50 ބިލިއަން ރުފިޔާ ފެންފޮދަކާއި ނުލާއި، މި ސަރުކާރުން ކޮރަޕްޝަނަށް ދިރުވާލައި، ގިނަ އަދަދެއްގެ ސިޔާސީ މުއައްޒަފުން އައްޔަންކޮށް، އެމީހުންނަށް ބޮޑެތި މުސާރަ ދިނުމުގެ ނަތީޖާއެއްގެ ގޮތުން، ކޮރަޕްޝަނާއި، މުސާރައަށް ބަޖެޓުގެ ބޮޑުބައެއް ގޮސް، 50 ބިލިއަން ރުފިޔާ އެއްވެސް ކަމެއް ރައްޔިތުންނަށް ކޮށް ނުދީ ވަނީ ހުސްވެފައެވެެ.
50 މިލިއަން ރުފިޔާ ޚަރަދު ކުރިގޮތް ސަރުކާރުން ވަނީ ސިއްރު ކޮށްފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ބަޖެޓުން ޚަރަދު ކުރި ގޮތް ސިއްރު ކުރި ފުރަތަމަ ފަހަރެވެ. މިކަމާއި ގުޅިގެން ކަންބޮޑުވުން ވޯލްޑް ބޭންކުން ފާޅު ކުރުމުންވެސް އެކަމަށް ސަރުކާރުން އިޖާބަ ދީފައި ނުވެއެވެ.
ސިޔާސީ މުއައްޒަފުންގެ މުސާރައިން 10% އުނި ކުރިކަމަށް ދޭހަވާހެން އަޑު ފަތުރާފައި ސަރުކާރުން ވިއަސް، އެކަމުގެ ނިވަލުގައި ވަނީ ކުންފުނިތަކުގެ މުއައްޒަފުންގެ މުސާރަ ކުޑަ ކުރުމެވެ.
ކަން މިހެން ހުރިއިރު، އެއްވެސް މަސައްކަތެއް ނުކޮށް، ހަމަ އެކަނި ސިޔާސީ މުއައްޒަފުން އެކަނި ތިބި ކުދި ކުންފުނިތައް ބައިވަރު އެބަހުއްޓެވެ. އެއިން އެއްވެސް ކުންފުންޏެއް އުވާލާފައި ނުވެއެވެ.
ސަރުކާރުން ސިޔާސީ މުއައްޒަފުން އިތުރުކޮށްގެން އުޅެނީ ވެރިކަން ވެއްޓިދާނެ ކަމަށް ބިރަށެވެ.
އާންމުންގެ މުސާރަ ކުޑަކުރި އިރު، ސަރުކާރު ތެރޭ ކޮރަޕްޝަންގެ ބޮޑު ވިއުގައެއް މުއިއްޒު ދަނީ ހިންގަމުންނެވެ. މި ވިއުގައިގެ އެންމެ އިސްފަރާތަކަށް ހުރީ މުއިއްޒުއެވެ.
މުއިއްޒުގެ ސަބަބުން ދިވެހިރާއްޖެއަށް ދަނީ އަގު ނުކުރެވޭ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. މިދާގޮތަށް ކަންކަން ހިނގާނަމަ، ސިވިލްސާރވިސްގެ މުއައްޒަފުންގެ މުސާރަ އަށް އަސަރު ކުރާނެއެވެ.