ޚަބަރު

މުސާރަތައް ކުޑަކުރަނީ 2 ދެ އަހަރު ދުވަހުގެ މުއްދަތަަށް, ބޭނުމަކީ 2026 ގައި އޮންނަ ކައުންސިލް އިންތިޚާބާ ދިމާކޮށް އަލުން މުސާރަތައް ބޮޑުކުރުމަށް ވައުދުވެ, މިގެނައި ބަދަލުގެ ސިޔާސީ މަންފާ ނެގުން!

ދިޔަވަރު
މުސާރަތައް ކުޑަކުރަނީ 2 ދެ އަހަރު ދުވަހުގެ މުއްދަތަަށް, ބޭނުމަކީ 2026 ގައި އޮންނަ ކައުންސިލް އިންތިޚާބާ ދިމާކޮށް އަލުން މުސާރަތައް ބޮޑުކުރުމަށް ވައުދުވެ, މިގެނައި ބަދަލުގެ ސިޔާސީ މަންފާ ނެގުން!

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މުސާރައިން %50 ނުނަގަން ނިންމަވައި، ސިޔާސީ މަގާމުތަކުގެ މުސާރައިން %10 އުނިކޮށް ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަން މިރޭ ޢިއުލާން ކުރަށްވައިފިއެވެ.

އެކްސް މެދުވެރިކޮށް ރައީސް ޢިއުލާންކުރެއްވި ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކާއި ގުޅޭގޮތުން ވިދާޅުވެފައި ވަނީ، 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

މި ފިޔަވަޅުތައް އަޅަން ނިންމާފައި ވަނީ ކުރިއަށް އޮތް 2 އަހަރުގެ މުއްދަތަށް ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަވެއެވެ.

މި ފިޔަވަޅުތަކުގެ ތެރޭގައި ރައީސްގެ މުސާރައިން %50 ނުނަގާ ގޮތަށް ހަމަޖައްސަން ނިންމަވާފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. މުސާރަތަކަށް ގެނައުމަށް އިއުލާން ކޮށްފައިވާ ބަދަލުތަކަކީ:

  1. ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން %10 އުނިކުރުން.

2. ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުން. އަދި ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުން. (މިހާރު 100،000ރ އަށްވުރެ ބޮޑު މުސާރަ ބައެއް ކުންފުނި ތަކުގެ މުސާރަ އޮނިގަނޑު އޮތްގޮތުން ލިބޭ)

3. މިނިވަން މުައައްސަސާތަކުގެ އިސްވެރިންގެ މުސާރައިން %10 އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.

4. ޝަރުޢީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން %10 އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން.
މަތީގައިވާ ފިޔަވަޅުތައް އެޅުމުގައި 12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާކުރުން.

އައު އަހަރުގެ ބަޖެޓް އެކުލަވާލުމުގެ ފަހުގެ މަސައްކަތްތައް މާލީ ވުޒާރާއިން މިހާރު ކުރަމުން އަންނައިރު، ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރު ނިންމާލުމުގެ ކުރިން އެ ބަޖެޓް ފާސްކުރާނެއެވެ.

އެހެންނަމަވެސް, މި މުސާރަތައް ކުޑަކުރުމަށް މުއިއްޒު މިއަދު ނިނެމެވި އިރު, މުސާރަތައް ކުޑަކުރުމަށް ހަމަޖައްސަވާފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތަށެވެ. އެގޮތުން މިގެނައި ބަދަލަކީ, 2026 ގައި އޮންނަ ކައުންސިލް އިންތިޚާބާ ދިމާކޮށް, މުސާރަތައް އަލުން ބޮޑު ކުރުމުގެ ވައުދުވެ, މި ގެނައި ބަދަލުގެ ސިޔާސީ މަންފާ ނެގުމަށް މުއިއްޒު ރާވާ ސިޔާސީ ޑްރާމާއެއްކަން ވަރަށްވެސް ރަގަޅަށް ހާމަވާން އެބައޮތެވެ.

މުއިއްޒު ފާހަގަ ކުރެވެނީ ގައުމުގެ އިގްތިސާދީ ހާލަތުގެ ނާޖާއިޒު ފާއިދާނަގާ, ދޮގާއި މަކަރާއި ހީލަތުން ވެރިކަން ކުރަމުންދާ ރައީސެއްކަން ފާހަގަ ކޮށްލެވެއެވެ.