ޚަބަރު

މިސްވޯލްޑްގެ ބައިވެރިވުމަށް، ސްޕޮންސަރ ދެމުންދަނީ ސަރުކާރުގެ މަޖިލީސް މެމްބަރުންތަކެއް! ސަރުކާރުން ބޭނުންވަނީ "ޒުވާނުން"ގެ ވެސް އިލްމުވެރިންގެވެސް ތާޢީދު!

ދިޔަވަރު
މިސްވޯލްޑްގެ ބައިވެރިވުމަށް، ސްޕޮންސަރ ދެމުންދަނީ ސަރުކާރުގެ މަޖިލީސް މެމްބަރުންތަކެއް! ސަރުކާރުން ބޭނުންވަނީ "ޒުވާނުން"ގެ ވެސް އިލްމުވެރިންގެވެސް ތާޢީދު!

މިސްވޯލްޑްގެ ބައިވެރިވުމަށް، ސްޕޮންސަރ ދެމުންދަނީ ސަރުކާރުގެ މަޖިލީސް މެމްބަރުން ކަން ދިޔަވަރު ނޫހަށް ހާމަ ވެއްޖެއެވެ. ނަންތައް ހާމަ ނުކުރުމަށް އެދި މައުލޫމާތު ދިން ފަރާތުން ވިދާޅުވަނީ ޕީއެންސީގެ ރައީސް މުއިއްޒު އާއި އެންމެ އަރިސް ދެ މެމްބަރަކު މިސްވޯލްޑުގައި ރާއްޖޭގެ ކުއްޖަކު ބައިވެރިވުމަށް ސްޕޮންސަރ ދީފައިވާ ކަމަށެވެ.

ސްޕޮންސަރ ފައިސާ ޚަރަދު ކުރަނީ ދަތުރު ކުރުމާއި، ހުރުމާއި، ކެއިން ބުއިމާއި، ހެދުމާއި މޭކަޕްއާއި އަދި އަގު ބޮޑުކޮށް ކޯއްޗެއް ނަގައިގެން މިކަން ކުރަމުން ދަނީ ސަރުކާރުގެ ދެ މެމްބަރަކު ދެއްވާ ފައިސާއިން ކަމަށް އޭނާ ހާމަ ކުރިއެވެ.

އޭނާ އިތުރަށް ކިޔައިދިން ގޮތުގައި މި ސަރުކާރުގެ ޔޫތް މިނިސްޓްރީއިން ވަނީ މީގެ ކުރިން އަހެންކުދިންނާއި ފިރިހެން ކުދިން އެއްތަންކޮށްގެން ޝޯ ބާއްވާފައެވެ. މިކަމާއި ގުޅިގެންވެސް ސަލަފުން އެއްވެސް ބަހެއް ބުނެފައި ނުވާއިރު، އެ ޝޯގެ އަޚްލާގީ ގޮތުން ދަށް، ވީޑިޔޯތައް މިހާރުވެސް ސޯޝަލް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.

ޔޫތު މިނިސްޓްރީ އިން ސަރުކާރުގެ ބައިވެރިވުން ފޮރުވުމަށް ނެރުނު ބަޔާނާއި އެކު، ސަލަފުގެ އެކި ސިޔާސީ ފަރާތްތަކުން ދަނީ ސަރުކާރަށް ތައުރީފު ކުރަމުންނެވެ. ނަމަވެސް އަދި މިހާތަނަށް ފަލަސްތީނުގައި ހިނގަމުންދާ ގަތުލުއާންމު އާއި ދެކޮޅަށް ނޫސް ބަޔާނެއްވެސް، އަދި ދީނީ ތަޤްރީރެއްވެސް ސަލަފުން ނެރެފައި ނުވެއެވެ. ރަށްރަށަށް ސަލަފުން ވަޑައިގެން އެރަށްރަށުގައި ހައިޟު ވުމާއި ގުޅޭ ދާއިރާ ތަކުން ތަގުރީރު ދެއްވަމުންދާކަން ސަލަފުގެ ބޭފުޅެއްގެ ފޭސްބުކްގައި ޕޯސްޓްކޮށްފައިވާ ޕޯސްޓްތަކަކުން އެނގެއެވެ.

މިސްވޯލްޑްގެ ބައިވެރިޔާ ސްޕޮންސަރ ކޮށްފައި ވަނީ ޒުވާނުންގެ ތާޢީދު ކޮންމެހެން ބޭނުންވާތީ ކަމަށް ވެއެވެ. ސަރުކާރަށް މިކަމާއި ގުޅިގެން އިލްމުވެރިންގެ ފާޑު ކިޔުން އަމާޒުވުމުން، އެމީހުން ރުއްސުމަށް ބަޔާނެއް ނެރުނީ ކަމަށާއި، މިކަމުގައި ސަރުކާރުގެ ދައުރު ފުރިހަމަ އަށް އޮތް ކަމަށް އޭނާ ޔަގީންކޮށް ދެއެވެ.

ޒުވާނުންގެ ތަރުހީބު ހޯދުމުގެ ގޮތުން ރައީސް މުއިއްޒުގެ އދ ގެ ތަޤްރީރު ގެނައުމަށް ޒުވާން ކޮންޓެންޓް ކްރިއޭޓަރސް އަށްވެސް ރައީސް މުއިއްޒު އަންގަވައިގެން ވަނީ ފައިސާ ބަހާފައެވެ.