މީޑިޔާގެ މިނިވަންކަމަށް ހުރަސް އެޅުމަށް، ޓީވީ މީޑިޔާއަށް ބޭނުންވާ ތަކެތީގެ ޓެކްސް %200 ބޮޑުކޮށްފިއެވެ. މީގެ ކުރިން ރާއްޖެ-ޓީވީ ގައި ހުޅުޖަހާފައިވާއިރު، މީޑިޔާގެ އާލާތްތައް އަތުލާފައިވެސް ވެއެވެ. ހަމަ އެގޮތަށް މިނިވަން މީޑިޔާތަކުގައި ހުރި ބްރޯޑްކާސްޓިންގ ތަކެތި އަތުލައިފިނަމަ، މިހާ ބޮޑު ޓެކްސް އެއް ދައްކައިގެން އެތަކެތި ރާއްޖެ ގެނެސް ޓީވީ ސްޓޭޝަންތައް އަލުން ހިންގުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
މުއިއްޒުގެ އަނިޔާވެރި ވިސްނުމަކީ މިއީ ކަމުގައިވާއިރު، ވެރިކަމަށް އެއް އަހަރު ވެގެން ދިޔައިރު، ރައްޔިތުންނަށް އެއްވެސް ކަމެއް ނުކޮށް، ރައްޔިތުން ގަސްތުގައި ނިކަމެތިކޮށް، ބާރުތައް އަތުލައި، ދަނީ މިނިވަންކަން ނަގާލައި އަނިޔާވެރި ވަމުންނެވެ.
މުއިއްޒު ވަނީ މިނިވަން މީޑިޔާއަށް ހުރަސް އެޅުމުގެ ގޮތުން ދިޔަވަރު ނޫސްވެސް މީގެ ކުރިން ބްލޮކް ކޮށްފައެވެ. ކުރިއަށް އޮތްތާގައި، ރާއްޖެ ޓީވީއާއި، އެހެން ޓީވީ ސްޓޭޝަންތަކުގައި ހުރި ތަކެތި ގެންދިއުމަށް މުއިއްޒުގެ ބާރުން އަމުރު ނެރުމަކީ އެދެވިގެންވާ ކަމެކެވެ.
މުއިއްޒު ވަނީ އިމާރާތެއްގެ 3 ބުރި ހިފައި އެތާގައި މިހާރު މުޅި ރާއްޖޭގައި ނެތް ފެންވަރުގެ ޓީވީ ސްޓޭޝަނެއް ހަދާފައެވެ. ބޭނުމަކީ ރައީސް މުއިއްޒު ތަކުރާރުކޮށް ހަދަމުންދާ ދޮގުތައް އެއީ ތެދު ކަމަށް ރައްޔިތުންނަށް ޤަބޫލު ކޮށް ދިނުމެވެ.