ޚަބަރު

"ދިރުވާލި 31 ބިލިއަން" އާއި ބެހޭގޮތުން ސޯޝަލް މީޑިޔާ ގައި ރައްޔިތުން ސުވާލުކުރުން ގިނަވެއްޖެ

ދިޔަވަރު
"ދިރުވާލި 31 ބިލިއަން" އާއި ބެހޭގޮތުން ސޯޝަލް މީޑިޔާ ގައި ރައްޔިތުން ސުވާލުކުރުން ގިނަވެއްޖެ

މުޅި ސޯޝަލް މީޑިޔާގައި އޮތީ ރައީސް މުއިއްޒު ދިރުވާލި 31 ބިލިއަން ރުފިޔާ ކޮބާތޯ އަހައި ރައްޔިތުން ކުރަމުންދާ ސުވާލެވެ. 31 ބިލިއަން ގެ ވާހަކަ ދެކެވެން ފެށީ ރައީސް މުއިއްޒު އިތުރު 5.5 ބިލިއަން ރުފިޔާ ބޭނުންވެގެން މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓަކަށް އެދުމުންނެވެ.

އާ ބަޖެޓެއް މުއިއްޒުގެ ސަރުކާރުގެ މަޖިލީސް މެމްބަރުން ފާސްކޮށްދިން އިރު، ކުރީ ބަޖެޓަށް ވީ ގޮތެއް، ޚަރަދު ކުރި ގޮތުގެ އެއްވެސް ލިޔެކިޔުމެއް ސަރުކާރުން ދައްކާފައެއް ނުވެއެވެ. ހުރިހާ ސަރުކާރެއްގައިވެސް ބަޖެޓުން ހޭދަ ކުރާކޮށް ކޮންމެ ރައްޔިތަކަށް ވެސް ފެންނަ ގޮތަށް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްގައި ހިމަނާފައި ހުރެއެވެ.

އެއްވެސް ސަބަބެއް ނެތި، ޚަރަދު ކުރާގޮތް ހާމަ ކުރުން ސަރުކާރުން ހުއްޓާލީ ބަޖެޓުން ވައްކަންކޮށް އެފައިސާއިން ބަޖެޓް ހަމަ ނުޖެހިގެން ކަމަށް ބެލެވެއެވެ.

49 ބިލިއަން ރުފިޔާގެ ބަޖެޓުން މިހާ ހިސާބަށް އައިއިރު ހަރަދު ކުރެވިފައިވާ ކަމަށް އޮތީ އެންމެ 18 ބިލިއަން ރުފިޔާ. ބާކީވާ 31 ބިލިއަން ރުފިޔާއަށް ވީ ގޮތެއް އަޅުގަނޑުމެންނަކަށް ނޭނގޭ. އެހެން ތިއްބާ އިތުރު ފަސް ބިލިއަންގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅައިފި. އެ 31 ބިލިއަނަށް ވީ ގޮތެއް ހިސާބުތަކުން ބުނެ ނުދީ, ދައުލަތުގެ މާލީ ރިޕޯޓުތައް ހާމަނުކޮށް އިތުރު ފަސް ބިލިއަން ރުފިޔާ ދޭށޭ ތި ވިދާޅުވަނީ,

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) މަޖިލީހުގައި ވިދާޅުވި އެވެ.

https://twitter.com/HKurusee/status/1850219819120967811
މަޝްހޫރު ޓްވިޓަރ އެކައުންޓް ހަސަން ކުރުސީ ކޮށްފައިވާ ޓްވީޓް
https://twitter.com/Ajournal_mv/status/1849869033870643706
މުއިއްޒު އާއި ދެކޮޅަށް ފާޑު ކިޔާ ޓްވިޓަރ އެކައުންޓަކުން ކޮށްފައިވާ ޓުވީޓެއް

ބައެއް ފަރާތްތަކުން ވަނީ މިކަމާއި ވަރަށް ބޮޑަށް ރުޅި ދުރުވެ، ސޯޝަލް މީޑިޔާގައި ވާހަކަ ދައްކާފައެވެ. ރައްޔިތުންގެ ފައިސާއަށް ހެދި ގޮތެއް ކިޔާ ދިނުމަށް ވަނީ އެދިފައެވެ.

https://twitter.com/charly_thuthu/status/1849768478384980002
އެމްޑީޕީފެ ސޯޝަލް މީޑިޔާ އެކްޓިވިސްޓް ޝާފިއުވެސް ވަނީ ގިނަ އަދަދެއްގެ ޓްވީޓް މިކަމާއި ގުޅިގެން ކޮށްފައެވެ.
https://twitter.com/SikkaMohoree/status/1849838995842400394

ސަރުކާރުން ދަނީ މިފައިސާއަށް ވީ ގޮތް ހާމަ ކުރުމަށް ދެކޮޅު ހަދަމުންނެވެ.