ފްލެޓް ލިސްޓް އިއުލާން ކުރުން ނޮވެމްބަރ 14 އަށް ލަސްކޮށްފިއެވެ. ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި އަބްދުއްރަހީމްގެ ކެންޑިޑޭޓުން ފެއިލް ކޮށްލުމަށް މުއިއްޒު ދަނީ ފްލެޓް ހުށައަޅަމުންނެވެ.
ބައެއް މަޖިލީސް މެމްބަރުން ދަނީ އެމީހުންގެ ދާއިރާތަކުން ލިސްޓް ހަދައި މުއިއްޒުއަށް ހުށައަޅަމުން ކަން ދިޔަވަރު ނޫހަށް ވަނީ ސާބިތުވާ ވަރަށް ހެކި ލިބިފައެވެ. އެތެރޭގެ އިންތިހާބަކަށް، ފްލެޓް ބެހުމަކީ ޤަބޫލު ކުރަން ދަތި ކަމަކަށް ވެގެން މިކަން މިހެން ހިނގާ ސަބަބު އިތުރަށް ދިރާސާ ކުރި ކުރުމުން، މުއިއްޒު އަބްދުއްރަހީމް ބޭނުންވާ ކެންޑިޑޭޓުން ފެއިލް ކޮށްލަން މަސައްކަތް ކުރަމުން ދާކަން ވަނީ އެނގިފައެވެ.
ވެރިކަމަށް މުއިއްޒު ގެނައުމުގައި އަބްދުއްރަހީމް އަދާ ކުރި އެންމެ މުހިންމު އެއް ދައުރަކީ ކައުންސިލްތަކުގެ ވޯޓު މުއިއްޒަށް ހޯދައި ދިނުމެވެ. ކައުންސިލުގައި، ނުވަތަ ޕާޓީ ތެރޭގައި އަބްދުއްރަހީމުގެ އޮތް ބާރުތައް ބަލި ނުކޮށް، ސަރުކާތު ތެރޭގައި އަބްދުއްރަހީމް އެއްކޮށް ބާކީ ކޮށްލުމަކީ ގޯހެއް ނުކުމެދާނޭ ކަމެއް ކަމަށް ބަލައި، ޕާޓީ ތެރެއިން އަބްދުއްރަހީމް ބާކީ ކުރުމަށް ކައުންސިލުން އަބްދުއްރަހީމް އަށް ގޮނޑިއެއް ނުދިނުމަކީ މުއިއްޒު ބޭނުންވާ ގޮތެވެ.
ނަމަވެސް، އަބްދުއްރަހީމް އަށް އަދިވެސް މުއިއްޒު ދައްކަމުންދަނީ ވަރަށް އެކުވެރި ގާތް ރައްޓެއްސެއްގެ މަންޒަރެވެ. މުއިއްޒަކީ ދޮގު ހެދުމާއި، ކަންކަން އޮޅުވާލުމުގައި ހައްދެއް ނެތް ފަރާތެއްކަން މަޖިލީސް ރައީސް އަބްދުއްރަހީމަށް ރަނގަޅަށް އެނގިލައްވައެވެ.
އަބްދުއްރަހީމްގެ ސިޔާސީ ހަޔާތް ދުއްވާލަން މުއިއްޒު މަސައްކަތް ކުރަމުންދާއިރު، މުއިއްޒު މީހަކަށްވީ އަބްދުއްރަހީމުގެ ގުރުބާނީއިންނެވެ.