ޚަބަރު

ސިޔާސީ މަގާމުތަކުގެ ތިބި މީހުންގެ މުސާރަ ކުޑަކުރީ ޚަރަދު ކުޑަކުރުމަކަށް ނޫން! ކުރިއަށް އޮތް 3 މަސްދުވަހުގެ މުސާރަ ދޭނެ ފައިސާ ސަރުކާރުގައި ނެތިގެން: ފިނޭންސް މިނިސްޓްރީގެ އޮފިޝަލެއް

ދިޔަވަރު
ސިޔާސީ މަގާމުތަކުގެ ތިބި މީހުންގެ މުސާރަ ކުޑަކުރީ ޚަރަދު ކުޑަކުރުމަކަށް ނޫން! ކުރިއަށް އޮތް 3 މަސްދުވަހުގެ މުސާރަ ދޭނެ ފައިސާ ސަރުކާރުގައި ނެތިގެން: ފިނޭންސް މިނިސްޓްރީގެ އޮފިޝަލެއް

ސިޔާސީ މަގާމުތަކުގެ ތިބި މީހުންގެ މުސާރަ ކުޑަކުރީ ޚަރަދު ކުޑަކުރުމަކަށް ނޫން ކަމަށާއި، ކުރިއަށް އޮތް 3 މަސްދުވަހުގެ މުސާރަ ދޭނެ ފައިސާ ސަރުކާރުގައި ނެތިގެން ކަމަށް ފިނޭންސް މިނިސްޓްރީގެ އޮފިޝަލެއް ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވައިފިއެވެ.

50 ބިލިއަންގެ ބަޖެޓް ހުސްވެއްޖެ. މުސާރައަށް ދޭނެ ފައިސާއެއްވެސް ނެތް. ދެން އިތުރު ގޮތެއް ނެތިގެން ކަނޑާލީ. މިދާ ރޭޓުން ސިވިލްސާރވެންޓުންނަށް މުސާރެ ދެވޭނެ ކަމުގެ ޔަގީން ކަމެއް ވެސް ނެތް

ފިނޭންސް މިނިސްޓްރީ އިން މައުލޫމާތު ދިން ފަރާތުން ހާމަ ކުރިއެވެ.

ސަރުކާރުން ވަނީ ބަޖެޓް ހުސްވެގެން ސަބްލިމެންޓަރީ ބަޖެޓެއް މިއަދު ފާސް ކޮށްފައެވެ.

ސަޕްލިމެންޓަރީ ބަޖެޓުގެ އުސްއަލިތައް

  • ޕީއެސްއައިޕީއަށް - ދެ ބިލިއަން ރުފިޔާ
  • ސަބްސިޑީއަށް - 1.02 ބިލިއަން ރުފިޔާ
  • ސަރުކާރު ކުންފުނިތަކަށް ފައިސާ ދޫކުރަން - 441.4 ބިލިއަން ރުފިޔާ
  • ކޮންޓިންޖެންސީ ބަޖެޓަށް - 650 މިލިއަން ރުފިޔާ
  • ސްޓޫޑެންޓު ލޯނު ދޫކުރުމަށް - 458.4 މިލިއަން ރުފިޔާ
  • މެޑިކަލް ކޮންސިއުމަބަލްސްއަށް - 200 މިލިއަން ރުފިޔާ
  • ބޭސްފަރުވާގެ އެހީއަށް - 262.6 މިލިއަން ރުފިޔާ
  • މުސާރަ އާއި އުޖޫރައަށް - 24.4 މިލިއަން ރުފިޔާ