ޚަބަރު

ޓެކްސް އަކީ ހަރާން އެއްޗެއް ކަމަށް ބުނެ، އެއީ ފޭރުން ކަމަށް ބުނި ޖަނާބު ޓެކްސް ބޮޑުކުރަން ބިލް ހުށައަޅައިފި

ދިޔަވަރު
ޓެކްސް އަކީ ހަރާން އެއްޗެއް ކަމަށް ބުނެ، އެއީ ފޭރުން ކަމަށް ބުނި ޖަނާބު ޓެކްސް ބޮޑުކުރަން ބިލް ހުށައަޅައިފި

ޓެކްސް = ފޭރުން⁉️ މިހެން ކުރީގައި ވިދާޅުވި މެންބަރު އިބްރާހިމް މުޙައްމަދު (ޖަނާބު)، މިހާރު ވަނީ ދުންފަތުގެ ޓެކްސް ބޮޑުކުރުމުގެ ބިލު މަޖިލީހަށް ހުށަހަޅުއްވާފަ!

📱 އޭނާ މީގެ ކުރިން ސޯޝަލް މީޑިއާގައި ޓްވީޓް ކުރައްވާފައިވޭ: "ޓެކްސް ނެގުމަކީ ސިސްޓަމެޓިކްކޮށް ފޭރުން. މި ހަގީގަތް ބަދަލެއް ނުކުރެވޭނެ"

🔄 އެކަމަކު މިހާރު؟

  • ސިނގިރޭޓު ޓެކްސް: 3 ރުފިޔާއިން 8 ރުފިޔާ އަށް! ކުޑަ އަދަދެއްވެސް ނޫން!
  • އެހެން ދުންފަތުގެ ބާވަތްތައް: 50% އިތުރުވާނެ
  • ތަންފީޒުކުރަން ފަށާނީ: ނޮވެމްބަރު 1 އިން

⚡️ އަދި ޝޮކިންގ ޕޮއިންޓް:

  • 2019 ގައި އޭނާ ވިދާޅުވި: "މުސްލިމުންގެ މުދަލުން ހުއްދަ ނޫން ޓެކްސް ނެގުމާ އަޅުގަނޑު ދެކޮޅު"
  • މިއަދު: ޓެކްސް ބޮޑުކުރަން ބިލު ހުށަހަޅުއްވައިފި! އިލާހީ ދީނަކަށް ބަދަލު ނާދޭ! ބަދަލު އައީ ޖަނާބަށް

🎵 ބޯނަސް ޕޮއިންޓް: ކުރިން މިއުޒިކަކީ ހަރާމް އެއްޗެކޭ ވިދާޅުވި އިބްރާހިމް، މިއަހަރުގެ އިންތިޚާބުގައި ކެމްޕޭނަށް ލަވަޖަހާފައިވޭ!

ކިހިނެއް ހީވަނީ މި ބަދަލު؟ 🤔