީމްސް ހަދާތީ، ރާއްޖޭގައި އޭއައި ބޭނުން ކުރެވޭނެ ގޮތް ހަނިކޮށް، އޭއައި މީމްސް އިން ހިޔާލުފާޅު ކުރުން ހަރުކަށި ކުށަކަށް ހަދަނީ؟

ދިޔަވަރު
އޭއައި ބޭނުންކޮށްގެން މުއިއްޒުގެ ފޮޓޯތަކުން މީމްސް ހަދާތީ، ރާއްޖޭގައި އޭއައި ބޭނުން ކުރެވޭނެ ގޮތް ހަނިކޮށް، އޭއައި މީމްސް އިން ހިޔާލުފާޅު ކުރުން ހަރުކަށި ކުށަކަށް ހަދަނީ؟

ދުނިޔޭގެ އެކި އެކި ވެރިންގެ ފޮޓޯތައް އޭއައި ބޭނުންކޮށްގެން ބަދަލުކޮށް މީމްސް ގޮތުގައި ބޭނުންކުރުމަކީ އާންމު ކަމެކެވެ. އަދި އެކަމަކީ ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ނަމަވެސް މިކަން މަނާ ކުރަން ރައީސް މުއިއްޒު އަންގާފައިވާ ކަމަށް މިއަދު ރައީސް އޮފީހުގައި ދެއްވި ޕްރެސްގައި ހޯމް މިނިސްޓަރ ވަނީ ހާމަ ކޮށްފައެވެ.

ގާނޫނު ފަރުމާ ކުރާއިރު ވަރަށް ސްޕެސިފިކް ކޮށް އެޑްރެސް ކުރަން ބޭނުންވާ އޭރިއާއެއް އެއީ އޭއައި ބޭނުންކޮށްގެން މިހާރު ހިންގަމުންދާ ކުށްތައް

ހޯމް މިނިސްޓަރ އިހްސާން ހާމަ ކުރިއެވެ. ނަމަވެސް އޭއައި ބޭނުންކޮށްގެން އެއްވެސް ކުށެއް ރާއްޖޭގައި ހިނގާފައިވާ ކަމަށް އެއްވެސް ކޯޓަކުން މިހާތަނުން ކުރި ހުކުމެއްގައި ނުވަތަ ދައުވާއެއްގައި ނުވެއެވެ. އަދި މިހާރު ހިނގަމުންދާ ކުށްތަކަކީ ކޮބައި ކަމެއްވެސް އޭނާ އަށް ބުނެދެވިފައި ނުވެއެވެ.

މުއިއްޒުގެ ދޮގު ހެދުމުގެ އަމަލުތައް ގިނަވުމުގެ ނަތީޖާއެއްގެ ގޮތުން، އޭނާގެ ނޭފަތް ދިގުކޮށް އޭއައި ބޭނުންކޮށްގެން ގިނަ ކާޓޫނު ތަކެއް ސޯޝަލް މީޑިޔާގައި ވަނީ އުފައްދާފައެވެ. ކުށުގެ އަމަލުތައް ކަމުގައި މުއިއްޒަށް އެ ފެންނަނީ އެ ކާޓޫނުތައް ކަމަށް ވުން އެކަށީގެން ވެއެވެ.

މިހާތަނަށް ކުށެއް ގޮތުގައި ދިވެހިން ކުރިހާވެސް ކަމަކީ މުއިއްޒުގެ މީމްސް ހެދުމެވެ. އެކަން ނުހުއްޓޭނެއެވެ. އޭއައި ނެތަސް އެކަން ހިނގާނެއެވެ. މިއީ މީމްސްގެ ޒަމާނެވެ. ޒުވާނުންގެ އަނގަމަތީ ޓޭޕް އަޅައިގެން ހެޔޮ ވެރިކަމެއް ނުކުރެވޭނެއެވެ. 4 އަހަރަކީ ވަރަށް ކުރު މުއްދަތެކެވެ.