ފްލެޓް ލިސްޓް ބަދަލު ކުރަމުންދާ ކަމަށް ބުނެ މިނިސްޓްރީއިން ނޫސް ބަޔާނެއް ނެރެފިއެވެ. މި ނޫސް ބަޔާނުގައި ވާ ގޮތުން ފްލެޓް ލިސްޓަށް ބަދަލު ގެންނަމުންދަނީ، އޭސީސީ އަށް އާންމުންގެ މީހަކު ހުށައަޅާފައިވާ މައްސަލައަކާއި ގުޅިގެންނެވެ.
އެ ބަޔާނުގައި ވަނީ "ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން އެކުލަވައިލެވުނު "ހައުސިން އެޑްވައިޒަރީ ކޮމިޓީ" އާއި މާލެ ސިޓީ ކައުންސިލުން އެކުލަވައިލި "ހައުސިން ކޮންސަލްޓެޓިވް ކޮމިޓީ" އިން ވެސް "ގެދޮރުވެރިޔާ" ސްކީމުގެ ދާއިމީ ލިސްޓު އެކުލަވައިލާފައިވާ ގޮތް ރަނގަޅު ކަމަށް ނުފެންނާތީ، މި ސްކީމުގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަން ފޯމުތައް ރީ-އިވެލުއޭޓް ކުރުމުގެ މަސައްކަތް މި މިނިސްޓަރީން ވަނީ ފަށައިފަ އެވެ." ހައުސިން މިނިސްޓްރީން ބުންޏެވެ.
އޭސީސީ އިން މި މައްސަލަ ބެލި ބެލުމުގައި ކަން ހިނގާފައިވާ ގޮތުގެ ހުލާސާ
- ފްލެޓް ލިސްޓާ ގުޅޭ ގޮތުން އޭސީސީއިން ހޯދި މުހިންމު ހޯދުންތައް: (11 ފެބްރުއަރީ 2024)
- ޖުމްލަ ބެލި ފޯމުގެ އަދަދު: 4048
- ޝަރުތު ފުރިހަމަވެ މައްސަލައެއް ނެތް: %20.7
- ޝަރުތު ފުރިހަމަނުވާ: %59.6 (މިއަދަދީ %70 ކަމަށް 5 ފެބްރުއަރީ 2024 ގައި ބުނެފައިވޭ)
- ޝަރުތު ހަމަވެފައި މައްސަލަ ހުރި: %19.7
- އޭސީސީގެ މަސައްކަތް:
- މައްސަލަ ހުށަހެޅި ފަރާތްތަކާ ބައްދަލުކޮށް މަޢުލޫމާތު ސާފުކުރި ކަމަށް އޭސީސީއިން ހާމަ ކޮށްފައިވޭ
- ހައުސިންގ މިނިސްޓްރީއާ އެކި ފަހަރު މަތިން ބައްދަލުކޮށް މަޢުލޫމާތު ސާފުކުރި
- ބަންޑާރަ ނައިބުގެ އޮފީހުން ލަފައަކަށް އެދިފައިވޭ
- މުހިންމު ކަށަވަރުކުރުންތައް:
- ކުރީގެ 4000 ފްލެޓް ލިސްޓް ބާތިލް ނުކުރާނެކަން ހައުސިންގ މިނިސްޓްރީއިން ޔަގީންކަން ދިން ވާހަކަ އޭސީސީއިން ހާމަ ކުރި
- އޮޅުންއަރާ ކަންތައްތައް ސާފުކޮށްދިނުން:
- ހައުސިންގ މިނިސްޓްރީން ކުރިން ބުނި ބައެއް ވާހަކަތައް ފަހުން ދޮގުކުރި ކަމަށް އޭސީސީ އިން ހާމަ ކުރި
- އޭސީސީން ފޮނުވި ލިސްޓަކީ ހަމައެކަނި ތަހުގީގުގެ ބޭނުމަށް އެކުލަވާލި ލިސްޓެއްކަން ފާހަގަކޮށްފައިވޭ
އޭސީސީއިން ހޯދި ހޯދުންތަކުގެ މައްޗަށް ބަލާއިރު، އަދި 4048 ފޯމުން %70 ޕަސެންޓް މީހުން ޝަރުތު ހަމަ ނުވާ ކަމަށް އޭސީސީއިން ނިއްމާފައި ވުމުން، މިއީ ސަރުކާރުން މިކަން ބޭނުންވި ގޮތްކަމަށް ބެލެވެއެވެ.