ޚަބަރު

ސިޔާސީ ވަޒީފާތައް މަދުކޮށް, މުސާރަތައްވެސް ކުޑަކުރިކަމުގެ ނަނާ ހުވަފެން ރައްޔިތުންނަށް ދެއްކުމަށްފަހު, އަނެއްކާވެސް ބޮޑު މުސާރަލިބޭ ސިޔާސީ މަގާމަކަށް މީހަކު އައްޔަން ކޮށްފި

ދިޔަވަރު
ސިޔާސީ ވަޒީފާތައް މަދުކޮށް, މުސާރަތައްވެސް ކުޑަކުރިކަމުގެ ނަނާ ހުވަފެން ރައްޔިތުންނަށް ދެއްކުމަށްފަހު, އަނެއްކާވެސް ބޮޑު މުސާރަލިބޭ ސިޔާސީ މަގާމަކަށް މީހަކު އައްޔަން ކޮށްފި

ސިޔާސީ ވަޒީފާތައް މަދުކޮށް, މުސާރަތައްވެސް ކުޑަކުރިކަމުގެ ނަނާ ހުވަފެން ރައްޔިތުންނަށް ދެއްކުމަށްފަހު, ރައީސް މުއިއްޒު އަނެއްކާވެސް ބޮޑު މުސާރަލިބޭ ސިޔާސީ މަގާމަކަށް މީހަކު އައްޔަން ކޮށްފިއެވެ.

މި ފަހަރު ސިޔާސީ މަގާމަކަށް އައްޔަން ކޮށްފައިވަނީ ގއ. ދާންދޫ, ރަތްވިލާގެ ޝަހީބު އަހުމަދު އެވެ. އޭނާ އައްޔަން ކޮށްފައިވަނީ މިނިސްޓްރީ އޮފް ސްޕޯޓްސް, ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ޔޫތު އެސޯޝިއޭޓްގެ މަގާމަށެވެ. އޭނާ އެ މަގާމަށް އައްޔަން ކުރިކަން އަންގާ އޭނާއަށް, ރައީސް އޮފީހުގެ މިނިސްޓަރ އަލީ އާރިފް ސިޓީ ފޮނިވާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.

މިނިސްޓްރީގެ ޔޫތު އެސޯޝިއޭޓުންގެ މަގާމުގައި ތިބޭ ފަރާތްތަކަކީވެސް މަހަކު 30,000 ރުފިޔާގެ ބޮޑު މުސާރަ ލިބޭ ފަރާތްތަކެކެވެ.

މުއިއްޒު ބޮޑު މުސާރަލިބޭ ސިޔާސީ މަގާމަށް އާ ބޭފުޅަކު އައްޔަން ކޮށްފައި މިވަނީ, ޚަރަދު ކުޑަކުރުމުގެ ނަމުގައި 228 ސިޔާސީ މުވައްޒަފުން ސިޔާސީ މަގާމްތައް އުވާލޭކަމަށް ވިދާޅުވެ, އަދި އޭގެ އިތުރުން ސިޔާސީ މަގާމްތަކުގެ މުސާރަތައް ކުޑަކުރާނެކަމަށް ވިދާޅުވެ, މުއިއްޒު އެކަން މީޑީއާތަކުގައި އިސްތިހާރު ކުރައްވަމުން ގެންދަވަނިކޮށެވެ.

އެހެންނަމަވެސް އަދިވެސް މުއިއްޒު ގެންދަވަނީ ސިޔާސީ މަގާމްތަކަށާއި, އެމްބަސީތަކަށްވެސް ސިޔާސީ މުވައްޒަފުން އައްޔަން ކުރައްވަމުންނެވެ.

ރާއްޖޭގެ ގޯސްވެފައިވާ އިގްތިސާދީ ހާލަތުގެ ނާޖާއިޒް ފައިދާ ނަންނަގަވާ މުއިއްޒު ގެންދަވަނީ, މިހާލަތުގެ ނިވަލުގައި ހުންނަވާ, ރައްޔިތުންނަށާއި ބޭރު ދުނިޔެއަށް އޮޅުވާލާ, ހާލަތުގެ ސިޔާސީ ފައިދާ ނެގުމަށް މަސައްކަތް ކުރަމުންނެވެ.