ޚަބަރު

"އިސްލާހަށް" ކަމަށް ބުނެ މަސައްކަތް ކުރި، ރޯހިތުގެ ނަމުން މަޝްހޫރު އަޒާން، އީސީ އަށާއި، އޭސީސީ ހައިޖެކް ކުރުމަށް ތާޢީދު ކޮށްފި

ދިޔަވަރު
"އިސްލާހަށް" ކަމަށް ބުނެ މަސައްކަތް ކުރި، ރޯހިތުގެ ނަމުން މަޝްހޫރު އަޒާން، އީސީ އަށާއި، އޭސީސީ ހައިޖެކް ކުރުމަށް ތާޢީދު ކޮށްފި

"އިސްލާހަށް" ކަމަށް ބުނެ މަސައްކަތް ކުރި، ރޯހިތުގެ ނަމުން މަޝްހޫރު އަޒާން، އީސީ އަށާއި، އޭސީސީ ހައިޖެކް ކުރުމަށް ތާޢީދު ކޮށްފިއެވެ.

އޮޕޮޒިޝަންގައި އޮތް އިރު، ޑިމޮކްރަސީގެ ހަމަތަކުން ކައްޗަށް ކިތަންމެ ކުޑަ ފިޔަވަޅެއް އެއްވެސް މުއައްސަސާއަކުން އެޅިއަސް އެކަމާއި ފާރަވެރިވެ، މަސައްކަތް ކުރަމުން އައި އަޒާން މިއަދު ފެންނަމުން ދަނީ މުއިއްޒު ބޭނުންހާ ގޮތަކަށް ގެންގުޅޭ މަންޒަރެވެ. އެއްވެސް ވަރަކަށް ދައްކަމުން ދިޔަ ވާހަކަތައް، މިއަދު އަމަލުން އެކަން ދައްކަން ލިބުނު ފުރުޞަތުގައި ރައްޔިތުންނަށް ސާބިތުކޮށް ދިނުމުގެ ބަދަލުގައި ފެންނަނީ ދެއްފުށް ދެގޮތް މަންޒަރުތަކެވެ.

އަޒާނަށް ރައީސް މުއިއްޒު މިނިވަން މުއައްސަސާތަކުގެ މައްޗަށް ހިންގާ ނުފޫޒު ވަރަށް ރަނގަޅަށް އެނގެއެވެ. ކޯޓުތަކަށް ފޯރުވާ ނުފޫޒާއި، އޭސީސީއަށް ފޯރުވާފައިވާ ނުފޫޒު އޭނާއަށް އޮޅިފައި ނުވެއެވެ. ނަމަވެސް ޙައްޤުގެ މަގު އިޚްތިޔާރު ކުރުމަށް އޭނާ ބޭނުމެއް ނުވެ، ރައްޔިތުންގެ ޙައްޤުތައް ނިގުޅައި ގަތުމަށް ދަނީ ތާޢީދު ކުރަމުންނެވެ.

އަޒާން ކޮށްފައިވާ ޓްވީޓްގައި ވަނީ މުއިއްޒު ދިފާޢުކޮށް، މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ހިފަހައްޓާނެ ކަމަށް ބުނެފައެވެ. މިއީ މިނިވަން މުއައްސަސާ ތައް ކަމަށްވާ، އޭސީސީ އަދި އީސީގެ ބާރުތައް ނެގުމަށް މަޖިލީހަށް ބިލެއްލައި، އެ ބާރުތައް މުށުތެރެއަށް ލުމަށް ފާޅުގައި މުއިއްޒު ކުރާ މަސައްކަތަށް އަޒާން ތާޢީދު ކުރާ މަންޒަރެވެ.

https://twitter.com/axanner/status/1851316091638989265

ރައްޔިތުން އުއްމީދު ކޮށްގެން ތިބީ، މިނިވަން ބައެއް ގޮތުގައި އޭރުގައި ދިޔަރެސް ހިންގި މީހުން ތިބޭނެ ކަމަށެވެ. އެމީހުން ތިބޭނީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހަން ކަމަށެވެ. ނަމަވެސް ފައިސާއާއި، އަޒާން ބުނެގެން ދީފައިވާ މަޤާމުތަކުގައި ތިބި އާއިލާ މީހުންނަށް ލިބިދާނެ މަންފާ މަދުވެދާނެ ކަމަށް ބިރުން އަޒާނުވެސް ހުރީ ތެދު ބަހެއް ބުނެލަން ނުކެރިފައެވެ. އޭރުވެސް ހެދީ ދޮގެވެ. މިހާރުވެސް ހަދަމުން ދަނީ ދޮގާއި އޮޅުވާލުމެވެ. މިއަދު އެހުރީ އޭސީސީއާއި އީސީ ހައިޖެކް ކުރުމަށް ދޭ ވޯޓުގައި ބައިވެރިވުމަށް ތައްޔާރި ވެގެންނެވެ.