ޚަބަރު

އަޒާންއަށް އެކަނި 80 ސިޔާސީ މަގާމު

ދިޔަވަރު
އަޒާންއަށް އެކަނި 80 ސިޔާސީ މަގާމު

ރާއްޖޭގައި ރޯހިތުގެ ނަމުން ނަން މަޝްހޫރު މަޖިލީސް މެމްބަރު އަޒާންއަށް އޭނާގެ އާއިލާ މީހުންނަށާއި، ރައްޓެހިންނަށް ރައީސް މުއިއްޒު 80 ސިޔާސީ މަގާމު ދެއްވާފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އަޒާން ބޭނުންވާ ފަރާތްތަކަށް 80 މަޤާމު ހަމައްޖައްސާފައިވާއިރު، އެކަމުގައި ފިތި އަމިއްލަ އަށް ޤަބޫލު ކުރާ ކަންކަމުގެ ދިފާޢުގައި ތެދުވުމަށް އަޒާންއަށް ވަނީ ނުކުޅެދިފައެވެ.

ރައީސް މުއިއްޒު ހިންގަވާ ކޮރަޕްޝަން އަމަލުތައް އަޒާނަށް އޮޅިފައެއް ނުވެއެވެ. ރައީސް މުއިއްޒު ބާރުތައް މުށުތެރެއަށްލައި، ޚުދުމުހުތާރު ވެރިއަކަށް ބަދަލުވަމުން ދާތަން އަޒާން އަކަށް އޮޅިފައެއް ނުވެއެވެ. ރައީސް މުއިއްޒު އަށް ވެރިކަން ނުކުރެވިގެން އުޅޭކަން އަޒާނަށް ވަންހަނާވެފައި ނުވެއެވެ. ރައީސް މުއިއްޒު އަޒާނަށް ފުލުން މެދުވެރިކޮށް ފާރަލާކަމާއި، އަދި ބޭންކް އެކައުންޓްތައް ބަލަމުން ދާކަންވެސް އޮޅިފައެއް ނުވެއެވެ. މަޖިލީސް މެމްބަރުންނަށް ރައީސް މުއިއްޒު ބަހަމުންދާ ހަރާން ފައިސާކަންވެސް އަޒާނަށް ކަނޑައެޅިގެން އެނގެއެވެ. ރައްޔިތުންނަށް އެއްވެސް ކަމެއް ނުކޮށްދޭތާގައި، ކޮށްދިނުމުގެ ޝައުގަށްވުރެ ބޮޑަށް ހުރީ، ވެރިކަމުގެ ބާރުތައް އިތުރު ކުރުންކަން ވެސް ހަމަ ސާފުކޮށް އަޒާން އަށް އެނގޭއިރު، މިއިން އެއްވެސް ކަމަކާއި ދޭތެރޭ އެއްވެސް ބަހެއް ބުނުމުގެ ޤާބިލު ކަމެއް އޭނާގެ ނެތެވެ.

މީހެއްގެ ނަފްސު ފަގީރުވެ ނިކަމެތި ވެގެން ދާނީ މިހާކަންހާ ވަރަށެވެ.

މަޖިލީހުގައި މީހާގެ ހުރި ކުޅަދާނެކަން ދައްކާލާނެ ފުރުޞަތު ނުލިބި، ދޮގާއި މަކަރާއި، އަޔަހޫދީކަމުން ފުރިފައިވާ ސަރުކާރެއް ދިފާއު ކުރުމުގައި އަމިއްލަ އަގު ވެއްޓުން ނޫންކަމެއް އަޒާން އަކަށް މިއަދަކު ނުވެއެވެ.

މުޅި ރާއްޖެ މިއަދު އަޒާނަށް މަލާމަތް ކޮށް ހެނީއެވެ. ރޯހިތު އޭ ގޮވަނީއެވެ. ރައީސް މުއިއްޒުގެ ނާގާބިލު ސަރުކާރު ހިމާޔަތް ކުރުމުގައި އޭނާއަކީ މިހާރު ޖަހާފައި ހުރި ބަލިކަށި ކައްތިރިއެކެވެ.