ޚަބަރު

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޭރުގެ ދެ މަސްބޯޓަކުން ދަނީ ވަގަށް މަސްވެރިކަން ކުރަމުން, އެމްއެންޑީއެފުން އަޅައެއް ނުލި! 500 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ގަތް ޑްރޯންތައް ހުރީ ގްރައުންޑް ކޮށްފަ!

ދިޔަވަރު
ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޭރުގެ ދެ މަސްބޯޓަކުން ދަނީ ވަގަށް މަސްވެރިކަން ކުރަމުން, އެމްއެންޑީއެފުން އަޅައެއް ނުލި! 500 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ގަތް ޑްރޯންތައް ހުރީ ގްރައުންޑް ކޮށްފަ!

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޭރުގެ ދެ މަސްބޯޓަކުން ވަގަށް މަސްވެރިކަން ކުރަމުން ދާއިރު, އެމްއެންޑީއެފުން އަޅާނުލާ ދޫކޮށްލާފައިވާކަން ހާމަވެއްޖެއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, އިއްޔެއިން ފެށިގެން މި ދެ މަސްބޯޓު ދަނީ ރާއްޖޭގެ އިގްތިސާދީ ސަރަަހައްދުން ވަގަށް މަސްވެރިކަން ކުރަމުންނެވެ. އަދި ދެ މަސްބޯޓު ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން މަސްވެރިކަން ކުރަމުންދާކަން އެނގި, މިދެބޯޓު ހަރަކާތްތެރިވަމުންދާ ސަރަައްދުން މަސްވެރިންވަނީ މި މައުލޫމާތު އެމްއެންޑީއެފްއަށް ގުޅާފަ ފޯރުކޮށް ދީފައެވެ. އެހެންނަމެވެސް, މަސްވެރިން މިމައުލޫމާތު ދިނުމުންވެސް އެމްއެންޑީއެފްއިން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަންވެސް ވަނީ ހާމަވެފައެވެ.

އަވައްޓެރި އިންޑިއާއާއި ސްރީ ލަންކާގެ މި ދެބޯޓުން ވަގަށް މަސްވެރިކަން ކުރަމުންދަނީ ޖީޕީއެސް ލޮކޭޝަނުން 07°23, 72°27 ގައެވެ. އެއީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރެއިން, ހއ. އިންނަފިނޮޅުގެ 25 މޭލު ބޭރުންނެވެ.

މި މަސްބޯޓުތަކުގެ މައުލޫމާތު އެމްއެންޑީއެފްއަށް ފޯރުކޮށްދިން ނަމަވެސް, 500 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ގަނެފައިވާ ޑްރޯންތައްވެސް މިއަދާހަމައަށްވެސް މި ބޯޓުތައް ހޯދުމަށް ބޭނުން ކޮށްފައެއް ނުވެެއެވެ. އެނގިފައިވާ ގޮތުގައި މި ޑްރޯންތައް ހުރީ ގްރައުންޑް ކޮށްފައެވެ.

އެހެންނަމަވެސް ނުއަގުގައި ޑްރޯންތައް ގަތުމަށްފަހު މުއިއްޒު ވިދާޅުވެފައިވަނީ, މި ޑްރޯންތަކުގެ ބޭނުންކޮށްގެން 24 ގަޑިއިރު ރާއްޖޭގެ މުޅި އިގްތިސާދީ ސަރަހައްދު ބެލެހެއްޓެމުންދާނެ ކަމުގައެވެ.

މިއީ އިގްތިސާދީ ދަތި ދަނޑިވަޅެއްގައި, މަޖިލިސް އިންތިޚާބަށް ރިޝްވަތުގެ ފައިސާ ހޯދުމަށް ގަނެފައިވާ ޑްރޯންތަކެއްކަން ފަހުން ވަނީ އެނގިފައި ވެއެވެ.