ޚަބަރު

"ރައީސްގެ ކޮމިޓީއިން ނިންމި ގޮތް ކަމު ނުގޮސްގެން ފްލެޓް ލިސްޓް ބަދަލު ކުރަނީ، ޕީއެންސީ މެމްބަރޝިޕް ޑްރައިވް ނިމެންދެން:" ޕީއެންސީ މަޖިލީސް މެމްބަރެއް

ދިޔަވަރު
"ރައީސްގެ ކޮމިޓީއިން ނިންމި ގޮތް ކަމު ނުގޮސްގެން ފްލެޓް ލިސްޓް ބަދަލު ކުރަނީ، ޕީއެންސީ މެމްބަރޝިޕް ޑްރައިވް ނިމެންދެން:" ޕީއެންސީ މަޖިލީސް މެމްބަރެއް

"ރައީސްގެ ކޮމިޓީއިން ނިންމި ގޮތް ކަމު ނުގޮސްގެން ފްލެޓް ލިސްޓް ބަދަލު ކުރަނީ، ޕީއެންސީ މެމްބަރޝިޕް ޑްރައިވް ނިމެންދެން": ޕީއެންސީ މަޖިލީސް މެމްބަރެއް ދިޔަވަރު ނޫހަށް ހާމަ ކޮށްފިއެވެ.

އޭނާ ވަނީ އެކަން މީގެ 5 ދުވަސް ކުރިންވެސް މި ނޫހާއި ހިއްސާ ކޮށްފައެވެ. ނަމަވެސް، ފްލެޓް ލިސްޓް ނެރުން އިތުރަށް މުއިއްޒު ލަސް ނުކުރާނެ ކަމަށް ބަލައި، އެވާހަކަ އެއީ ތެދުވާހަކަ އަކަށް ނުވެދާނެ ކަމަށް ބަލައި ދިޔަވަރު ނޫހުން ވަނީ އެ ޚަބަރު ނުގެނެއުމަށް ނިއްމާފައެވެ. ނަމަވެސް ސަރުކާރުން ފްލެޓް ލިސްޓް ނެރުން ލަސްކުރި ލަސްކުރުމުން އެކަން ޔަގީންވެއެވެ.

ޕީއެންސީ އަށް މީހުން ވެއްދުމަށް ހިތްވަރު ދިނުމުގެ ގޮތުން އެކި ފަރާތްތަކަށް ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދަނީ ދެމުންނެވެ. 228 ސިޔާސީ މީހުން ވަޒީފާއިން ވަކި ކުރާނެ ކަމަށް ބުނެ މިހާރު ތިބި ފަރާތްތަކަށް ވަޒީފާގެ ބިރު ދައްކަމުންދާއިރު، ޕީއެންސީ އިން ދަނީ ވަޒީފާ ނެތް އެކި ފަރާތްތަކަށް ވަޒީފާ ދޭނެ ކަމަށް ބުނެ ވެސް ފޯމުތައް ފުރުވަމުންނެވެ.

ބައެއް ފަރާތްތަކަށް 200ރ ނުވަތަ 500ރ ދީގެން ވެސް ފޯމު ފުރުވަމުންދާކަމަށް މި ނޫހަށް މައުލޫމާތު ލިބިފައިވެއެވެ.

ރައީސް މުއިއްޒުގެ ވެރިކަން ސިފަވެގެން ދަނީ ވައްކަމާއި، އޮޅުވާލުމާއި، މަކަރާއި ހީލަތާއި، އަނިޔާވެރިކަމުގެ ހައްދެއްނެތް ސަރުކާރެއް ގޮތުގައެވެ.