މިހާރު އޮތް އެންމެ މުހިންމު ދެ މިނިވަން މުއައްސަސާ ކަމުގައިވާ އިލެކްޝަންސް ކޮމިޝަން އަދި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސުންނާއި ނައިބު ރައީސުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ސަރުކާރުން ވަނީ މަޖިލީހަށް ބިލު ހުށަހަޅާފައެވެ.
މިހާރު އޮތް ގޮތުން މި ދެ ކޮމިޝަނުގެ މަތީ މަޤާމުތަކަށް މީހުން އައްޔަންކުރަނީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ނަމަވެސް އައު ބިލުގެ ދަށުން:
- ރައީސާއި ނައިބު ރައީސް އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާ
- މަޖިލީހުގެ ރުހުން ހޯދަންޖެހޭ
- އިސްތިއުފާ ހުށަހަޅަންޖެހެނީ ރައީސުލްޖުމްހޫރިއްޔާއަށް
މި މަޤާމުތަކުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި:
- ބައްދަލުވުންތަކުގެ އެޖެންޑާ އަދި ވަގުތު ކަނޑައެޅުން
- ކޮމިޝަންގެ އިދާރީ ހިންގުން ބެލެހެއްޓުން
- ރިޔާސަތު ބެލެހެއްޓުން
- ނިންމުންތައް ތަންފީޒުކުރުން ހިމެނެއެވެ.
މަޖިލީހުގައި ސަރުކާރަށް އޮތް ސުޕަރ މެޖޯރިޓީއާއެކު، މި ބަދަލު ގެނައުމުން ކޮމިޝަންތަކުގެ އިދާރީ ހިންގުމުގެ މުހިންމު ބާރުތައް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށަށް ގެނެވޭނެއެވެ.
މިކަމުގެ ސަބަބުން އިންސާފުވެރި އިންތިހާބު ބޭއްވުމުގެ ދޮރު އެކީ އެކައްޗަކަށް ރާއްޖޭގައި ބަންދުވީއެވެ. އަދި މުއިއްޒުގެ މައްޗަށް ތުހުމަތު ކުރެވޭ އެއްވެސް މައްސަލައެއް ބެލުމުގެ ބާރު ގެއްލިގެން ދާނެއެވެ.