ޚަބަރު

މާލެ ގޭހަށް ޖެހިދާނެ ކަމުގެ ބިރު ހީވެފައި, ބޯފަން އަބުލޯ އަންހެން މުވައްޒަފަކު ގޮވައިގެން ގައުމުން ބޭރުގައި! ގޭބިސީތަކަށް ގޭސް ފޯރުކޮށް ދެމުންދަނީ ބޮޑު އަގުގައި ވިލާއިން ގޭސް ނަގައިގެން!

ދިޔަވަރު
މާލެ ގޭހަށް ޖެހިދާނެ ކަމުގެ ބިރު ހީވެފައި, ބޯފަން އަބުލޯ އަންހެން މުވައްޒަފަކު ގޮވައިގެން ގައުމުން ބޭރުގައި! ގޭބިސީތަކަށް ގޭސް ފޯރުކޮށް ދެމުންދަނީ ބޮޑު އަގުގައި ވިލާއިން ގޭސް ނަގައިގެން!

މާލެ ގޭހަށް ޖެހިދާނެ ކަމުގެ ބިރު ހީވެފައި އޮއްވާ މޯލްޑިވްސް ގޭސްގެ އެމްޑީ ބޯފަން އަބުލޯ އަންހެން މުވައްޒަފަކު ގޮވައިގެން, ބޭރުގެ ބައެއް ކުންފުނިތަކާ އެކީ ކޮރަޕްޝަންގެ ޑީލްތައް ހެދުމުގައި އުޅޭކަން ހާމަވެއްޖެއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން މޯލްޑިވްސް ގޭސް ކުންފުނީގެ އިސް އޮފިޝަލުން ވިދާޅުވީ, ކުންފުނި "ކާރިސާއެއްގެ" ތެރޭގައި އޮންނަމަވެސް, މިހާރުވެސް ބޯފަން އަބުލޯ ވީ ކުންފުނީގެ އަންހެން މުވައްޒަފަކާ އެކީ ރާއްޖެއިން ބޭރުގައި ކަމުގައެވެ. އަދި އޭނާ ގޭހުގެ ޑީލްތައް ހެދުމަށް ރާއްޖެއިން ބޭރަށް ދަތުރު ކުރަމުން ދަނީ, ކުންފުނީގެ އޭނާ ގަޔާވާ އަންހެން މުވައްޒަފުން ގޮވައިގެން ކަމަށްވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ގޭސް ކުންފުނީގެ އޮފިޝަލް ވިދާޅުވީ, އެކުންފުނީގެ ގޭހުގެ ސްޓޮކް ހުސްވެ, މިހާރު ގޭބިސީތަކަށް ގޭސް ފޯރުކޮށް ދެމުންދަނީ ބޮޑު އަގުގައި ވިލާއިން ގޭސް ނަގައިގެން ކަމުގައެވެ. މޯލްޑިވްސް ގޭސްގައި ހުރި ގޭސްހުސްވެ މާލެ ގޭހަށް ޖެހުމުން, ވިލާއިން ބޮޑު އަގުގައި ގޭސް ނަގައިގެން މާލޭ ގޭބިސީތަކަށް ގޭސް ފޯރުކޮށްދޭން މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ކަމަށްވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

އެހެންނަމވެސް ގޭސް ކުންފުނީގެ އެމްޑީ ބޯފަން އަބުލޯ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވި ގޮތުގައި މިހާރު ދިމާވެފައިވާ ހަމައެކަނި މައްސަލައަކީ ބޯޓު ޑިލޭވުމާ ގުޅިގެން 45 ކިލޯގެ ފުޅި ނުލިބި ހުރުން ކަމުގައެވެ. ނަމަވެސް އާންމު ގޭބިސީތަކުގައި ބޭނުންކުރާ ދެ ކިލޯ، ފަސް ކިލޯ އަދި 10 ކިލޯގެ ފުޅިތައް މިހާރުވެސް އެއްވެސް މައްސަލައެއްނެތި ފޯރުކޮށްދެމުން ގެންދާކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

އެހެންނަމަވެސް ގޭސް ފޯރުކޮށްދެމުން ދަނީ ވިލާ ގޭސްއިން އަގުބޮޑުކޮށް ގޭސް ނަގައިގެން ކަމެއް ބޯފަލް އަބުލޯ ހާމަކޮށްފައެއް ނުވެއެވެ. އަދި އޭނާ ވިދާޅުވެފައިވަނީ, މިއަދު ބޯޓު ރާއްޖެ އައިސްފައިވާތީ، މާދަމާއިން ފެށިގެން 45 ކިލޯގެ ފުޅިތައްވެސް އާންމު އުސޫލުން ފޯރުކޮށްދެވޭނެ ކަމަށެވެ.

އެހެންނަމަވެސް "ދިޔަވަރު އޮންލައިން"އަށް ކަށަވަރު ވެފައިވާ ގޮތުގައި ގޭސް ހިފައިގެން އަންނަ ބޯޓު އަދިވެސް މާލެއަށް ބަނދަރު ކޮށްފައެއް ނުވެއެވެ. މޯލްޑިވް ގޭސްގެ މުވައްޒަފުން މައުލޫމާތު ދޭގޮތުގައި ގޭސް ހިފައިގެން އަންނަ ބޯޓު މާލެ އަންނާތީ ވާންޖެހޭ އެއްވެސް ތައްޔާރީއެއް އެކުންފުނިން އަދި ވަމުން ނުދާކަމުގައެވެ. އަދި ބޯފަން އަބުލޯ ހެދީ ދޮގެއް ކަމަށްވެސް މޯލްޑިވް ގޭސްގެ މުވައްޒަފުން "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވެއެވެ.

ބޯފަން އަބުލޯއަކީ ކޮންމެ ދުވަހަކުވެސް ދިވެހި ދިދަ ކައިރީ ހުރެ ގުރުއާން ކިޔާވާ އަދި ގައުމީ ސަލާމުން ކުންފުނީގެ މަސައްކަތް ފަށާކަމަށް ބުނެ, އެމަންޒަރުތައް އަމިއްލައަށް މީޑިއާގައި އިސްތިހާރު ކުރަމުންދާ ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ. އަދި އޭނާއަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން, ކޮރަޕްޝަންވެސް އެންމެ ބޮޑަށް ހިންގަމުންދާ އެމްޑީކަންވެސް ފާހަގަ ކޮށްލެވެއެވެ.